Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނޭފަތް ކޮއްޓުން

ނޭފަތް ކޮއްޓުން: ތިޔަ ހީކުރާހާ އާދައިގެ ކަމެއް ނޫން!

ނޭފަތް ކޮއްޓުމަކީ ޑިމެންޝިއާ ނުވަތަ އަލްޒައިމާޒް ބަލި ޖައްސާ ކަމެއް ކަމަކަށް، ދިރާސާގެ މުސައްނިފުންވެސް ބުނެފައެއް ނެތެވެ. އަލްޒައިމާޒްއަކީ އާދައިގެ ބައްޔެއް ނޫނެވެ. އަލްޒައިމާޒް ބަލި ޖެހިދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. އަލްޒައިމާޒް ބައްޔަށް ޑައެގްނޯޒް ވާ މީހެއްގެ ކިބައިން، އެއް ސަބަބަށް ވުރެ ގިނަ ސަބަބުވެސް ފާހަގަވުން ގާތެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 12:42
އާދައިގެ ކަމެކޭ ހީވި ނަމަވެސް، ނޭފަތް ކޮއްޓުމަކީ އަލްޒައިމާޒް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ވެގެންދާ ކަމަކަށް ވުމުގެ ފުރުޞަތު އޮތް ކަމެއް

އާދައިގެ ކަމެކޭ ހީވި ނަމަވެސް، ނޭފަތް ކޮއްޓުމަކީ އަލްޒައިމާޒް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ވެގެންދާ ކަމަކަށް ވުމުގެ ފުރުޞަތު އޮތް ކަމެއް

ކިތަންމެ ހިތް ނުއެދުނު ކަމުގައި ވީ ނަމަވެސް، ނޭފަތް ކޮއްޓުމަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބޭއިޚްތިޔާރުގައި ކުރެވޭ ދަރަޖައަށް، ކަށީގައި ހިފާފައިވާ އާދައެކެވެ. ނޭފަތަށް އިނގިލިލައިގެން އަތްއަތަށް އަނބުރާ، ކޮއްޓާ ހެދުމަކީ ޞިއްޙީ ގޮތުން ބެލިނަމަހީވެސް ނުރަނގަޅު އާދައެކެވެ. ތަފާތު އެކި ޒާތްޒާތުގެ ނުބައި ވައިރަސްތަކާއި ޖަރާސީމުތަކަށް ދެވޭ ދަޢުވަތު އެކަންޏެއް ނޫނެވެ. ނޭފަތް ކޮއްޓުމުގެ ސަބަބުން، ސިކުނޑިއަށް ގެއްލުމެއް ވެދާނެ ކަމަށް ޤަބޫލު ކުރެވޭނެ ހެއްޔެވެ؟ ދާދި ފަހުން އާންމު ކުރި ރިޕޯޓްއަކަށް ބަލައި އިރު، އެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް، ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހާސްވެ، ތެޅިފޮޅިގަންނަން ޖެހޭ ވަރެއް އަދި ނުވެއެވެ.

'ބަޔޯމޮލެކިއުލްސް' ޖަރނަލްގައި އާންމުކޮށްފައިވާ މުރާޖާ ކަރުދާހަކީ، ނޭފަތް ކޮއްޓުމުގެ އާދައާއި، ޑިމެންޝިއާ އަދި އަލްޒައިމާޒް ބައްޔާ ދެމެދު އޮވެދާނެ ކަމަށް ބެލެވޭ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާ ކަރުދާހެކެވެ. ޑިމެންޝިއާއާއި އަލްޒައިމާޒްއަކީ ސިކުނޑީގެ ބަލިތަކުގެ ތެރޭގައި ހިމެނޭ، އެންމެ ހިތްދަތި 2 ބައްޔެވެ. ނޭފަތް ކޮއްޓުމުގެ އާދައަކީ، އަލްޒައިމާޒްއާއި ޑިމެންޝިއާއަށް މަގުފަހި ކުރާ ކަމެއް ކަމަށް ބުރަ ވަނީ، ނިއުރޯއިންފްލަމޭޝަންގެ ސަބަބުންނެވެ.

ނިއުރޯއިންފްލަމޭޝަން ނުވަތަ (ސިކުނޑީގެ ޓިޝޫތައް ހިމެނޭހެން) ނާރުތަކުގައިވާ ޓިޝޫ ފަށަލަ ދުޅަވުމަކީ އަލްޒައިމާޒް ބައްޔާ ގުޅުން އޮތް ކަމަކަށް ވުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ފަހުގެ ހޯދުންތަކުން ވަނީ ދައްކާފައެވެ. ދިރާސާ ކަރުދާހުގެ މުސައްނިފުން ބުނާ ގޮތުގައި އިންސާނާގެ ހަށިގަނޑަށް ބަލި ވާސިލުކުރާ ޕެތޯޖެންސްއަށް ސިކުނޑިން ދޭ އިޖާބައެއްގެ ގޮތުގައި ބީޓާ-އެމިލޮއިޑް ކިއާ ޕްރޮޓީންގެ މާއްދާއެއް އުފެއްދުން އެކަށީގެންވާއިރު، އެ ޕްރޮޓީންއަކީ އަލްޒައިމަރޒް ބަލިޖެހެން މެދުވެރިވުމުގެ އެއް ހިއްސާދާރަށް ވުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. ނޭފަތު ތެރެއަށް ޕެތޯޖެންސް ވަދެ، ސިކުނޑިއާ "ކުޅެލަން" ދެވޭ އެންމެ ފަހި އެއް ފުރުޞަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ސާފުތާޚިރުކަން ކުޑަ އިނގިއްޔެއް، ނޭފަތުގެ އެތެރެއަށް ކޮއްޕާލާ ކޮއްޕާލުމެވެ!

އާދައިގެ ކަމެކޭ ހީވި ނަމަވެސް، ނޭފަތް ކޮއްޓުމަކީ އަލްޒައިމާޒް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ވެގެންދާ ކަމަކަށް ވުމުގެ ފުރުޞަތު އޮތް އޮތުމޭ ބުނާ އަޑު ކަންފަތުގައި ޖެހުމާއެކު، އިންތިހާ ބިރުވެރިކަން ވެރިވެގަތުން ގާތެވެ. ނަމަވެސް، އެއީ އަދި މުޅިން ބިރުގެ މައްޗަށް ނިންމާލެވެންވެސް އޮތް ކަމެއް ނޫނެވެ. މި ދައްކަނީ، ނޭފަތް ކޮއްޓުމުގެ ނަތީޖާއެއްގެ ގޮތުން އަލްޒައިމާޒް ބަލި ޖެހޭނެ ވާހަކައެއް ނޫނެވެ.

ނޭފަތް ކޮއްޓުމަކީ ޑިމެންޝިއާ ނުވަތަ އަލްޒައިމާޒް ބަލި ޖައްސާ ކަމެއް ކަމަކަށް، ދިރާސާގެ މުސައްނިފުންވެސް ބުނެފައެއް ނެތެވެ. އަލްޒައިމާޒްއަކީ އާދައިގެ ބައްޔެއް ނޫނެވެ. އަލްޒައިމާޒް ބަލި ޖެހިދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. އަލްޒައިމާޒް ބައްޔަށް ޑައެގްނޯޒް ވާ މީހެއްގެ ކިބައިން، އެއް ސަބަބަށް ވުރެ ގިނަ ސަބަބުވެސް ފާހަގަވުން ގާތެވެ.

ސައެންސްވެރިން އަދިވެސް ދަނީ ޑިމެންޝިއާއާއި އަލްޒައިމާޒް ބަލީގެ މޫ ލައިފާ އޮތް ހިސާބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ދިރާސާވެރިން ބުރަވާ ގޮތުގައި ބަލި ޖެހެނީ ކަނޑައެޅިގެން ވަކި އެއް ސަބަބާ ހެދިއެއް ނޫނެވެ. ނަމަވެސް، ތަފާތު އެތައް ސަބަބެއް އެކުވެގެން ކަމަށް އެމީހުން ބުރަވެއެވެ. އެފަދަ ބައެއް ސަބަބުތަކުގެ ތެރޭގައި ޖެނެޓިކްސް، ދިރިއުޅުމުގެ ވައްޓަފާޅިއާއި ވެށި އަދި ޞިއްޙީ އެހެން މައްސަލަތައް ހިމެނެއެވެ.

އަލްޒައިމާޒް ޖެހުމުގެ ނުރައްކާ، އެހެން މީހުންނަށް ވުރެ އިތުރަށް އޮންނަ މީހުން ލަފާ ކުރަން ކޮންމެވެސް ވަރަކަށް އެނގެއެވެ. ނުރައްކާ އޮތް/ނެތް މިންވަރު ވަޒަން ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ޢުމުރު، ޢާއިލީ ޞިއްޙީ ވަނަވަރު އަދި ބަލި ވާރުތަ ކުރުމުގެ ސިލްސިލާއެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުން ހިމެނެއެވެ. މިކަންކަމަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބައެއް ބަދަލުތަކުގެ ސަބަބުން، ޑިމެންޝިއާ ނުވަތަ އަލްޒައިމާޒް ބަލިން ސަލާމަތްވެ ހުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެއެވެ.

އަދި ހަށިގަނޑަށް ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ކެއިންބުއިމުގެ ޕްލޭނަކަށް އަމަލުކޮށް، ޤަވައިދުން ކަސްރަތުކޮށް، ރަނގަޅު، ފުރިހަމަ ނިންޖެއް ނިދައިގެން ހަށިގަނޑުގެ ބަރުދަން، ޢުމުރާއި އިސްކޮޅާ އެންމެ އެކަށޭނަ ރޭންޖުގައި ހިފަހައްޓާލުން  ހިމެނެއެވެ.

މި ކިޔައިދެވުނު ކަންކަމަކީ ޑިމެންޝިއާ ނުވަތަ އަލްޒައިމާޒް ބަލިން ސައްތަ އިންސައްތަ ދިފާޢު ހޯދައިދޭނެ ކަންކަމެއް ނޫނެވެ. ޑިމެންޝިއާ ނުވަތަ އަލްޒައިމާޒްގެ ނުރައްކަލުން މުޅިން ސަލާމަތްވެވޭނެ ކަށަވަރު މަގެއް އަދިވެސް ހޯދިފައެއް ނެތެވެ. ކަން މިހެން އޮތް އިރު، ނޭފަތް ކޮއްޓަން ކިތަންމެ ވަރަކަށް ޟަމީރު ގޮވި ކަމުގައި ވީ ނަމަވެސް، އެކަމާ ދުރުވާން އެބަޖެހެއެވެ. ދިރިއުޅުމުގެ ރީތި އަދަބުތަކުގައި ހިފާ، ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން މުހިންމެވެ. އަހަރެމެން އެ ދީނެއްގެ މަތީގައި ތިބި އިސްލާމް ދީނަކީވެސް ސާފުތާހިރުކަމަށް ބާރުއަޅާ ދީނެއްކަން ހަނދާން ނައްތާނުލާށެވެ.

ނޭފަތް ކޮއްޓުން

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި

23 އެޕްރީލު 2018
ތިޔަ ލޯތްބާއި ދުރަށް ރިލީޒް ކޮށްފި

ތިޔަ ލޯތްބާއި ދުރަށް ރިލީޒް ކޮށްފި

22 އެޕްރީލު 2018
ތިޔަ ލޯތްބާއި ދުރަށް އަންނަ ހޮނިހިރު ދުވަހު އޮލިމްޕަހާއި ޝްވެކްއަށް

ތިޔަ ލޯތްބާއި ދުރަށް އަންނަ ހޮނިހިރު ދުވަހު އޮލިމްޕަހާއި ޝްވެކްއަށް

19 އެޕްރީލު 2018
ތިޔަ ލޯތްބާ ދުރަށްގެ ޓިކެޓް ވިއްކަން ފަށައިފި

ތިޔަ ލޯތްބާ ދުރަށްގެ ޓިކެޓް ވިއްކަން ފަށައިފި

04 އެޕްރީލު 2018
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ ރިލީޒްކޮށްފި

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ ރިލީޒްކޮށްފި

20 މާރިޗު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު