Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ބޭސް އަކަށް ހަމަލާދިނުން

އިރާގުގައި ހުންނަ އެމެރިކާގެ ބޭސް އަކަށް ރޮކެޓް ހަމަލާ އެއް ދީ އެމެރިކާގެ ސިފައިންތަކެއް ޒަޚަމް ކޮށްލައިފި

ޒަޚަމްވި ސިފައިންގެ ތެރޭގައި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 06:03
އެމެރިކާ ސިފައިން އައިން އަލް އަސަދް އެއަރ ބޭސް ގައި ހުއްޓިލައިގެން

އެމެރިކާ ސިފައިން އައިން އަލް އަސަދް އެއަރ ބޭސް ގައި ހުއްޓިލައިގެން

އިރާގުގައި ހުންނަ އެމެރިކާގެ ބޭސް އަކަށް ހޯމަ ދުވަހު ދިން ރޮކެޓް ހަމަލާ އެއްގައި އެމެރިކާގެ ސިފައިންތަކެއް ޒަޚަމްވެއްޖެއެވެ.

އިރާގުގެ ހުޅަނގުގައި ހުންނަ އައިން އަލް-އަސަދު އެއަރ ބޭސް އަށް ދިން ހަމަލާ އާ ބެހޭ ގޮތުން އެމެރިކާގެ ޑިފެންސް އޮފިޝަލަކު އަލް-އަރަބިއްޔާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެތައް ސިފައިންނެއް ޒަޚަމް ވި ކަމަށާއި ހަމަލާގެ ގެއްލުމުގެ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވަނީ 5 މީހުން މި ހަމަލާގައި ޒަޚަމްވެފައިވާ ކަމަށެވެ. އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިރާގުގެ އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި ދެ ކަޓްޔޫޝާ މިސައިލް ބޭސް އާ ދިމާލަށް ފޮނުވާލި ކަމަށާއި ދެ މިސައިލް ވެސް ވެއްޓުނީ ބޭސް ގެ ތެރެއަށް ކަމަށެވެ.

މި ހަމަލާ އަކީ އީރާން އާއި ހިޒްބު ﷲ އަށް އިޒްރޭލުން ދާދި ފަހުން ދިން ހަމަލާއާ ގުޅިގެން މިހާރު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސް ކަމާ ގުޅޭ ހަމަލާ އެއް ކަމެއް ޚަބަރުތަކުން އަދި ސާފެއް ނުވެއެވެ.

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އަވަހާރަ ކޮށްލުމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ ކަމަށް މިދިޔަ ބުދަ ދުވަހު އީރާނުން ވަނީ ބުނެފައެވެ. އެއީ އިޒްރޭލުން ދިން ހަމަލާ އެއް ކަމަށާއި އިޒްރޭލުން ހަމަލާ ދިނީ އެމެރިކާގެ ރުހުމާ އެކުގައި ކަމަށް އީރާނުން ބުނެފައިވެއެވެ.

ހުސްވި ހަފްތާގައި އެމެރިކާ އިން ވަނީ އިރާގުގެ ބައެއް ފަރާތްތަކަށް އަމާޒު ކޮށް ހަމާލާތަކެއް ދީފައެވެ. އޭގެ ސަބަބެއް ކަމަށް އެމެރިކާ އިން ބުނެފައިވަނީ އެމެރިކާގެ އޮފިޝަލުންނަށް ނުރައްކާ ކުރަން ރާވަމުން ދިޔަ ހަނގުރާމަވެރިން ކަމަށް ވާތީ ކަމަށެވެ.

އިރާގުގައި މިހާރުވެސް އެމެރިކާގެ 2500 އެމެރިކާ ސިފައިން ގާއިމްވެ އެބަތިއްބެވެ. އިރާގުން ބޭނުން ވަނީ އިރާގުގައި ތިބި އެމެރިކާ އާއި އެމެރިކާގެ ކޯލިޝަން ސިފައިން އިރާގުން ފައިބާ 2025 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިރާގުގައި ހިންގާ ކޯލިޝަންގެ ހަރަކާތްތައް ނިމުމަކަށް އަންނާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު