Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މިނިވަންކަން

"މިނިވަންކަން ލިބުމާއި އެކު ނާސިރު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ އދ.ގެ މެމްބަރު ޤައުމަކަށް ރާއްޖެވުން"

އަސާސީ ހައްގުތައް ލިބޭނެ މަގުފަހިކުރެވުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރި ބުރަ މަސައްކަތުން ކަމަށް ޝާހިދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖުލައި 2024 | ހުކުރު 13:42
ރާއްޖެޓީވީގެ މިނިވަން ދުވަހުގެ ކަވަރޭޖްގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ މިނިވަން ދުވަހުގެ ކަވަރޭޖްގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަން ލިބުމާއި އެކު، މިނިވަންކަމުގެ ބާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ނިންމެވި އެންމެ މުހިއްމު ނިންމެވުމަކީ އދ.ގެ މެމްބަރު ޤައުމަކަށް ރާއްޖެވުންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ މިނިވަންދުވަހުގެ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރާއްޖޭގެ ޚާރިޖީ މިނިވަންކަމުގެ ތާރީހާއި، މިނިވަންކަމާއި މެދު ވިސްނާލުން މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. ޚާރިޖީ ސިޔާސަތު އަދި ދިފާއީ ކަންކަން އަމިއްލަ އަށް ނިންމުމުގެ ޒިންމާ ލިބުނީ 1965 ވަނަ އަހަރު ލިބުނު މިނިވަންކަމާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިނިވަންކަން ލިބުމާއި އެކު އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ އދ.ގެ މެމްބަރު ޤައުމަކަށްވުން ކަމަށާއި މިނިވަންކަން ލިބުމާއި ހަމައަށް ދިވެހިންނަކީ އދ.ގެ މެމްބަރު ޤައުމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އޭރުގެ ލީޑަރުންގެ ވިސްނުންފުޅަކީ ވީހާވެސް އަވަހަށް ދުނިޔެ އާއި ލާމެހުންކަން އެނގޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެފަދަ ނިންމެވުމެއް ނިންމެވުމުގެ ހަގީގީ ބޭނުމަކީ ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކަށް ބޭނުންވާ އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭނީ ގައުމުތަކާއި ގުޅުން ބަދަހިކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކުން ރައްކާތެރިކަން ލިބިގެންކަމަށް ވާތީ އެކަމަށް މަގުފަހިކޮށްދިނުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޝާހިދު ވަނީ ޚިޔާލު ފާޅުކުރުން ފަދަ އަސާސީ ހައްގުތައް ހޯދުމަށް ރާއްޖެއިން ކުރި ދަތުރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދުނިޔޭގެ ގައުމުތަކާއި އެއް ފެންވަރަށް ރާއްޖޭގައި ރައްޔިތުންނަށް އަސާސީ ހައްގުތައް ލިބޭނެ މަގުފަހިކުރެވުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރި ބުރަ މަސައްކަތުން ކަމަށާއި އެކަމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މިއަދު އާއްމުން ބޭނުންވާ މައުލޫމާތެއް ފެތުރުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ލިބިފައިވާ ކަމަށާއި ކޮންމެ މީހަކީ ޖަރނަލިސްޓެއް ކަަމަށް ބައެއް ޢިލްމުވެރިން ބުނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ހައްގުގެ ބޭނުންކޮށްގެން "ފޭކް ނިއުސް" ނުވަތަ ހަގީގަތާއި ޚިލާފު ޚަބަރުތައް ފަތުރައިގެން އެކި މީހުންގެ އަބުރު ކަތިލުމުގެ ޢަމަލުތައް ހިންގަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަން ހުއްޓުވޭނެ ގޮތެއް ހޯދަން ޤައުމުތަކުން މަސައްކަތްކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ޤާނޫނު އަސާސީގައި ހައްގުތައް ލިޔެވިފައި ހުރި ނަމަވެސް އެ ހައްގުތައް ލިބޭ މިންވަރާއި މެދު މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ހައްގުތަކުގެ ފައިދާ ކިހާމިންވަރަކަށް ލިބިގެންވޭތޯ މިއަދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުން މުހިންމު ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު