Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތިޔަ ލޯތްބާއި ދުރަށް

ތިޔަ ލޯތްބާއި ދުރަށް އަންނަ ހޮނިހިރު ދުވަހު އޮލިމްޕަހާއި ޝްވެކްއަށް

އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ކުރާއިރު ހުޅުމާލޭ ޝްވެކްގައިވެސް ހަމަ އެރޭ ފިލްމު އަޅުވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 އެޕްރީލު 2018 | ބުރާސްފަތި 08:14
ތިޔަ ލޯތްބާއި ދުރަށްގެ ޕޯސްޓަރ

ތިޔަ ލޯތްބާއި ދުރަށްގެ ޕޯސްޓަރ

އެޕްރީލް މަހުގެ 21 ގައި ނެރޭ ދިވެހި ފިލްމު ތިޔަ ލޯތްބާއި ދުރަށް ޕްރިމިއާ ކުރާގޮތަށް ހަމަޖެހިފައިވަނީ އޮލިމްޕަހުގައި ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ(މަރީ) ބުނެފިއެވެ.

މަރީ ބުނީ އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ކުރާއިރު ހުޅުމާލޭ ޝްވެކްގައިވެސް ހަމަ އެރޭ ފިލްމު އަޅުވާނެކަމަށެވެ.

މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ ސްރީލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް(އަޒޭ)، މަލީހާ ވަހީދު(މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ. ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާއެވެ.

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ދެ ލަވައެއް ހިމަނައިގެން އުފައްދާފައިވާ މި ފިލްމަކީ މަރީގެ ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މި ފިލްމުގައި ހިމެނެނީ ހަތަރު ލަވައެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

16 އޯގަސްޓު 2017
އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
26 ޖޫން 2017

"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި

26 ޖޫން 2017
"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު