އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ވަނަވަރު ހާމަކޮށްފި
1 އޯގަސްޓު 2024 | ބުރާސްފަތި 04:463 މީހެއްގެ ވަނަވަރު ހާމަކޮށްފައިވޭ


އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހުން
ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ އިކްރާމުއްރަހުމާން، ހ. ނޫރަންމާގެ، އިބްރާހިމް އިކްރާމް، މ. ލޭންޑް އޮފް ގާޑަން އަދި ޖިނާހު އިސްމާއީލް، އާޒާދުގެ، ގއ. ކަނޑުހުޅުދޫގެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެއީ ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގުމުން ކާރު ދުއްވި މީހާ ފުރަތަމަ ފިލައިގެން ދިޔަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފަހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.






