Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެޔޮ ޓޭންކަރެއް ބަންޑުންޖަހާލާ، ތެޔޮ ބޭރުވުން

މޫސުން ގޯސްވެ ފިލިޕީންސް ކައިރިން އަޑިޔަށް ދިޔަ ބޯޓާ އެކު ތެޔޮ ބޭރުވުމުގެ ބޮޑު ކާރިސާ އަކާ ކުރިމަތިވެއްޖެ

ތެޔޮގަނޑު ފެތުރަނަ ނުދީ ހިފެހެއްޓޭތޯ ކޯސްޓްގާޑުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދެއެވެ.

ރާއްޖެ އެމްވީ | 26 ޖުލައި 2024 | ހުކުރު 14:23
ފިލިޕީންސްގެ ކޯސްޓްގާޑުން ނަގާފައިވާ މި ފޮޓޯ އިން ފެންނަ ގޮތުގައި އެމްޓީ ޓެރާ ނޯވާގެ ތެޔޮ ޓޭންކަރުގެ ބައެއް މެނިލާ ފަޅުގައި ބަންޑުން ޖަހާލާފައި

ފިލިޕީންސްގެ ކޯސްޓްގާޑުން ނަގާފައިވާ މި ފޮޓޯ އިން ފެންނަ ގޮތުގައި އެމްޓީ ޓެރާ ނޯވާގެ ތެޔޮ ޓޭންކަރުގެ ބައެއް މެނިލާ ފަޅުގައި ބަންޑުން ޖަހާލާފައި

މޫސުން ގޯސްވުމުގެ ސަބަބުން ފިލިޕީންސް ކައިރިން އަޑިޔަށް ދިޔަ އެމްޓީ ޓެރަ ނޯވާ އިން ބޭރުވާ ތެޔޮ ވެރިރަށް މެނީލާގެ އައްސޭރި ފަށާ ހަމައަށް ފެތުރަނަ ނުދޭން ފިލިޕީންސްގެ ކޯސްޓް ގާޑުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ފިލިޕީންސްގެ ރަސްމީ އިދާރާތަކުން ހާމަ ކޮށްފިއެވެ.

ތެޔޮގަނޑު ހިފެހެއްޓޭތޯ ގޯސްޓްގާޑުން ފްލޯޓިންގ ބެރިއަރ ބޭނުން ކުރުމުގެ އިތުރުން، މޫދުން ބާލިދީ ޖަހާފައި ތެޔޮ ނަގަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މޫސުން ގޯސްވެގެން 213 ފޫޓުގެ ދިގު މި ބޯޓު އަޑިއަށް ދިޔައީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

އޮފިޝަލުން ހާމަ ކުރާ ގޮތުގައި ބޯޓުން ތެޔޮ ލީކުވަމުން ދަނީ އިންޖީނުންނެވެ. އަނެއްކޮޅުން ބޯޓުގައި މައިގަނޑު ކާގޯގެ ގޮތުގައި ހުރީ 1.5 މިލިއަން ލިޓަރުގެ އިންޑަސްޓްރިއަލް ފިއުލް ކަމަށް ފިލިޕީންސް ކޯސްޓްގާޑުން ބުނެފައިވެއެވެ. އެހެންނަމަވެސް ކާގޯ ބައިން ތެޔޮ މިހާތަނަށް ލީކު ވެފައި ނުވާކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.

ބޯޓުން ބޭރުވި ތެޔޮ މިހާރުވެސް އެތައް ކިލޯ މީޓަރެއްގެ ދުރުމިނަށް ފެތުރިގެން ގޮސްފައިވާއިރު، ތެޔޮގަނޑު ނުހިފެހެއްޓިއްޖެނަމަ މިކާރިސާ ވެގެން ދާނީ ފިލިޕީންސްގެ ތާރީޚްގައި ހިނގި މިފަދަ އެންމެ ބޮޑު ކާރިސާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ބޯޓުން ތެޔޮ ލީކުވަމުންދާ ސަރަހައްދަކީ ފިލިޕީންސްގެ މަސްވެރިކަމުގެ ސަރަހައްދަކަށް ވުމާއެކު މި ކާރިސާގެ ސަބަބުން ފިލިޕީންސްގެ މަސްވެރިންނަށް ބޮޑެތި ގެއްލުން ތަކެއް ލިބިދާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ބޯޓު އަޑިއަށް ދިޔަ މެނީލާ ބޭ ސަރަހައްދަކީ ފިލިޕީންސްގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޕޯޓް އޮފް މެނީލާ އާ ވަރަށް ގާތުގައި ވާ ސަރަހައްދަކަށް ވުމާއެކު ތެޔޮގަނޑު ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ބަނދަރުގެ ޚިދުމަތްތައް ހުއްޓި އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ބޯޓު އޮތީ 111 ފޫޓު އަޑީގައި ކަމަށް ވުމާއެކު، ހުއްޓާނުލާ މަސައްކަތް ކުރި ކަމުގައި ވިޔަސް ބޯޓުން ތެޔޮ ހުސްކުރަން ހަފްތާއެއްގެ މުއްދަތު ނަގާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފިލިޕީންސް އަށް ތޫފާން ގައާމީ ގެ އަސަރު ވަރަށް ބޮޑަށް މި ދުވަސްކޮޅު ކުރަމުން ދިއުމާއެކު ކަނޑުގަދަވުމާއި ވިއްސާރައިގެ ސަބަބުން ކޯސްޓްގާޑުގެ މަސައްކަތައް ވަނީ ހުރަސްއެޅިފައެވެ. މި ތޫފާންގެ އަސަރު ވެރިރަށް މެނީލާ އަށް ކޮށް މެނީލާ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ފިލިޕީންސްގެ މީޑިއާ އިން ބުނެފައިވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ތޫފާންގެ ސަބަބުން މި ސަރަހައްދުގައި އަޑިއަށް ދިޔަ މިއީ ދެވަނަ ބޯޓެވެ. އަނެއް ބޯޓު އަޑިއަށް ދިޔައީ ތައިވާންއާ ދިމާ ބޭރުންނެވެ. ތައިވާން ކަރިން އަޑިއަށް ދިޔަ ބޯޓުން ދަތުރުކުރި 16 މީހުން ސަލާމަތް ކުރެވިފައިވާއިރު، އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެކަކު ވަނީ މަރުވެފައެވެ.

ފިލިޕީންސްގައި ހިންގައިގެން އުޅޭ ޙާދިސާ އަށް ޒިންމާވާ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރުވުމަށް ތިމާވެއްޓަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ "އޯޝޭނާ" އިން ވަނީ ފިލިޕީންސްގެ ސަރުކާރަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ
17 އެޕްރީލު 2017

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
28 ފެބުރުއަރީ 2017

ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި

28 ފެބުރުއަރީ 2017
ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި
20 ފެބުރުއަރީ 2017

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު