Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

ޔުވެންޓަސް އިން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޗިއެސާ

މޮޓާ ބުނީ، ޗިއެސާގެ އިތުރުން ދެން ވެސް ތިބި ބައެއް ކުޅުންތެރިންނަށް ޓީމުން ފުރުސަތު ނުދޭން އޭނާ ނިންމީ، ޔުވެންޓަސްގެ ޕްލޭންގައި އެ ކުޅުންތެރިން ނުހިމެނޭތީ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2024 | ހޯމަ 07:17
ޔުވެންޓަސް އަށް ކުޅެމުން އައި ޗިއެސާ

ޔުވެންޓަސް އަށް ކުޅެމުން އައި ޗިއެސާ

އިޓަލީގެ ޔުވެންޓަސް އިން ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި، އެ ކުލަބަށް ކުޅެމުން އަންނަ އިޓަލީގެ ފެޑެރިކޯ ޗިއެސާ ހިމެނޭ ކަމަށް އެ ކުލަބުގެ ކޯޗު ތިއާގޯ މޮޓާ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޗިއެސާ އެންމެ ފުރަތަމަ ޔުވެންޓަސް އަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ޔުވެންޓަސް އާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، ޔުވެންޓަސް އިން ވަނީ ދޫކޮށްލާ ކުޅުންތެރިންގެ ތެރޭގައި ޗިއެސާ ހިމަނައިފަ އެވެ.

ޔުވެންޓަސް އިން ޗިއެސާ ދޫކޮށްލަން ނިންމާފައިވާއިރު، ޔުވެންޓަސް އަށް ބަދަލުވީ ފަހުން 2022 ވަނަ އަހަރު ޗިއެސާ އަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން ޗިއެސާ ވަނީ ގާތް ގަނޑަށް ހަތް މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ. ޗިއެސާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 131 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޮޓާ ބުނީ، ޗިއެސާގެ އިތުރުން ދެން ވެސް ތިބި ބައެއް ކުޅުންތެރިންނަށް ޓީމުން ފުރުސަތު ނުދޭން އޭނާ ނިންމީ، ޔުވެންޓަސްގެ ޕްލޭންގައި އެ ކުޅުންތެރިން ނުހިމެނޭތީ ކަމަށެވެ. އެ ކުޅުންތެރިންނާ މެދު ކުލަބުން ނިންމާފައިވާ ނިންމުން ވަރަށް ސާފު ކަމަށާއި، އެ ކުޅުންތެރިންނަށް ޖެހޭނީ އެހެން ގޮތެއް ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ.

ޗިއެސާގެ އިތުރުން ޔުވެންޓަސް އިން ވަނީ އިތުރު ހަތް ކުޅުންތެރިޔަކު ދޫކޮށްލަން ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު