Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަސްޓަމް މުވައްޒަފުންނަށް ދޭން ބުނި ފްލެޓް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް މަޖިލީހުގައި ވިދާޅުވުމަށް ފަހު، އެ ފްލެޓްތައް ލިބޭނެ ކަމުގެ ޔަގީންކަން ކަސްޓަމްސްގެ ވެރިންނަށް މިއަދު ވަޒީރު ދެއްވައިފި

މިނިސްޓަރ މިގޮތައް ނިންމެވިކަން އަންގާރަ ދުވަހު ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އެތަނުގެ ފަރާތުން ވަނީ އަންގާފަ

ރާއްޖެ އެމްވީ | 30 ޖުލައި 2024 | އަންގާރަ 14:32
4000 ހައުސިންގ ޔުނިޓުގެ ތެރެއިން ކަސްޓަމްސް އަށް ކަނޑައެޅިފައިވާ 100 ހައުސިންގ ޔުނިޓާއި ގުޅޭގޮތުން ހައުސިން މިނިސްޓަރު ކަސްޓަމްސްގެ ވެރިންނާއި ބައްދަލުކުރައްވަނީ

4000 ހައުސިންގ ޔުނިޓުގެ ތެރެއިން ކަސްޓަމްސް އަށް ކަނޑައެޅިފައިވާ 100 ހައުސިންގ ޔުނިޓާއި ގުޅޭގޮތުން ހައުސިން މިނިސްޓަރު ކަސްޓަމްސްގެ ވެރިންނާއި ބައްދަލުކުރައްވަނީ

ގެދޮރުވެރިޔާ ސްކީމްގައި ކަސްޓަމްސް އަށް ޚާއްސަކޮށް 100 ފްލެޓް ނުހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވިދާޅުވުމަށް ފަހު، 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ދޫކުރާ ފްލެޓްތަކުން 100 ފްލެޓް ކަސްޓަމްސް އަށް ލިބޭނެ ކަމުގެ ޔަގީންކަން އެތަނުގެ ވެރިންނަށް ހައުސިންގ މިނިސްޓަރ އަލީ ހައިދަރު ދެއްވައިފިއެވެ.

މިނިސްޓަރ މިގޮތައް ނިންމެވިކަން އަންގާރަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް އެތަނުގެ ފަރާތުން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސެކްރެޓޭރިއަޓް އޮފް ކޮމިޝަނަރ ޖެނެރަލްސް ބިއުރޯ އިން 30 ޖުލައި 2024 ގެ ތާރީޚްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ސޮއިކުރައްވާ އެތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯ އެއްގައި ހައުސިންގ މިނިސްޓަރ އެ ޔަގީންކަން ދެއްވާފައިވާ ކަމަށް ބުނެފައިވެއެވެ.

މި ނޫހަށް ކޮޕީ ލިބިފައިވާ އެ މެމޯގައި ބުނެފައިވަނީ "ވަޒީރު އާ އެކު މިއަދު (30 ޖުލައި 2024) ބޭއްވުނު ބައްދަލު ވުމުގައި، ކުރިންވެސް ކަސްޓަމްސް އަށް ދެއްވާނެ ކަމަށް ކަނޑައަޅުއްވާފައިވާ 100 ފްލެޓް ކަސްޓަމްސް އަށް ލިބޭނެ ކަމުގެ ޔަގީން ކަން ވަނީ ވަޒީރު ދެއްވާފައި" ކަމަށެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ދޫކުރާ ފްލެޓްތަކުން 100 ފްލެޓް ކަސްޓަމްސް މުވައްޒަފުންނަށް ލިބޭނެ ކަމުގެ ޔަގީން ކަން އަންގާރަ ދުވަހު ހައުސިން މިނިސްޓަރ ދެއްވި އިރު އޭގެ އެއް ދުވަސް ކުރިން، ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓުން އެއްވެސް ފަރާތެއް އުނިނުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ވަރަށް ސާފު ބަހުން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ކޮމިޓީގައި ވިދާޅުވީ މި ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން އިއުލާންކޮށް، ހުޅުވާލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގެ މައްސަލަ ކަމަށެވެ.

ޕެޓިޝަން ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަސްޓަމްސްގެ ވެރިންނާ ފްލެޓް އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދުމަށް އެ ތަނުގެ ވެރިންގެ މާ ބޮޑު އިންޓަރެސްޓެއް ނެތް ކަމަށް ވެސް މިނިސްޓަރ ހައިދަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ހައިދަރު މިހެން ވިދާޅުވިއިރު، ކަސްޓަމްސް އިން އެ ތަނުގެ މުވައްޒަފުންނަށް 29 ޖުލައި 2024 ގެ ތާރީޚްގައި ނެރުނު މެމޯއެއްގައި މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީ އަކުން ހުސްވި އަހަރުގެ ސެޕްޓެމްބަރު، 19 ގައި އެކަން ވަނީ އަންގާފައެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ސަރުކާރުން ދިނުމަށް ކަނޑައަޅާފައިވަނީ ތިން ކޮޓަރީގެ 85 ފްލެޓާއި، ދެ ކޮޓަރީގެ 15 ފްލެޓް ކަމަށްވެސް އެ މެމޯގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު