Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ ގޭމްސް 2019

އައިއޯއައިޖީ ގޭމްސް 2019: ކުލަގަދަކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މިފަހަރު ގޭމްސް ބާއްވަނީ މޮރިޝަސްގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 ޖުލައި 2019 | ހުކުރު 15:16
އައިއޯއައިޖީ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައިއޯއައިޖީ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް މޮރިޝަސްގައި ބާއްވައިފިއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޮރިޝަސްގެ އަންޖެލޭ ސްޓޭޑިއަމްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިފަހަރުގެ ގޭމްސްގައި ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ ދިވެހި ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ކޮމޯރަސް އާއި ރީޔޫނިއަން އާއި މަޑަކަސްކަރަ އާއި މަޔޯޓް އަދި ސީޝެލްސްއެވެ.

ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ހަވީރު ބޭއްވި ނަމަވެސް، ފުޓުބޯޅަ އިވެންޓު ބުރާސްފަތި ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ސްވިމިންގްގެ ބައެއް އިވެންޓުތައް ހުކުރު ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރިވެއެވެ. އެއީ ފުޓުބޯޅަ، ބާސްކެޓް ބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ކައިޓް ސާފިންގް، ބެޑްމިންޓަން، ސެއިލިންގް، ސްވިމިންގް އަދި ޔޫތް ކޭމްޕެވެ.

ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފެށުނީއްސުރެ ބައިވެރިވަމުންނެވެ. އެގޮތުން މިއީ ރާއްޖެއިން ގޭމްސްގައި ބައިވެރިވާ 10 ވަނަ ފަހަރެވެ.

ރާއްޖެއިން މިހާތަނަށް މި ގޭމްސްގައި އެއް ރަން މެޑަލް ހޯދައިފައި ވާއިރު، ހަތް ރިހި މެޑަލް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި 14 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދާފައެވެ.

ރާއްޖެ އިން މި ގޭމްސްގައި ހޯދި ހަމައެކަނި ރަން މެޑަލް ކާމިޔާބުކުރީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. އޭނާ މި މެޑަލް ކާމިޔާބުކުރީ 100 މީޓަރު ދުވުމުންނެވެ.

މިފަހަރުގެ ގޭމްސްއާ ރާއްޖެ ކުރިމަތިލާފައިވަނީ 15 މެޑަލް ކާމިޔާބުކުރުމުގެ އަޒުމުގައެވެ. 2015 ވަނަ އަހަރު ބޭއްވި ގޭމްސްގައި ރާއްޖެއިން ނުވަ މެޑަލްއަށް ޓާގެޓްކުރިއިރު، ލިބިފައިވަނީ 8 މެޑަލްއެވެ. އެއީ ފަސް ލޯ މެޑަލް އާއި ދެ ރިހި މެޑަލް އަދި އެއް ރަން މެޑަލްއެވެ.

ރާއްޖެއިން ވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބިޑު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

18 ސެޕްޓެމްބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު