Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024 | ބުރާސްފަތި 11:34

ލުޔެއް ދިނުމަށް ޝާ އަލޮމް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2024 | ބުރާސްފަތި 11:34
ދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ

ދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުން ހައިކޯޓުން ދަމަހައްޓައިފިއެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައެޅީއެވެ.

Advertisement - newsAdvertisement

ޙުކުމް އިއްވަވަމުން ފަނޑިޔާރު ޙަސަން ޝަފީއު ވިދާޅުވީ، ދައުވާއަކީ ކޮބައިކަން ޝާ އަލޮމްއަށް އެނގޭތޯ ކަށަވަރު ކުރުމަށްޓަކައި ދަށު ކޯޓުގެ ގާޒީ ސީދާ އޭނާއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ދައުވާލިބޭ މިހާއަށް ކުރާ ދައުވާއަށް އިންކާރު ކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބޭކަން ދަށު ކޯޓުގެ ފަނޑިޔާރު އަންގަވާފައިނުވާކަންވެސް ފަނޑިޔާރު ޝަފީއު ފާހަގަ ކުރެއްވިއެވެ.

އަދި، ދައުވާއަށް އިއުތިރާފުވާނަމަ އަވަސް ނިޔާގެ ޝަރީއަތް ހިންގުމުގެ ހައްޤު އޮތްކަންވެސް ދަށު ކޯޓުގެ ފަނޑިޔާރު އަންގަވާފައި ނުވާކަމަށް ޝަފީއު ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި ދައުވާލިބޭ ފަރާތަށް ޝަރީއަތް ހިންގުމުގެ ކުރިން ކިޔާދެންޖެހޭ ބައެއް ޙައްޤުތައް ކިޔާދެއްވާފައިނުވާކަން ފަނޑިޔާރު ޝަފީއު ވަނީ ބަޔާން ކުރައްވާފައެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ، ޝާ އަލޮމްއަށް ލިބެންޖެހޭ ޙައްޤުތައް އޭނާއަށް ކިޔާދީފައިވާކަން އެނގެން ނެތް ކަމަށެވެ. އެގޮތުން އެ ޙައްޤުތައް ކަށަވަރުވިކަން ބަޔާންކުރުމަށް ސޮއި ކުރުވަންޖެހޭ ބަޔާނުގައިވެސް ސޮއި ކުރުވާފައިނުވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރު ވަނީ އެކަންކަން އެހެން ހުރުމުން ޝާ އަލޮމްގެ އިއުތިރާފާމެދުވެސް ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރު ވިދާޅުވީ، އިއުތިރާފެއް ހޯދުމުގެ ކުރިން އެމީހެއްގެ ދުސްތޫރީ ހައްޤުތައް ކަށަވަރު ކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށެވެ.

ފަނޑިޔާރު ޝަފީއު ވަނީ ޤާނޫނީ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު އަލުން މައްސަލަ ނިންމެވުމަށް ދަށު ކޯޓަށް މައްސަލަ ތަހުވީލު ކުރެއްވުމަށް ފެނިލައްވާކަމަށް ވިދާޅުވެފައެވެ.

ދެން ރައުޔު އިއްވެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒުއެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ދައުވާލިބޭ ފަރާތުގެ ވަކީލު މެދުވެރިކޮށްވެސް ދައުވާ ސާފުވިކަން ކަށަވަރު ކުރެވިދާނެ ކަމަށާއި، ސީދާ ޝާ އަލޮމްއާ ސުވާލު ކުުރުން ލާޒިމެއް ނޫން ކަމަށެވެ.

އެގޮތުން ބަލާއިރު، ދައުވާ ކުރެވުނު އަސްލު ކުށާއި، އޭގެ އަދަބު ސާފު ކޮށްދެވިފައިވާ ކަމަށާއި، އޭނާގެ މައްޗަށް ސާބިތުވެފައިވަނީވެސް އެ ކުށްކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި ތަރުޖަމާނު މެދުވެރިކޮށް އޭނާއަށް ހައްގުތައް ކިޔާދެވިފައިވާކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އަދި އިޖުރާއަތުތައް އިސްފަސްވެގެން ޝާ އަލޮމްއަށް ލިބުނު ބޭއިންސާފެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ، މަހުމޫދު މަރާލި ގޮތް ޝާ އަލޮމް ކިޔާދީފައިވާ ކަމަށާއި، އެ ކަންކަމަށް ބަލާއިރު، ގަތުލު އަމްދުގެ ރުކުންތައް ސަރީހަކަމާއެކު ފެންނަން އޮތް ކަމަށެވެ.

ޝާ އަލޮމްގެ އިއުތިރާފުގައި ކިޔާދީފައިވާ ގޮތުގައި މަހުމޫދުގެ ނިއްކުރިމަތީގައި އަތުން ޖަހައި އޭނާ ވެއްޓުމުން ދެން ދަގަނޑު ގަނޑަކުން ޖެހީއެވެ. އަދި މަރުވިކަން ޔަޤީން ކުރުމަށް ވަޅިން ގައިގެ އެކި ތަންތަނަށް ހެރިކަމަށާއި އެއަށްފަހުވެސް ކޮޅު ތޫނުކޮށްފައިވާ ދަގަނޑު ގަނޑެއް މަހުމޫދުގެ ގަޔަށް ހަރައި، އެ ދަގަނޑު ގަނޑު ނުނެއްޓުމުން، މަހުމޫދުގެ ހަށިގަނޑުގެ މައްޗަށް އަރައި، އެ ދަގަނޑުގަނޑު ނައްޓާލިކަމަށް އޭނާ ކިޔާދީފައިވެއެވެ.

 އަދި ހަށިގަނޑު ފޮރުވުމަށްޓަކައި ވަޅަކަށް ލީކަންވެސް އޭނާ މަރާލި ގޮތް ކިޔާދެމުން ކިޔާދީފައިވެއެވެ. ޝާ އަލޮމް ކިޔާދިން ގޮތުގައި ފަހުން ދިން އަނިޔާތަކަކީ އެއީ އޭނާ މަރުވިކަން ޔަޤީންކޮށް، ނުތެދުވެވޭ ވަރު ކުރުމަށް ދިން އަނިޔާތަކެކެވެ.

އޭނާ އިއުތިރާފުވިއިރު މި ކުށުގެ އަދަބަކީ މަރުގެ އަދަބުކަން ބުނެދެވިފައިވާ ކަމަށާއި، އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އެގޮތުން އެ ޙާދިސާ ހިނގި ވަގުތު އެތަނުން ދިޔަ ދެ އަންހެނަކަށް ވަނީ ޝާ އަލޮމް މީހެއްގެ ދެފައިގައި ހިފައިގެން ދަމާފައި ގެންދިޔަ މަންޒަރުވެސް ފެނިފައެވެ.

އަދި އޭނާ އިއުތިރާފުގައި ކިޔާދިން ގޮތަށް އެ އަނިޔާތައް މަހުމޫދުގެ ހަށިގަނޑުންވެސް ފެންނަން ހުއްޓެވެ.

އޭގެ އިތުރުން، އޭނާ މަހުމޫދު މަރާލީ އޭނާ ދަތިކޮށް އުޅެނިކޮށް އެއް ދުވަހު މަހުމޫދު އަތަށް މީހަކު ގިނަ އަަދަދެއްގެ ފައިސާ ދިން ތަން ފެނުމުން ކަމަށާއި، އެ ދުވަހު މަހުމޫދު އަތުން އެ ފައިސާ ހޯދުމަށް ނިޔަތް ގަތްކަމަށް އޭނާ ބުނެފައިވެއެވެ.

ހަތަރު ފަހަރެއްގެ މަތިން އޭނާ މި ކުށަށް އިއުތިރާފުވެފައިވެއެވެ.

އެހެންކަމުން ފަނޑިޔާރު ނިޔާޒު ވަނީ ދަށު ކޯޓުން ޝާ އަލޮމް މެރުމަށް ކޮށްފައިވާ ޙުކުމް ދަމަހައްޓަންޖެހޭކަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާވެސް ވަނީ ތާއީދު ކުރައްވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

ޝާ އަލޮމްގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމާ ގުޅޭ ދެ އަޑުއެހުމެއް މީގެ ކުރިންވެސް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް ވަނީ އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެފައެވެ.

އޭނާ ބުނީ، އޭނާގެ ދިފާއީ ވަކީލުވެސް ތަރުޖަމާނުވެސް އޭނާ ގާތުގައި ކުށަށް އިއުތިރާފުވުމަށް ލަފާ ދީފައިވާ ކަމަށާއި، އޭނާ އެއްބަސްވުމުން، ޑީޕޯޓު ކޮށްދޭނެކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާކަމަށެވެ. އިއުތިރާރުވީ އެހެންވެކަމަށް ޝާ އަލޮމް ބުނެއެވެ.

އެހެންނަމަވެސް ފަހުން އަނެއްކާވެސް އޭނާ ވަނީ އޭނާ މިހާރު ވަކީލަކު ބޭނުން ނުވާ ކަމަށާއި، އިތުރަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް، އޭނާގެ މައްޗަށް ޙުކުމް ކުރެއްވުމަށް އެދޭކަމަށް ބުނެފައެވެ.

ޝާ އަލޮމް ބުނީ، އޭނާ ތަހުގީގާއި ދަށު ކޯޓުގައި އިއުތިރާފުވެ، އެއްބާރުލުން ދިނުމުންވެސް އޭނާއަށް އެއްވެސް ލުޔެއް ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހޭކަމަށެވެ. އޭނާއަށް ލުޔެއް ދިނުމަށް އެ އަޑުއެހުމުގައި އޭނާ އެދިފައިވެއެވެ.

އަދި ދަށު ކޯޓުގެ ނިންމުމާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް ޝާ އަލޮމް ބުންޏެވެ.

ޝާ އަލޮމް ބުނީ، އޭނާއަށް އެނގޭ ގޮތުގައި އޭނާއަށް އިއްވާފައިވަނީ 99 އަހަރުގެ ޖަލު ޙުކުމެއްކަމަށެވެ. ނަމަވެސް އެގޮތަށް އޭނާއަށް ދަށު ކޯޓުގައި ތަރުޖަމާ ކޮށްދީފައިނުވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފަނޑިޔާރުން ވަނީ އޭނާއަށް މަރަން ޙުކުމް ކޮށްފައިވާކަން އެނގޭތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ، އޭނާއަށް މަރަން ޙުކުމްކުރިކަން އެނގުނީ ޖަލަށް ދިޔަ ފަހުންކަމަށެވެ.

އެހެންނަމަވެސް އޭރުވެސް ފަނޑިޔާރުން ވަނީ މިއީ އިސްތިއުނާފީ މައްސަލައެއް ނޫންކަމާއި، މިއީ ދަށު ކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެއްކަން ހަނދާން ކޮށްދެއްވާފައެވެ.

އަދި އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ހަމައެކަނި އޭނާގެ އިއުތިރާފުން ނޫންކަމާއި، އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅިފައިވާކަން ވެސް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ވަކީލެއްގެ ފުރުސަތު ބޭނުން ނުވި ނަމަވެސް، އޭނާ ޝަރީއަތުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކައިގެން ނުވާނެކަން ފަނޑިޔާރުން އޭރު ފާހަގަ ކުރެއްވިއެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ އަލްއުސްތާޛު ޙަސަން ޝަފީޢު, އަލްއުސްތާޛު މުޙައްމަދު ނިޔާޒް, އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އެވެ.

57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ވާރިސުންގެ ހެކިބަހާއި، ޝާ އަލޮމްގެ އިއުތިރާފަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 27 ފެބްރުއަރީ 2022ގައެވެ. 

ކްރިމިނަލް ކޯޓްމަޙްމޫދު މަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް