Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ގަވަރުނަރުކަން

ފާޑުކިޔުންތަކަށް ބެލުމެއް ނެތި، ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

30 ޖުލައި 2024 | އަންގާރަ 10:38

މުނައްވަރު އާއި މެދު ކުރެވޭ ތުހުމަތުތަކާއި މެދު އޭސީސީން ޖަވާބުދީފައެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖުލައި 2024 | އަންގާރަ 10:38
މަޖިލިސް

މަޖިލިސް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު އައްޔަން ކުރުމާއި މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެކަންކަމަށް ބެލުމެއް ނެތި، އޭނާ އެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަންކުރަން ލަފާދޭން ފާސްވީ މަޖިލީހުގެ 78 މެންބަރުންގެ ވޯޓާއި އެކުގައެވެ.

Advertisement - newsAdvertisement

މުނައްވަރު އެމަޤާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އޭނާ އެމަގާމަށް ޝަރުތުހަމަވާކަށް ނިންމާފައިވާތީއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމާއި އެކު އާއްމުންނާއި ސިޔާސީ މީހުން އައީ މަޖިލީހާއި ސަރުކާރަށް އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާޝިމް މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށްބުނެ ކަމަށް ވީ ނަމަވެސް އޭނާ މަޤާމުން ވަކި ކުރީ ސަރުކާރުން ބޭނުންވާ ކަންކަމަށް އޭނާ އިޖާބަ ނުދޭތީ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. މީިހާތަނަށް މުވައްވަރު ހުންނެވީ މާލީ ވަޒީރުގެ އެޑްވައިޒަރުގެ މަޤާމުގައެވެ. މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެނާ ވަނީ ރާއްޖޭގެ މާލީ ވަޒީރުގެ މަގާމު އަދާކުރައްވާފައެވެ. އޭގެ ކުރިން 2014ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

މުނައްވަރުގެ މައްޗަށް ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް ހުރުމާއި އެކު އާއްމުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުން އައި ނަމަވެސް އޭސީސީން އެކަމާއި މެދު އެއްޗެއް ބުނެފައެއް ނުވެއެވެ. މުނައްވަރަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި 2020 ވަނަ އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެމައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލިއެވެ. އޭސީސީން 21 ސެޕްޓެންބަރު 2020 ގައި ބުނެފައިވަނީ މުނައްވަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް މިމައްސަލާއާ ގުޅިގެން އޭސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. މިމައްސަލާގައި ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ރާއްޖެއެމްވީއިން ތަކުރާރުކޮށް އޭސީސީގައި ސުވާލު ކުރި ނަމަވެސް އެކޮމިޝަނުން ރަސްމީ ޖަވާބު ދީފައެއްނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް