Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް ކެނޑުން

ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި

3 އެޕްރީލު 2017 | ހޯމަ 18:51

އިތުރު އިންޖީނެއް ނަރަދޫ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 އެޕްރީލު 2017 | ހޯމަ 18:51
އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭގެ މުއައްޒަފުން

އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭގެ މުއައްޒަފުން

ނަރަދޫ އިންޖީނުގޭގައި ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ ހަ ގަޑިއިރު ފަހުން އަލުން ކަރަންޓްގެ ހިދުމަތް ދީފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަން މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ އިންޖީނުގޭގައި ހުރި ތިން އިންޖީނުގެ ތެރެއިން ދެ އިންޖީނު ކަމަށެވެ. އެގޮތުން ޝަރީފް ވިދާޅުވީ ނަރަދޫ އިންޖީނުގޭގައި ހުންނާނީ 80 ކިލޯގެ ދެ އިންޖީނާއި އަދި 50 ކިލޯގެ އެއް އިންޖީނު ކަަމށެވެ. އޭގެ ތެރެއިން އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ 80 ކިލޯގެ އިންޖީނަކާއި 50 ކިލޯގެ އިންޖީނުގެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ނަރަދޫ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން ދަނީ 80 ކިލޯގެ އިންޖީނުން ކަމަށާއި އަދި އެ އިންޖީނަށް މައްސަލަ އެއް ދިމާނުވާހާ ހިނދަކު ހުރިހައި ވަގުތަކު ވެސް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކަރަންޓް ފޯރުކޮށް ދެމުންދާ 80 ކިލޯގެ އިންޖީނަށް މައްސަލަ އެއް ދިމާވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ށ ފޭދޫ އިން 120 ކިލޯގެ އިންޖީނެއް ނަރަދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މިރޭގެ ވަގުތެއްގައި އެ އިންޖީނު ނަރަދޫ އަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާ އަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަަބުން ދިމާވި ހާދިސާއެއް ކަމަށެވެ. އެގޮތުން އިންޖީނުގޭގައި އިން އެއް އިންޖީނެއްގައި ރޯވެފައި ވަނިކޮށް އެ ވަގުތު އިންޖީނުގޭގައި ޑިއުޓީ އަށް މުވައްޒަފަށް ފެނުމުން ވަގުތުން ކަރަންޓް ކަނޑާލައި އަލިފާން ނިއްވުމުގެ މައްސައްކަތް ފެށި ކަމަށެވެ. އޭގެ ސަބަަބުން ދެ އިންޖީނު ހަލާކުވުން ފިޔަވައި އިންޖީނުގެ އަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އަލިފާން ރޯފި ދެ އިންޖީނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުސްސިލްގެ ރައީސް އަބުދުﷲ ޝަފީގު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހޯމަދުވަހުގެ މެންދުރު 11:45 އެހާއިރު ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް