Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ބިލު ބޮޑުވާ މައްސަލަ

ކަރަންޓު ބޭނުންނުކުރާ މިންވަރަށް ބިލް ހަދާކަމަށް ތުހުމަތު ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ: ސްޓެލްކޯ

3 އޯގަސްޓު 2024 | ހޮނިހިރު 09:20

ބިލު ބޮޑު ކުރުމަށް ސްޓެލްކޯއިން ވަކި ގޮތްތަކެއް ނުހަދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2024 | ހޮނިހިރު 09:20
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ކަރަންޓު ބޭނުންނުކުރާ މިންވަރަށް ބިލް ހަދާކަމަށް ތުހުމަތު ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ސްޓެލްކޯއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ކަރަންޓު ބިލު ހަދާނީ ބޭނުންކުރާ މިންވަރަށް ކަމަށާއި، ބިލު ބޮޑު ކުރުމަށް ސްޓެލްކޯއިން ވަކި ގޮތްތަކެއް ނުހަދާނެ ކަމަށެވެ. ކަރަންޓު ބިލު ބޮޑު ކުރުމަށް ސްޓެލްކޯއިން ސިސްޓަމްއަށް ބަދަލުތައް ގެންނަ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ނާޝިދު ވިދާޅުވީ އެހެން ޝައްކު ކުރެވެނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށާއި، ސިސްޓަމް ހެދިފައި ހުންނަނީ މަކަރު ހެދޭ ގޮތަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސްޓެލްކޯއިން އެއްވެސް އޮޅުވާލައި މަކަރު ނުހަދާނެ ކަމަށާއި، ކަރަންޓު ބިލުތައް ބޮޑު ކުރުމަކީ ސްޓެލްކޯގެ އަމާޒެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ ގޭބިސީތަކުން ރީޑިން ނަގަމުންދަނީ މެނުއަލްކޮށް ކަމަށާއި، ބައެއް މަސްތަކުގައި 29 ދުވަސް އަނެއް ބައި މަސްތަކުގައި 31 ދުވަސް އަދި 30 ދުވަހަށް ވެސް ރީޑިން ނަގާ ކަމަށެވެ. އެހެންކަމުން ބިލު ކުރުމުގައި ބައެއް ތަފާތުތައް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ ޒަމާނުއްސުރެ ވަކި ދުވަސްވަރެއްގައި ބިލްތައް ބޮޑުވެގެން ޝަކުވާ އަންނަ ކަމަށާއި، މިއަހަރު ޝަކުވާ އައުން ދިގު ދެމިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، ގަބޫލުނުކުރެވޭ މިންވަރަށް ކަރަންޓު ބިލު ބޮޑުވެފައިވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް