Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ މީޑިއާ އިން ދޮގު ޚަބަރު ފެތުރުން

ޙަމާސްގެ ޖަމާޢަތުގެ ވެރިޔާ ޙަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކޮށްފި ކަމަށް ބުނެ ދައުލަތުގެ މީޑިއާ އިން ދޮގު ހަދައިފި

2 އޯގަސްޓު 2024 | ހުކުރު 10:14

ހާމިދު ޝަފީއުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ހުކުރު ނަމާދަށް ފަހު އޮތް

ރާއްޖެ އެމްވީ | 2 އޯގަސްޓު 2024 | ހުކުރު 10:14
ޕަބްލިކް ސަރވިސް މީޑިއާ

ޕަބްލިކް ސަރވިސް މީޑިއާ

ޙަމާސްގެ ޖަމާޢަތުގެ ވެރިޔާ ޙަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކޮށްފި ކަމަށް ބުނެ ދައުލަތުގެ މީޑިއާ އިން ދޮގު ހަދާ އެ ދޮގު ޚަބަރު ފަތުރައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސް ގައި ހުކުރު ދުވަހު މެންދުރުފަހު "ޙަމާސްގެ ޖަމާޢަތުގެ ވެރިޔާ ޙަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރުގައި " ޙަނިއްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައި،" ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ވަރަށް މަދު މިސްކިތެއްގައި ނޫނީ ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ނުކުރާކަން އަދި ކަށު ނަމާދު ކުރުމަށް ސަރުކާރުން އަންގާފައި ނުވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ދައުލަތުގެ މީޑިއާ އިން މި ދޮގު ޚަބަރު ފެތުރިއިރު ސަޙްޔޫނީންގެ އަނިޔާވެރި ހަމަލާއަކުން ޝަހީދު ކޮށްލާފައިވާ ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އަދި ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާ ގެ މައްޗަށް ހުކުރު ނަމާދަށް ފަހު ރާއްޖޭގައި ހުކުރު ކުރާ އެންމެހާ މިސްކިތްތަކެއްގައި ޣައިބަށް ކަށު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަ ޖައްސައި ދިނުމަށް އަދާލަތު ޕާޓީން ސަރުކާރަށް ވަނީ ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ސޮއިކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މި ކަމަށް އެދި ފޮނުވާފައިވާ ސިޓީ ގައި ޝަހީދު އިސްމާއީލް ހަނިއްޔާ އަކީ މަސްޖިދުލް އަގްސާ މިނިވަން ކުރުމަށް ކުރެވޭ މަތިވެރި ޖިހާދުގައި ގިނަ ގުރުބާނީ ތަކެއް ވެވަޑައިގެންފައިވާ ބަތަލެއް ކަން ފާހަގަ ކޮށްފައިވެއެވެ.

"އިސްލާމީ އުންމަތައްޓަކައި މިފަދަ ބޮޑެތި ގުރުބާނީ ތައް ވެވަޑައިގެންފައިވާ އަބްތާލުންގެ އަގު ވަޒަން ކުރުމަކީ އުންމަތުގެ ކޮންމެ ފަރުދެއްވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ،" އަދާލަތުގެ ސިޓީގައި ވެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން އިސްލާމިކް މިނިސްޓްރީ އަށް 31 ޖުލައި 2024 ގައި ފޮނުވި ސިޓީގައި ޝަހީދު އަލްގާއިދު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށް ދިނުމަކީ އެމަނިކުފާނާއި ފަލަސްތީނުގެ ރައްޔިތުންނާއި އަދި އިސްލާމީ އުއްމަތުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ މި ސިޓީއަށް އިސްލާމިކް މިނިސްޓްރީން ޖަވާބެއް ދީފައި ނުވާ ކަމަށް އެ ޕާޓީގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ހުކުރު ދުވަހު އިސްލާމީ މަރުކަޒު ގައި ހުކުރު ނަމާދަށް ފަހު މި ދިޔަ ހަފްތާގައި ރާއްޖޭން ބޭރުގައި ނިޔާވި، ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނިކަލް އޮފިސަރ ހާމިދު ޝަފީއުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އޮތެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވައި ކުރުއްވުމުގެ ރަސްމިއްޔާތައް ތެހެރާން އަށް ވަޑައިގެން ދަތުރުފުޅުގައި އޭނާ ހުންނެވި ގެސްޓް ހައުސްގައި އަންގާރަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެންނެވެ.

ސަރުކާރުން އިންތިޒާމް ކޮށްގެން ހަނިއްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދު ކޮށްފައިނުވި ނަމަވެސް، ވަކި ވަކި ބައެއް މިސްކިތްތަކުގައި ކަށުނަމާދު ކޮށްފައިވާ ކަމަށް ބައެއް އާއްމުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް