Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނިއްޔާ އަވަހާރަކޮށްލުން

އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމަކީ އީރާނުގެ މައްޗަށް އޮތް ވާޖިބެއް: އާޔަތުﷲ

31 ޖުލައި 2024 | ބުދަ 14:54

ހަނިއްޔާ ޝަހީދު ކޮށްލީ އީރާނުގެ ލޮބުވެތި މެހްމާނެއްގެ ގޮތުގައި، އީރާނުގެ ހިޔާވަހި ކަމުގައި ހުންނަވަނިކޮށް ކަމަށް ވުމީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި، އެއާ އެކުއެކީ އަނިޔާވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް އަލީ ޚާމަނާއި ވިދާޅުވެފައިވެއެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2024 | ބުދަ 14:54
ހަމާސް ގެ ވެރިޔާ އިސްމާއީލް ހަނިއްޔާ

ހަމާސް ގެ ވެރިޔާ އިސްމާއީލް ހަނިއްޔާ

އީރާނުގެ މެހުމާނެއްގެ ގޮތުގައި ހުންނަވަނިކޮށް އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމަކީ އީރާނުގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި، އެކަމުގައި އިޒްރޭލަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އަލީ ޚާމަނާއީ މިހެން ވިދާޅުވީ، ހަނިއްޔާ އަވަހާރަ ކޮށްލި ޚަބަރު ފެތުރުނުތާ މާ ގިނަ އިރެއް ނުވެ ބުދަ ދުވަހު އެކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ހަނިއްޔާ އަށް އިޒްރޭލުން ހަމަލާދީ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ވެރިރަށް ތެހެރާން ގައި ހުންނަވަނި ކޮށް ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ނެރުއްވި ބަޔާނުގައި، މުޖުރިމު، ނިރުބަވެރި ޔަހޫދީ ދައުލަތުން ހަނިއްޔާ ޝަހީދު ކޮށްލީ އީރާނުގެ ލޮބުވެތި މެހްމާނެއްގެ ގޮތުގައި، އީރާނުގެ ހިޔާވަހި ކަމުގައި ހުންނަވަނިކޮށް ކަމަށް ވުމީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި، އެއާ އެކުއެކީ އަނިޔާވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަލީ ޚާމަނާއީ ވަނީ ހަނިއްޔާގެ ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހަނިއްޔާ ދިގު މުއްދަތަކަށް ކުރެއްވި ޚިދުމަތަށް ތައުރީފް ކުރައްވާފައެވެ. އަލީ ޚާމަނާއީ ވިދާޅުވީ، ހަނިއްޔާ ހުންނެވީ ޝަހީދު ވުމަށް ތައްޔާރަށް ކަމަށާއި، އޭނާގެ ކުދިންނާއި މުޅި އާއިލާވެސް އެ މަގުން ގުރުބާން ވެގެން ދިޔަ ކަމަށެވެ.

އީރާނުގެ އޮފިޝަލުން ގެންދަނީ މި ހާދިސާ ހިނގި ގޮތުގެ ވަރުގަދަ ތަހުގީގެއް ހިންގަމުންނެވެ.

އީރާނުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަހުގެ ގޮތުގައި ކުރިއަށް އޮތް ތިން ދުވަސް ފާހަގަ ކުރުމަށް ނިންމާ އިއުލާން ކޮށްފައެވެ.

ހަނިއްޔާގެ ތިން ކުދިން ޝަހީދުވީ އޭޕްރީލް މަހު ގާޒާ އަށް ޔަހޫދީ ސިފައިން ބޮން އަޅާ ދިން ހަމަލާއެއް ގައެވެ.

ޤޮމް ސިޓީގެ ޖަމްކަރާން މިސްކިތުގައި ބަދަލު ހިފުމުގެ ރަތް ދިދަ އީރާނުން ވަނީ ނަގާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް