Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަމީރު ރަށެއް ވިއްކާލި މައްސަލައެއް

ޒަމީރު ފަޅެއް ވިއްކައިގެން ނެގި ފައިސާ އެކައުންޓުގައި އެބަހުރި، އެ މައްސަލަ ބަލަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ - ޔާމީން

30 ޖުލައި 2024 | އަންގާރަ 13:20

އަބްދުއްރަހީމްފަދަ ބޭބޭފުޅުން ތިބެގެން މި ސަރުކާރުން އެ މައްސަލަ ނުބަލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖުލައި 2024 | އަންގާރަ 13:20
ރައީސުލްޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރު ޒަމީރު

ރައީސުލްޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރު ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަށެއް ވިއްކައިގެން ނެގި ފައިސާ އެކައުންޓުގައި އެބަހުރި ކަމަށާއި، ކޮރަޕްޝަންގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު، ޒަމިރުގެ އެ މައްސަލަ ބަލަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފްރަންޓް އޮފީހުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ތިއްބެވި އިސް ބޭފުޅުންގެ އޮތީ ކޮރަޕްޝަން ކަމަށެވެ. އަދި މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަރިއަތޮޅުގެ ފަޅެއް އޭނާގެ އަނބިކަނބަލުންގެ ދޮންބައްޕަގެ ނަމުގައި ނަންގަވާފައި، ލިކުއިޑޭޓްކޮށްފައި ހުރިހާ ލާރިއެއް ނަންގަވައިގެން ހުންނެވީ މޫސާ ޒަމީރު ކަމަށެވެ. އަދި އެ ފައިސާ ހުރީ އޭނާގެ އެކައުންޓުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖީލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުއަށް އަބްދުއްރަހީމުގެ މައްސަލަތައް ބަލަންކެރިވަޑައިގަންނަވާނެތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ ބަލަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

އަދި ރައީސް މުއިއްޒު ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރުސީގެ މައްސަލަ ބައްލަވާނެ ވާހަކަފުޅު ދައްކަވާއިރު، އެމްއެމްޕީއާރުސީގެ ލިސްޓު އާންމުކުރައްވަން ފުލުހުންނަށް ދެންނެވޭނެ ކަމަށެވެ. އެއީ ދައުލަތުގެ ސިއްރެއް ނޫން ކަމަށާއި، އެއީ ދައުލަތާއި ރައްޔިތުންގެ މުދާ ކަމަށާއި، އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ކާކު ކިހާވަރަކަށް ނަގާފައިވޭތޯ އެނގެންޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކަޅު ފައިސާ ނަގާފައިވާ މީހުން މިހާރު ތިބީ ރައީސް އޮފީހުގައި ވަޒީރުންގެ ގޮތުގައި ކަމަށެވެ.

ފްރަންޓް އޮފީސް ޖަލްސާފައި ރައީސް ޔާމީނުގެ ވަކީލު އާދަމް އާސިފް ވަނީ އެމްއެމްޕީއާރުސީ ލިސްޓުގައި އަބްދުއްރަހީމްގެ ވާހަކަ އިންކަމަށް ވިދާޅުވެފައެވެ. 8ށް ވުރެ ގިނަ ޕޭމަންޓް އޮއިއްޓޭގެ ބަޔާނުގައި އެކަނި ވެސް އެބަހުރި ކަމަށާއި، އަބްދުއްރަހީމަށް ލާރި ގެންގޮސް ދިން މީހުން 20،000 ޑޮލަރުން، 5 ލައްކަ ރުފިޔާއިން 1 ލައްކަ ރުފިޔާއިން ގެންގޮސްދީފައިވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް