Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ސަރުކާރުގެ ބަސްމަގު ހުރީ މާލީ ހާލަތު ރަނގަޅުކުރާ ކަހަލަ ގޮތަކަށް ނޫން - އަމީރު

މިހާރު ސަރުކާރުން ޢަމަލުކުރާ ގޮތުން ރާއްޖެ އަށް އިންވެސްޓަރުން ހޯދުމަށް ގޮންޖެހުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖުލައި 2024 | ހޮނިހިރު 13:59
ރާއްޖެޓީވީގެ ޓީވީ ޓޯކް ޝޯ ޕްރޮގްރާމްގެ ތެރެެއިން

ރާއްޖެޓީވީގެ ޓީވީ ޓޯކް ޝޯ ޕްރޮގްރާމްގެ ތެރެެއިން

ސަރުކާރުގެ ބަސްމަގު ހުރީ މާލީ ހާލަތު ރަނގަޅުކުރާ ކަހަލަ ގޮތަކަށް ނޫންކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޝޯގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރަށް މި ސަރުކާރަށް ވުރެ މާ ބޮޑަށް އިޤްތިޞާދީ ގޮންޖެހުންތަކާއި ދިމާވި ކަމަށެވެ. ކޮވިޑް-19އިގެ އާލަމީ ވަބާގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމަ ފަދަ ސަބަބުތައް މެދުވެރިވުމުން އިގްތިޞާދަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮންޖެހުންތައް ދިމާވި ނަމަވެސް ސަރުކާރުން ވިސްނުން ބެހެއްޓީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް އަމީރު ވިދާޅުވިއެވެ. ކަންކަން ނުވާނެ ކަމަށް ދެކުމުގެ ބަދަލުގައި ކުރެވެން ހުރި ކަންކަން ކޮށް ޚަރަދު މެނޭޖްކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކަމަށް އަމީރު ވިދާޅުވިއެވެ. އޭރު ސަރުކާރުން މާލީ ކަންކަން މެނޭޖްކުރީ މިހާރަށް ވުރެ މާ ދަތީގައި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އޭރު ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ތައުރީފްކުރައްވާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ މި ސަރުކާރުން ކަންކަމުގައި ޒިންމާ ނުނަގާކަަމށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޒިންމާދާރު މަޤާމުތަކުގައި ތިބި މީހުން މިހާރު މަސައްކަތް ކުރަންވާނީ ރާއްޖެ އަށް އިންވެސްޓަރުން ހޯދުމަށާއި، ރާއްޖެ އަށް ބޭނުންވާ މާލީ އެހެނިހެން ކަންކަން ފުރިހަމަކުރުމަށް މަގުފަހިވާނެ ގޮތަކަށް ކަމަށް އަމީރު ވިދާޅުވިއެެވެ. މިހާރު ސަރުކާރުން ޢަމަލުކުރާ ގޮތުން ރާއްޖެ އަށް އިންވެސްޓަރުން ހޯދުމަށް ގޮންޖެހުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރާއްޖޭގެ މާލީ ހާލަތު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2024

ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި

15 ޑިސެމްބަރު 2024
ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި
08 ޑިސެމްބަރު 2024

2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ބޮޑު އިތުރުފުޅެއް ހައްދަވައިފި

08 ޑިސެމްބަރު 2024
2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ބޮޑު އިތުރުފުޅެއް ހައްދަވައިފި
03 ނޮވެމްބަރު 2024

ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް - އަމީރު

03 ނޮވެމްބަރު 2024
ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް - އަމީރު
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
25 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު