Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިގްތިސާދީ ހާލަތު ދަށްވުން

އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ، ގަވަރުނަރު ބަދަލުކޮށްގެން ޑޮލަރު ރޭޓު ދަށެއް ނުވާނެ: އެމްޑީޕީގެ ޕީޖީ ގުރޫޕު

މިސަރުކާރުން ދަނީ މިވަގުތު ކުރަން ނުޖެހޭ ބައިވަރު ހަރަދުތައް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖުލައި 2024 | ބުދަ 13:16
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް މިސަރުކާރުން އަދިވެސް ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ ކަމަށާއި، ގަވަރުނަރު ބަދަލުކޮށްގެން އިގްތިސާދުގެ ހާލަތު ރަނގަޅުވެ ޑޮލަރު ރޭޓް ދަށް ނުވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިސަރުކާރަށް ބަޖެޓް ލިބި، ފައިނޭންސް މެނޭޖްކުރުމުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ނާޒިލް ވިދާޅުވީ މިސަރުކާރުން ދަނީ މިވަގުތު ކުރަން ނުޖެހޭ ބައިވަރު ހަރަދުތައް ކުރަމުންދާ ކަމަށެވެ.

މިހާރު ރިކަރަންޓު ހަރަދު ބޮޑުތަނުން ބޮޑުވެފައިވާއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައި ބަޖެޓުގައި ހުރި މަސައްކަތުން ކުޑަ ޕަސެންޓެއްގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފައިސާ ވެސް ބޭނުންކުރަނީ ރިކަރެންޓް ހަރަދުގެ ގޮތުގައި ކަމަށާއި، އެއީ މުސްތަގުބަލުގައި އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ބުރައެއް ކަމަށެވެ.

އަދިވެސް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އަޅައި ގައުމުގެ އިގްތިސާދު ހަމަ މަގަށް އަޅުވަން ސަރުކާރުން މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މިދަނޑިވަޅުގައި ގަވަރުނަރު ބަދަލުކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގަވަރުނަރު މަގާމުން އަލީ ހާޝިމް ވަކިކުރެއްވި ނަމަވެސް އެބޭފުޅާއަކީ މި ފާއިތުވި ދުވަސްތަކުގައި ފުރިހަމަ އެއްބާރުލުން ދީފައިވާ ބޭފުޅެއް ކަމަށާއި، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ގަވަރުނަރުންނާއި ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވަނީ މިސަރުކާރުގެ ވަޒީރުންތަކެއް މިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވަޑައިނުގެންނެވުމުން އެކަމާ ވެސް ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިސަރުކާރުން އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތައް ކުރުމުގައި ނިޔަތް ރަނގަޅުކުރަންޖެހޭ ކަމަށެވެ. މިހާރު އަޅަމުންދާ ފިޔަވަޅުތަކުން މުސްތަގުބަލު ރަނގަޅުވާތަނެއް އަދި ބަޖެޓަށް ލުއިތަކެއް އަންނާނެ އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް މެމްބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ އަންދާޒާ ކުރާ މިންވަރަށް ދައުލަތަށް މިހާރު ވެސް އާމްދަނީ ވަންނަމުންދާ ކަމަށާއި، ޓޫރިޒަމް އެރައިވަލް ވެސް ޓަރގެޓަށް ވާސިލްވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ނޫނީ އިގްތިސާދުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް މެންބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޕީޖީ ގްރޫޕް ޕްރެސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު