Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ބިލު ބޮޑުވާ މައްސަލަ

މާލެސިޓީގެ %21 ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑު، ހަކަތައިގެ އޮޑިޓެއް ހަދަނީ

މިދިޔަ މަހަށްވުރެ މިމަހުގެ ކަރަންޓު ބިލުތަކުގެ 94 ޕަސެންޓު ކުޑަ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2024 | ހޮނިހިރު 08:18
ހޮނިހިރު ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޮނިހިރު ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާލެސިޓީގެ 21 ޕަސެންޓު ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލުނުކުރެވޭ ވަރަށް ބޮޑުވެފައިވާ ކަމަށާއި، ހަކަތާގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ މިދިޔަ މަހަށްވުރެ މިމަހުގެ ކަރަންޓު ބިލުތަކުގެ 94 ޕަސެންޓު ކުޑަ ވެފައިވާ ކަމަށެވެ. ނަމަވެސް މާލޭގެ 6 ޕަސެންޓް ގޭބިސީ، ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި، އެ ވަރަށް ބިލު ބޮޑުވެފައިވާތީ އެކްސްޕްލެނޭޝަނެއް ބޭނުންވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެހެންކަމުން ސްޓެލްކޯގެ މުވައްޒަފުން މި ގެތަކަށް ޒިޔާރަތް ކުރާނެ ކަމަށާއި، އެހެން ދިމާވި ސަބަބު ސްޓެލްކޯއިން ޓެކްނިކަލްކޮށް ބަލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްޓެލްކޯގެ ޓީމުތައް ފޮނުވާނެ ތަންތަން ކަނޑައަޅާނީ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށާއި، އެނާޖީ އޮޑިޓެއް ހަދާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ޓީމުގެތަކުން ގޭތަކަށް ގޮސް ކުރާ މަސައްކަތުން ކަރަންޓު ބިލު ބޮޑުވަނީ ކޮން ކަންތައްތަކަކުންތޯ ބަަލައި ގިނަ މައުލޫމާތުތައް ގޭގައި އުޅޭ މީހުންނަށް ވެސް ލިބޭނެ ކަމަށާއި، ފިޔަވަޅު އަޅަން ވެސް ފަސޭހަވާނެ ކަމަށެވެ. އަދި ކަރަންޓު އިގުތިސާދު ކުރަން ކަސްޓަމަރުންނަށް ވެސް ފަސޭހަވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި

03 އެޕްރީލު 2017
ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
25 މާރިޗު 2017

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު