Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ސުލޫކީ ކޮމެޓީއަކުން މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަކަށް ސުޕްރީމް ކޯޓަކުން ނިންމަވާނެ ކަމަކަށް ނުދެކެން:ހަސަން ލަތީފް

އެންމެ މީހަކަށް ގޮނޑި ގެއްލުވާލެވޭ ގޮތަކަށް ސުޕްރީމް ކޯޓަކުން ނުހަދާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2017 | އާދީއްތަ 02:55
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުން އެހެން ގޮތަކަށް މާނަ ކުރައްވަފާނެ ކަމަށް ނުބެލެވޭ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކަށް މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަށް އެކޯޓުން ނިންމަވާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މަޝްހޫރު ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ މަޖިލިސް މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށާއި ޤާނޫނު އަސާސީގައި ވެސް ވަރަށް ރަނގަޅަށް އެކަން ބުނެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެފަދަ ކަމެއް ހިނގުމުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއެއްގައި ތިއްބަވާ އެންމެ ތިން މެންބަރަކަށް ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ޤަބޫލު ކުރައްވާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން އެނެރުއްވާފައި އޮތް އަމުރު ވަރަށް ސާފު. ޤާނޫނު އަސާސީއާ ޤާނޫނު ތަކުގައި ހުރި މާއްދާތައް ވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. ސުޕްރީމް ކޯޓުން މާނަ ކުރައްވައިގެން ވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއެއްގައި ތިއްބަވާ ތިން ބޭފުޅަކު. އެތިންބޭފުޅަކު ބޭނުންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވިދާނެ ގޮތަކަށް. އެހެންވީމާ ސުޕްރީމް ކޯޓުން އެނިންމަވާފައިވާ ނިންމެވުން އެބޭފުޅުން މާނަކުރައްވާއިރު، އެކަން އެހެން ނުވާނެ ގޮތަކަށް މާނަކުރައްވާނެ ކަމަށް އަޅުގަނޑު ޤަބޫލް ކުރަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ ސުލޫކީ ކޮމެޓީއަކީ އިންތިޚާބު ކުރަން ޖެހޭ ބައެއް ވެސް ނޫން ކަމަށާއި އެޕާޓީއަކަށް ބޭނުން ވެއްޖިއްޔާ އެސުލޫކީ ކޮމެޓީ އައްޔަން ވެސް ކުރެވިދާނެ ކަމަށެވެ. އެގޮތުން އެންމެ މީހެއްގެ އަތްމައްޗަށް ވެސް އެބާރު ދެވިގެން ހިނގައިދާނެ ކަމަށާއި އެހެން ކަމުން ސުޕްރީމް ކޯޓުން އެގޮތަށް ނިންމަވާފާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"މިސާލަކަށް ޕީޕީއެމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައި އެތިބަ ތިން މީހުން. އެތިން މީހުން ބޭނުންވާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް. އެނޫން ގޮތަކަށް އެކަމެއް ނުވެސް ހިނގާނެ. އެއީ އައްޔަން ކުރާ މަޤާމަކަށް ވީމަ. އެހެންވީމާ ނިމޭއިރު މިވަނީ އެންމެ މީހަކު ބޭނުން ވީމާ ރައްޔިތުންގެ މަޖިލީހުގެ އެތައް ބައިވަރު ގޮނޑި ގެއްލުވާލެވޭގޮތައް އޮތް މާއްދާއެއް ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމެވުމެއް ކަމަށް ސުޕްރީމް ކޯޓަކުން ނުނިންމަވާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި

15 ޖޫން 2017
މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި
15 މެއި 2017

ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ

15 މެއި 2017
ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ
18 އެޕްރީލު 2017

ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު

18 އެޕްރީލު 2017
ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
28 މާރިޗު 2017

ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު

28 މާރިޗު 2017
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު
25 މާރިޗު 2017

ޕީޕީއެމް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލާން ޖެހޭނީ އިނގިލި ބުރިކޮށްލާފަ: ޖައުފަރު

25 މާރިޗު 2017
ޕީޕީއެމް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލާން ޖެހޭނީ އިނގިލި ބުރިކޮށްލާފަ: ޖައުފަރު
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު