Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ މައްސަލަ

އެހެން ސަރުކާރަކަށް ނުބެލޭ ފެންވަރަށް އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ކޮމިޝަނެއް އުފައްދަން ރައީސް ޔާމީން ރައީސް މުއިއްޒުއަށް ޗެލެންޖު ކުރައްވައިފި

މި ސަރުކާރާއި މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮވެގެން އެމްއެމްޕީއާރުސީގެ ލިސްޓް ހާމަނުކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖުލައި 2024 | ހޯމަ 19:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ

އެހެން ސަރުކާރަކަށް ނުބެލޭ ފެންވަރަށް އެމްއެމްޕީއާރުސީގެ ހިޔަނާތުގެ މައްސަލަ ބެލުމަށް ކޮމިޝަނެއް އުފައްދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޗެލެންޖުކުރައްވައިފިއެވެ.

ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރާނެ ވާހަކައާއި ކެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު، އެ ވާހަކައަކީ ޕީއެންސީގެ ޖަގަހައިގައި ތިއްބެވި ބޭބޭފުޅުންނަށް ބަލައިގަންނަން ފަސޭހަ ވާހަކައަކަށް ނުވި ކަމަށެވެ. އެބޭބޭފުޅުންގެ މޫނުން ފެނިގެންދިޔައީ ހިތް ނުތަނަވަސްކަމާއި އުދާސްކަމާއި ނަފްރަތު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ލިސްޓެއް އޮންނާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައަކީ އެންމެ ބޮޑު މައްސަލައެއްކަމަށް މިހާރުގެ ރައީސް ވެސް ވިދާޅުވަމުން އަންނަ އިރު، އެ ލިސްޓް އާންމު ނުކޮށް ފުލުހުން ލިސްޓް ފޮރުވައިގެން ގެންގުޅެނީ ކިހާވަރެއްގެ ގާނޫނޫ އަސާސެއް އޮވެގެންތޯ ސުވާލު އުފައްދަވާފައިވެއެވެ.

އަދި މި މައްސަލައަކީ ރައްޔިތުންނާއި ގުޅުން އޮތް ބޮޑު މައްސަލައަކަށް ވާތީ އެކަމާއި ގުޅޭ ޝަރީއަތްތައް ލައިވްކުރާ ކަމަށާއި، އެހެންކަމުން އެ ލިސްޓް ފޮރުވައިގެން ހާމަނުކޮށް އުޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރާއި މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮވެގެން އެ ހާމަކުރައްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި ހުރި ރައީސް މުއިއްޒުއާއި ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ވެސް އޭސީސިއަކަށްވެސް ފުލުހުންނަކަށްވެސް ނުބެލޭނެ ކަމަށެވެ. އަދި ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނަމަ، ރައީސް ކުރައްވަންވީ ކަމަކީ ގާނޫނޫއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކޮމިޝަނެއް އުފެއްދެވުން ކަމަށެވެ.

އަދި އެ ކޮމިޝަނުގައި ދައުލަތުގެ ބަންޑާރަނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ދެން ތިބެންވާނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ޕާޓީތަކުގެ މީހުން ނޫން މިނިވަން މީހުންކަމަށެވެ. އަދި އެވަރުގެ ކޮމިޝަނެއް ނަގައިގެން މި މައްސަލަ ބަލާކަމުގައިވާނަމަ ރައްޔިތުން މިކަން ބަލައިގަންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ރައީސް މުއިއްޒަށް ނުބެއްލެވުނުތާގައި، އެމަނިކުފާނު ސިޓީ ކައުންސިލްގައި އުޅުއްވި އިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރައްވާފައިވާ އެތައް މައްސަލައެއްވެސް އެބަހުރި ކަމަށެވެ. އަދި މިއިން އެއްވެސް މައްސަލައެއް ބެއްލެވިޔަ ނުދޭނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯއްދަވަން ބޭނުންވާނަމަ ރަސްމާލެ މަޝްރޫއުގެ ކަންކަން ރައްޔިތުންނަށް ކިޔައިދީ، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ކޮމިޝަނެއް ހައްދަވަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު