Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭކަޕް

ޕެނަލްޓީގައި އީގަލްސް ބަލިކޮށް، އެފްއޭކަޕް ސެމީއަށް ސަސް!

ސެމީގައި ސަސް ވާދަކުރާނީ ވެލެންސިޔާ އާއި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 14:38
އީގަލްސްއާއި ސަސް ލީގުގައި ވާދަކުރި މެޗެއްގެ ގެތެރެއިން

އީގަލްސްއާއި ސަސް ލީގުގައި ވާދަކުރި މެޗެއްގެ ގެތެރެއިން

ޕެނަލްޓީގައި ކްލަބް އީގަލްސް ބަލިކޮށް, އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ހޯދައިފިއެވެ.

ލީގުގެ ހަތްވަނަ އަށް ދިއުމުން ކޮލިފިކޭޝަން ކުޅެން ޖެހިފައިވާ ސަސްއިން, ލީގުގެ ދެވަނަ އީގަލްސްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދީ 7-6 ނެވެ. މެޗުގެ ފުރިހަމަ ވަގުތާއި, ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފް ނިމުނުއިރުވެސް ނަތީޖާއަކީ 2-2 އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސަސްއިންނެވެ. ސަސްއަށް ފުރަތަމަ ކުރި ހޯދައިދިނީ އިބްރާހީމް އަތީގު ހަސަންއެވެ. 31 ވަނަ މިނިޓްގައި އީގަލްސްއަށް ބުރޫނޯ ވިނީޝިއުސް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް, ސަސްއިން ދެވަނަ ފަހަރަށް ކުރިހޯދީ ދެވަނަ ހާފްގައި މުޙައްމަދު ސާމިރު ޖެހި ލަނޑުންނެވެ. އެކަމަކު އީގަލްސްގެ އަބުދުالله ޒިޔާން 82 ވަނަ މިނިޓްގައި ލަނޑުޖަހާ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ޕެނަލްޓީގައި ފުރަތަމަ ފަސް ޕެނަލްޓީން ކޮންމެ ޓީމަކަށްވެސް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ. އީގަލްސްގެ ފުރަތަމަ ދެ ޕެނަލްޓީ ހަސަން ރާއިފް އަހުމަދު (ހަންނަ)އާއި, މުޙައްމަދު ނާއިމް އަތުން ބޭކާރުވިއެވެ. އަދި ހަތަރުވަނަ ޕެނަލްޓީ ހިސާމް ސަލީމް އަތުންވެސް ވީބޭކާރެވެ. ސަސްގެ ފުރަތަމަ ޕެނަލްޓީ އައިހަމް އަހުމަދަށްވެސް ކާމިޔާބެއް ނުކުރެވުނެވެ. ހަތަރުވަނަ ޕެނަލްޓީއާއި ފަސްވަނަ ޕެނަލްޓީ މުޙައްމަދު ޝަހާއުއާއި, މުޙައްމަދު ސާމިރު އަތުން ނާކާމިޔާބުވެ, އިތުރު ޕެނަލްޓީ ޖަހަން ޖެހުނީއެވެ.

ޕެނަލްޓީއަކުން ޕެނަލްޓީއަކުން ޖަހަމުންގޮސް ނަތީޖާ ނެރެވުނީ ފަސް ޕެނަލްޓީ ޖަހައިގެންނެވެ. ސަސްއިން ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އީގަލްސްގެ ފަސްވަނަ ޕެނަލްޓީ ސޮލާހު އަލީ އަތުން ބޭކާރުވެ ސަސް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީއެވެ.

ސެމީފައިނަލްގައި ސަސް ވާދަކުރަން ޖެހޭނީ ކްލަބް ވެލެންސިޔާ އާއިއެވެ. ސެމީފައިނަލް ދެ މެޗު ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެފްއޭކަޕްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު