Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް އޮލިމްޕިކްސް

ހުޅުވުމުގެ ރަސްމިއްޔާތުގައި ނެށުންތެރިން މުޒާހަރާ އަށް!

26 ޖުލައި 2024 | ހުކުރު 08:15

އެންމެ ކުޑަ އުޖޫރަ ލިބޭ ނެށުންތެރިޔާ އަށް ވެސް 120 ޑޮލަރާއި 260 ޑޮލަރާ ދެމެދުގެ އަގެއް ލިބޭނެ އެވެ.

ރާއްޖެ އެމްވީ | 26 ޖުލައި 2024 | ހުކުރު 08:15
ޕެރިސް އޮލިމްޕިކްސްގެ ރަމްޒީ ކުރެހުމެއް

ޕެރިސް އޮލިމްޕިކްސްގެ ރަމްޒީ ކުރެހުމެއް

ފްރާންސްގެ ޕެރިހުގައި މިރޭ ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުޒާހަރާކުރަން ތައްޔާރުވި ނެށުންތެރިން އެންމެ ފަހުން އެކަން ހުއްޓާލައިފި އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި 3000 ފަންނާނުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ތިބި ނެށުންތެރިންނަކީ ކިހާ އަދަދެއްކަން ޔަގީންކޮށް ނޭނގުނު ނަމަވެސް މިއަދަދު ހަތަރު ސަތޭކައާ ގާތްކުރާނެ ކަމަށް ފްރާންސްގެ މީޑިއާތުން ބުނެ އެވެ. ނެށުންތެރިން މުޒާހަރާކުރަން ނިންމީ އެކިއެކި ނެށުންތެރިންނަށް ދޭ އުޖޫރަ ތަފާތުވުމުންނެވެ. މިކަން މާބޮޑަށް ގޯސްވީ ހުޅުވުމުގެ ރަސްމިއްޔާތުގެ ޓީވީ ރައިޓްސް ގަތް ފަރާތުން އިމޭޖް ރައިޓްސްގެ ގޮތުގައި ދޭން ހުށަހެޅި ފައިސާ މަދުވެގެންނެވެ. މިކަމާ ގުޅިގެން ހުޅުވުމުގެ ރަސްމިއްޔާތުގެ އޮގަނައިޒަރުންނާއި ނެށުންތެރިން ނިސްބަތްވާ ގްރޫޕްތަކާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

މި ގޮތުން އެންމެ ކުޑަ އުޖޫރަ ލިބޭ ނެށުންތެރިޔާ އަށް ވެސް 120 ޑޮލަރާއި 260 ޑޮލަރާ ދެމެދުގެ އަގެއް ލިބޭނެ އެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް މުޒާހަރާކުރަން ނިންމީ ހަމައެކަނި ނަށާ މީހުން އެކަންޏެއްނޫނެވެ. ފްރާންސްގެ ޕްރައިވެޓް ސެކްޓަރގެ ގިނަ މުވައްޒަފުން ވެސް ވަނީ މުސާރަ ނުދެވުމާއި އުޖޫރަ ކުޑަވުމުގެ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ނިންމައިފަ އެވެ. ނަމަވެސް ބެރިކޭޑް ޖަހައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ސެންކޯރުގެ އައްސޭރިއަށް ކަމާނުބެހޭ އެއްވެސް ބަޔަކަށް ނުވެދެވޭނެހެން ހަދާފައިވާއިރު ބައެއް ސަރަހައްދުތަކަށް ވަދެވޭނީ ކިއުއާރު ކޯޑު ޖަހައިގެންނެވެ. ނަމަވެސް ކުދި ވިޔަފާރިވެރިން ވެސް މައްސަލަ ޖައްސާވަރުން މިހާރު ވަނީ ބައެއް ހިސާބުތަކުން ބެރިކޭޑްތައް ނަގައި އާއްމުންނަށް ހުޅުވާލައިފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 މެއި 2023

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ސްޕެއިންގެ ކޮންސިއުލޭޓާއި އެމްބަސީދޮށުގައި ބްރެޒިލް ރައްޔިތުން މުޒާހަރާކޮށްފި

24 މެއި 2023
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ސްޕެއިންގެ ކޮންސިއުލޭޓާއި އެމްބަސީދޮށުގައި ބްރެޒިލް ރައްޔިތުން މުޒާހަރާކޮށްފި
03 ޖެނުއަރީ 2022

މަރޮށި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެއްދުވަހުގެ މުބާރާތެއް ބާއްވަނީ

03 ޖެނުއަރީ 2022
މަރޮށި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެއްދުވަހުގެ މުބާރާތެއް ބާއްވަނީ
01 ޑިސެމްބަރު 2019

ސައުތު އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު: ދިވެހި ދިދަ އުފުލީ ހައްވަ!

01 ޑިސެމްބަރު 2019
ސައުތު އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު: ދިވެހި ދިދަ އުފުލީ ހައްވަ!
19 ޖުލައި 2019

އައިއޯއައިޖީ ގޭމްސް 2019: ކުލަގަދަކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

19 ޖުލައި 2019
އައިއޯއައިޖީ ގޭމްސް 2019: ކުލަގަދަކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި
11 ޖުލައި 2019

އައިއޯއައިޖީ 2019: ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާ އެތުލީޓު އިއުލާންކުރުން އާދީއްތަ ދުވަހު

11 ޖުލައި 2019
އައިއޯއައިޖީ 2019: ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާ އެތުލީޓު އިއުލާންކުރުން އާދީއްތަ ދުވަހު
18 ޖޫން 2019

ރާޅުގުޑީގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި، ދަތުރު ފަށާނީ މާދަމާ

18 ޖޫން 2019
ރާޅުގުޑީގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި، ދަތުރު ފަށާނީ މާދަމާ
21 މެއި 2019

ކްރިކެޓް ސްޓޭޑިއަމް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ކުރަނީ

21 މެއި 2019
ކްރިކެޓް ސްޓޭޑިއަމް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2019

ނިއުޒިލެންޑްގެ އެތައްހާސް ޑޮކްޓަރުންނެއް އުޖޫރައާއި މަސައްކަތުގެ މާހަލާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަނީ

17 ޖެނުއަރީ 2019
ނިއުޒިލެންޑްގެ އެތައްހާސް ޑޮކްޓަރުންނެއް އުޖޫރައާއި މަސައްކަތުގެ މާހަލާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަނީ
15 ނޮވެމްބަރު 2018

މަހިބަދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީއާ މެޗެއް ކުޅެނީ!

15 ނޮވެމްބަރު 2018
މަހިބަދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީއާ މެޗެއް ކުޅެނީ!
09 އޯގަސްޓު 2017

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް