Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިކެޓް ސްޓޭޑިއަމް

ކްރިކެޓް ސްޓޭޑިއަމް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ކުރަނީ

ބޭނުންވަނީ އަފްޣާނިސްތާން "އެޑޮޕްޓް'' ކުރި ގޮތަށް ރާއްޖެ ވެސް ''އެޑޮޕޮޓް'' ކުރުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 21 މެއި 2019 | އަންގާރަ 14:13
ޔޫތު މިނިސްޓަރު މަހުލޫފް އިންޑިއާގެ ބީސީސީއައިގެ ޖީއެމް އަށް ރާއްޖޭ ކްރިކެޓް ޓީމްގެ ޖޯޒީއެއް ހަދިޔާ ކުރަނީ

ޔޫތު މިނިސްޓަރު މަހުލޫފް އިންޑިއާގެ ބީސީސީއައިގެ ޖީއެމް އަށް ރާއްޖޭ ކްރިކެޓް ޓީމްގެ ޖޯޒީއެއް ހަދިޔާ ކުރަނީ

އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ހަދާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް އަންނަ އަހަރު ނިންމައި ބޭނުންކުރެވެން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންމެ ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، އިންޑިއާގެ ކްރިކެޓް ބޯޑުގެ އިސް އޮފިޝަލުންނާ އެކު އަންގާރަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިއާގެ ބޮޑް އޮފް ކްރިކެޓް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ޖީއެމް ސަބާ ކަރީމްއާ އިންޑިއާ ޓީމްގެ ފީލްޑިންގ ކޯޗު އަބޭ ޝަރްމާ ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

އެ ދެބޭފުޅުންގެ ދަތުރުގައި ރާއްޖޭގެ ކްރިކެޓްގެ ހާލަތު ދިރާސާކޮށް ކްރިކެޓް ފުޅާކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއެކު މަޝްވަރާތަކެއް ކޮށްފައެވެ. އަދި ގައުމީ ޓީމުން ކްރިކެޓް ކުރިއަރުވަން ބޭނުންވާކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމަށް ސަބާ ކަރީމް ވިދާޅުވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޔޫތު މިނިސްޓަރު ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ކްރިކެޓް ވޯލްޑް ކަޕަށް ކުޑަ ތަންވެފައި އޮއްވާ އިންޑިއާގެ ކްރިކެޓް ޓީމްގެ އޮފިޝަލުންތަކެއް ރާއްޖެ އައުމަކީ ރާއްޖޭގެ ކްރިކެޓަށް އިންޑިއާ އިން އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމުގެ ނިޝާނެއް ކަމަށެވެ. މި ފުރުސަތަކީ ކްރިކެޓް ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ކްރިކެޓް އެހެން ފަންތިއަކަށް ގެންދިޔުމަށްޓަކައި ކްރިކެޓް ސްޓޭޑިއަމެއްގެ މުހިއްމުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސްޓޭޑިއަމް މަސައްކަތް ހުއްޓިފައި އޮތީ އެ ބިމުގެ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މައްސަލަ ހައްލުކުރެވި އަމާޒަކީ އަންނަ އަހަރު ފަހުކޮޅު ކްރިކެޓް ސްޓޭޑިއަމް ހުޅުވުން ކަމަށެވެ.

މި ސަރަހައްދުގެ ގިނަ ގައުމުތަކަކީ ކްރިކެޓް ވަރަށް ފޯރިއާ ޖޯޝުގައި ކުޅެމުންދާ ގައުމުތަކަށްވާއިރު، ރާއްޖެގައި ވެސް ކްރިކެޓް ކުރިއަރުވަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، ބޭނުންވަނީ އިންޑިއާ އިން އަފްޣާނިސްތާން ''އެޑޮޕްޓް'' ކުރި ގޮތަށް ރާއްޖެ ވެސް "އެޑޮޕްޓް" ކުރުވަން ކަމަށެވެ.

ހަނގުރާމައެއްގެ ވިލާގަޑެއްގެ ދަށުގައި އޮތް އަފްޣާނިސްތާނުގެ ކްރިކެޓް ޓީމަށް ބީސީސީއައި އިން ވަނީ އެތަކެއް އެހީތަކެއް ވެދީފައެވެ.

އަފްޣާނިސްތާނުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތަށް ހަމަޖެހިފައި ނުވާތީ އެ ގައުމުގެ ޓީމް ހޯމް ސްޓޭޑިއަމްގެ ގޮތުގައި ފަހަކާއި ޖެހެންދެން ބޭނުންކުރަމުން އައީ އެކުވެރި އަރަބި އިމާރާތުގެ ސްޓޭޑިއަމްތަކެވެ.

ދެހާސް 16 ވަނަ އަހަރު އިންޑިއާގެ ދެ ހަރަދުންގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމަކީ އަފްޣާނިސްތާނުގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް އިންޑިއާ އިން ހަމަޖައްސައިދިނެވެ.

ބީސީސީއައި އިން ވަނީ އަފްޣާނިސްތާނުގެ ކަންދަހާރުގައި ކްރިކެޓް ސްޓޭޑިއަމެއް ހަދަން އެއް މިލިއަން ޑޮލަރު ހަދިޔާކުރުމުގެ އިތުރުން ދަނީ ކުޅުންތެރިން ތަމްރީނު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު