Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒު، ރައީސް މުއިއްޒުއާ މެދު ސުވާލު އުފެއްދެވުން

28 ޖުލައި 2024 | އާދީއްތަ 11:46

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަމަލުތައް ހުންނެވީ ރިޔާސީ ކެންޕޭން ތެރޭގައި ދެެއްކެވި ވާހަކަތަކާ މުޅިން އިނދިކޮޅަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ޖުލައި 2024 | އާދީއްތަ 11:46
ބޭރުގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކުން ފަސްކުރުމުގެ މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުން: ރައީސް މުއިއްޒު

ބޭރުގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކުން ފަސްކުރުމުގެ މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުން: ރައީސް މުއިއްޒު

މީވާ މަޖާ ކަމެކެވެ. ވާނުވާ އެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެނީއެވެ. އަޑު އަހަންވީ ކޮންވާހަކައެއް ކަމެއް ޤަބޫލު ކުރަންވީ ކޯއްޗެއް ކަމެއް ވިސްނަ ވިސްނާ ވެސް އެނގޭވަރެއް ނުވެއެވެ. ރައްޔިތުން ތިބެން މިޖެހެނީ އެޔެއް މިޔެއް ނޭނގިފަ އެވެ. ކެންސަލްވާ ވަރު ގިނަ ކަމުންނެވެ. ރައީސް މީހާގެ ސިޔާސަތު ފުށުއަރާވަރުން ނެވެ. ސަރުކާރުގެ ކަންކަން އަޅާކިޔަން އުނދަގޫކަމުންނެވެ.

ވަޒީރަކަށް އެއްޗެއް ވިދާޅުވެވެން އޮންނަނީ ހުއްދަ ލިބިގެންނެވެ. ކަމެއް ހާމަކުރެވެނީ ހުއްދަ ދިނިއްޔާ ދިންވަރަކަށެވެ. އެކަމަކު ހާމަކުރީމާ ރައްޔިތުން ކެކި އަރައި ގަންނައިރަށް މަށަކާވާ ކަމަކަށް ނުވެއެވެ. ރައީސުލް ޖުމްހޫރިއްޔާ ދެނެހުރި ކަމެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސަތުން ބޭރުންނެވެ. ވަޒީރު މީހާ އަމިއްލަ ޚިޔާލެވެ. އޭނާގެ އަމިއްލަ ކަމެކެވެ.

ހަމަ އެންމެ މިސާލެކެވެ. ބްރިޖުން ފީނެގުމުގެ ވާހަކައެވެ. ބްރިޖް އެޅީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އޭރުގެ ހައުސިންގ މިނިސްޓަރ ކަމުގައި ހުންނަވަނިކޮށެވެ. ރައީސް ޔާމީން ނަގާފައި އޭރު އެންމެ ބޮޑު ކްރެޑިޓެއް ނެންގެވީ ހައުސިންގ މިނިސްޓަރ ޑރ މުއިއްޒެވެ. އޭރުވެސް އެކަން ރޭވި ބައްޓަން ކުރެވިގެން އައީ ބްރިޖުން ދަތުރުކުރާ މީހުންގެ އަތުން ޓޯލް ފީއެއް ނަގާށެވެ. ޚުދު ރައީސް ޔާމީން ވެސް އޭރު ވިދާޅުވީ އެކަން ދެން ކުރައްވާނީ އޭރުގެ އިންތިޚާބުން އަލަށް އިންތިޚާބުވި ސަރުކާރު އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ. ނަގާނެ މިންވަރެއް ކަނޑައަޅާނީ އެސަރުކާރުން ކަމަށެވެ. މާނައަކީ އޭރުވެސް އޮތީ ބްރިޖުން ފީއެއް ނަގާގޮތައް ހަމަޖެހިފައި ކަމެވެ.

ނިމިދިޔަ ވެރިކަން ނިމެން ދިޔައިރު ކެންޕޭން ތެރޭގައި އެމްޑީޕީންނާއި އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަންނަވައިފިނަނަމަ ބްރިޖުން ފީއެއް ނަގާނެ ކަމަށެވެ. ކެންޕޭނަށްޓަކައި ޑރ މުއިއްޒު އޭރު އެކަން ދޮގު ކުރެއްވިއެވެ.

އަސްލު ހާމަވީ ވެރިކަމަށް ނުވަ މަސްވެސް ނުފުރެނީހެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ހާމަކުރީމައެވެ. މަޖާވަނީ އެހާހިސާބުންނެވެ. ބްރިޖުން ފީއެއް ނަގަން އުޅޭ ވާހަކަ ހާމަކުރީ ރައީސް މުއިއްޒު ބައިވެރިވެވޑައިގެން އެމަނިކުފާނު އިފްތިތާހް ކުރެއްވި ހަރަކާތަކުންނެވެ. ފޮތަކަށް އެކަން ތިރިކުރުމުގެ ކުރިން އެކަން ކެބިނެޓަށް ގެންގޮސް މަޝްވަރާ ކުރިކަމާއި އެއީ ސީދާ ރައީސް މުއިއްޒުގެ ދުރު ވިސްނިވަޑައިގެން ގައުމަށްޓަކައި ގެންނެވި ތަސައްވުރެއްކަން އެރޭގެ ރިޕޯޓުންވެސް ހާމަކުރިއެވެ. މަޝްރޫއު އިފްތިތާހް ކޮށްދެއްވީ އޭގެފަހުން ސީދާ ރައީސް މީހާއެވެ.

ދެނެކާ ދެނެއް ނެތެވެ. މަޖާވަނީ އެހާހިސާބުންނެވެ. ރައްޔިތުން ރަތަށް އެރީމައެވެ. ދޮގު މުޅިއަށް ގޮވަން ފެށީމައެވެ. ވައުދާ ޚިލާފް ވިއްޔޭ ބުނަނަ ފެށީމައެވެ. ސަރުކާރަށް އޮބިނޯންނަވަރަށް ޕްރެޝަރ ބޮޑުވީމައެވެ. އިސާހިތަކު އެބަދަލުވީ މުޅި މަފްހޫމެވެ. ގޯސްވީ ނޫސްވެރިންނާ ރައްޔިތުންނެވެ. އެއީ ރައީސް މުއިއްޒުގެ ސިޔާސަތެއް ނޫނޯލައެވެ. ކުރުކޮށް ޖުމްލަކޮށް ބުނަންޏާ އެއީ އެމަނިކުފާނާ ގުޅުންވެސް ހުރިކަމެއް ނޫނެވެ. ބަސްބުނި ހިނދުން އެނެރުނީ އެކަން ހާމަކޮށް ބޮޑު ބަޔާނެކެވެ. ސަރުކާރުން ފައިސާ ދީގެން ސަނާ ކިޔާ މީޑިއާތައް ލައްވާ މުޅިއެތި އަނެއް އަތަށް އަނބުރަން ފެށީއެވެ. މުޅި އެތި ކެންސަލްކުރީއެވެ.

ސަރުކާރުން އަޅަނީ މުޅިންވެސް މިފަދަ ޅައެއްޗިއްސެވެ. އިގްތިސާދުގެ ވާހަކައަކީވެސް މިފަދަ ބޮޑު ޖޯކެކެވެ. މިނިވަން ދުވަހުގެ ތަގްރީރުގެ ބޮޑުބައި ހޭދަކުރެއްވީ އިގްތިސޯދު ރަނގަޅު ކުރައްވަން އެޅުއްވި މޮޅު ފިޔަވަޅާ ފައިސާ ޗާޕް ނުކޮށް ހޯދި ވަރުގަދަ ކާމިޔާބުގެ ވާހަކަ ދައްކަވާށެވެ. ކުރިއަށްވުރެ ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރެވުނު ވާހަކައާއި ހާއުފާވެރިކަން ލިބިފައިވާ ވާހަކައެވެ. އެކަމަކު ހަމަ އެވާހަކަ ދައްކަވާފައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެވެ. ޑޮލަރު ނުލިބެނީ ރައްޔިތުންނަށެވެ. ތަކެތީގެ އަގުދަނީ އުފުލެމުންނެވެ. ހާލުގައި ޖެހުނީ ސަރުކާރުން ފައިސާ ނުދީގެން ބޭރުގައިތިބި ކިޔަވާ ކުދިންނެވެ. ކުޑަކުރީ މަހުގެ އަގެވެ. ސްކޫލްތަކުގެ އިތުރު ހަރަކާތްތަކަށް ޓީޗަރުން ހުކުރު ހޮނިހިރުގައި ނެރުން މަނާވީއެވެ. މިވާހަކަތައްވެސް ކުރުކޮށްލެވޭނެ އެއްބަހަކުން ނިންމާލާނަމެވެ. "ރައްޔިތުން ތިންއިރު ބަތާ ގަރުދިޔަ ކެއުމުންނެވެ".

ކޮންމެއަކަސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރާއި ރައީސް މުއިއްޒު ފެނިގެން ގޮސްފައި މިވަނީ ކަންކުރުމަށްވުރެ އަނގަ ބޮޑުކޮށްނެވެ. ނަތީޖާއަށްވުރެ ވާހަކަ ގިނަކޮށެވެ. ވީ ވައުދު ހަނދާން ނައްތާލާ ރައްޔިތުންނަށް ދޯކާ ދެއްވާ ބައެއްގެ ގޮތުގައެވެ. ރައީސް މީހާއަށް ރައީސް މީހާ ދެއްކެވި ވާހަކަވެސް ޤަބޫލު ނުކުރެވޭ ހިސާބަށް ގޮސްފައިވާތަނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް