Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތިޔަލޯތްބާއި ދުރަށް

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި

މިފިލްމު އަޅުވައިފައިވަނީ މިމަހުގެ 21 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 އެޕްރީލު 2018 | ހޯމަ 04:47
ތިޔަލޯތްބާއި ދުރަށްގެ ޕޯސްޓަރެއް

ތިޔަލޯތްބާއި ދުރަށްގެ ޕޯސްޓަރެއް

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯއެއް އަރައިގެން ތިޔަ ލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައިވާ ކަމަށް އެފިލްމުގެ ޑައިރެކްޓަރ މަރިޔަމް މޫސާ(މަރީ) ބުނެފިއެވެ.

ތިޔަ ލޯތްބާ ދުރަށް ދައްކަން ފަށާފައި ވަނީ މިމަހުގެ 21 ގައެވެ.

މަރީ ބުނީ އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯއެއް އަރައިގެން ފިލްމުގެ އެކި ހިސާބުތަކުގައި އޯޑިއޯ އާއި ވިޑިއޯ ދިމާނުވުމާއި ބައެއް ހިސާބުތަކުގައި ބްލެކްއައުޓް އަރާފައިވާ ކަމަށެވެ.

އެކަން އެހެން ދިމާވީ އޮލިމްޕަހުގެ ޕްލޭބެކް ޕީސީގެ މައްސަލައަކާ ގުޅިގެން ކަމަށް އޮލިމްޕަހުން މައުލޫމާތުދޭ ކަމަށް އޭނާ ބުންޏެވެ. އަދި އާދީއްތަ ދުވަހު އެފިލްމު ބެލިމީހުންނަށް އެކަންތައްތައް ދިމާވެފައިވާ ކަމަށާއި އެކަމާއިގުޅިގެން އެފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ކަމަށް އޭނާ ބުންޏެވެ.

މަރީ ބުނީ ތިޔަލޯތްބާއި ދުރަށްގެ ފިލްމަށް ދިމާވި ކަންތައްތަކާއި ގުޅިގެން ބެލުންތެރިންގެ ކިބައިން އެޓީމުން މާފަށް އެދޭކަމަށެވެ.

އަދި ކުރިއަށް ހުރި ތިން ޝޯކަމަށްވާ މިމަހުގެ 26،27،28 ގައި ފިލްމު ދައްކާއިރު އެކަންތައްތައް ރަނގަޅުވާނެކަމުގެ ޔަގީންކަން އޮލިމްޕަހުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ. މަރީގެ ވާހަކައަކަށް ހަދާފައިވާ ތިޔަ ލޯތްބާއި ދުރަށްގެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ދެ ލަވައެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނެއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޓެކްނޯ މީޑިއާ އިންނެވެ. ޓެކްނޯމީޑިއާއިން ބުނީ ފިލްމަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު ރާއްޖޭގެ ރަށްރަށުގައި ފިލްމު އަޅުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2019

ކަރީނާ އާއި ތައިމޫރު އަރައިގެންހުރި ބޫޓަށް ބޮޑު ސަމާލުކަމެއް!

30 އޮކްޓޯބަރު 2019
ކަރީނާ އާއި ތައިމޫރު އަރައިގެންހުރި ބޫޓަށް ބޮޑު ސަމާލުކަމެއް!
17 އެޕްރީލު 2017

ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

17 އެޕްރީލު 2017
ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު