Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ރަދުން ވިދާޅުވީމާ ވިދާޅުވާހާ ގޮތެއް ހަދާ ޒަމާން އިޔާދަ ކުރަނީ: ސައުދު

13 އޯގަސްޓު 2017 | އާދީއްތަ 09:33

ތިން ބާރު ވަކިވެފައިވާ ނިޒާމު ގެއްލެނީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 އޯގަސްޓު 2017 | އާދީއްތަ 09:33
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ރަދުން ވިދާޅުވީމާ ވިދާޅުވާހާ ގޮތަކަށް ކަންތައްތައް ކުރަމުން ދިޔަ ޒަމާން ރާއްޖޭގައި އިޔާދަ ކުރަމުންދާ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެންބަރުންގެ ބާރުތައް ހަނިކުރަމުންދާއިރު، މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް މިހާރު ލިބިފައި އޮތް ހަމައެކަނި ބާރަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، އެ މާއްދާ ވެސް ބާތިލްކުރުމަށް ދައުލަތުން ހުށަހަޅާފައިވާކަން ފާހަގަކޮށް ސައުދު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ސިފަތައް ގެއްލެމުންދާ ކަމަށާއި، މިހާރު ބާއްވަން ބޭނުންވެގެން އުޅެނީ އެންމެ ބާރެއް ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ދައުލަތުން ފެނިގެން ދަނީ "ރަދުން" ވިދާޅުވީމާ، ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރި ޒަމާން އިޔާދަ ކުރުމަށް ކުރެވެމުންދާ މަސައްކަތް ކަމަށެވެ.

ސައުދު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުގައި ސާފުކޮށް ކަންކަން ބަޔާންކޮށްފައި ވަނިކޮށް، ބަންޑާރަނައިބު ދެކިލައްވާ ގޮތާއި، ގަބޫލު ކުރައްވާ ގޮތް އޭގެ ތެރެއަށް ފެއްތުމަށް ކުރަމުންދަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކޮށް ސިޓީ ދީފައިވާކަން ފާހަގަކޮށް، ސައުދު ވަނީ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. ސައުދު އެދިވަޑައިގަތީ "ގެޔަކުން އޭނާ ނެރެލާފައި ވަނިކޮށް އަނބުރާ ގެޔަށް ނުވަންނަނީސް އެ ގެއިން އޭނާ ބޭރުކުރެވޭނެ" ބުއްދީގެ ހަމައެއް ނަމަވެސް އޮޅުން ފިލުވައި ދިނުމަށެވެ. ސައުދު ވިދާޅުވީ ދެވަނަ ފަހަރަށް ޖުލައި މަހުގެ 18 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ބާތިލް ކަމެއް ކަމަށެވެ.

ދައުލަތަށް ގޮންޖައްސަވައި ސައުދު ވިދާޅުވީ މިހާތަނަށް ވެސް އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކުރި ކުރުމާއި، ދިން ސިޓީ ބާތިލް ކޮށްފައިނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަކީ ހަމަހަމަކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ މުއައްސަސާއެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ޕާޓީން ވަކިވާން އެދުމުން ވެސް ދަފްތަރުން އުނިނުކޮށް އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ބެހެއްޓި ގޮތުން ހާމަވެގެންދަނީ ވަކި ބައެއްގެ މަސްލަހަތު ކުރިއަރުވައި، ވަކި ބައެއް ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާކަން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ ޕާޓީން ވަކިވާން އެދުމުން ވެސް އެކަން ނުކޮށްދިނީ ވަރަށް ބޮޑަށް ރާވައިގެން ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުންނެވި ސައުދު ވަނީ ބަންދަކަށް ފަހު ބަންދެއް ޖަހަމުންދާކަން ފާހަގަކުރައްވައި، އިންސާފު ގާއިމްކޮށް، އޭނާއާއި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުން ހުއްޓުވައިދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް