Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ޒިންމާ ނު އުފުލުން

"އަހަރެއް ވެގެންދާ އިރު ކުރީ ސަރުކާރުން ނުނެއްޓުނު ބަޔަކު ދެން އެ ވާހަކައިން ވެރިކަން ނިމެންދެން ވެސް ނު ނެއްޓޭނެ "

21 އޮކްޓޯބަރު 2024 | ހޯމަ 04:42

މާލީ ކަންކަން މެނޭޖްކުރުމުގެ ޤާބިލްކަން މި ސަރުކާރުގެ ކިބައިން ނު ފެންނަކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޮކްޓޯބަރު 2024 | ހޯމަ 04:42
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ

އަހަރެއް ވެގެންދާ އިރު ކުރީ ސަރުކާރުން ނުނެއްޓުނު ބަޔަކު ދެން އެ ވާހަކައިން ވެރިކަން ނިމެންދެން ވެސް ނު ނެއްޓޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.

ޑީޑީ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ދައުރު ނިމިގެންދާ އިރުވެސް އެއްވެސް މަޝްރޫޢު އެއް ކުރީ ސަރުކާރުގެ ބޮލުގައި ޒިންމާތަކެއް، އިލްޒާމްތަކެއް ނާޅުވާ ކުރިއަށް ގެންދެވޭނެ ކަަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަހަރެއްވެގެން ދާއިރު ސަރުކާރާއި މެދު ސަރުކާރަށް އެއްވެސް ޒިންމާ އެއް ނުނެގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލީ ކަންކަން މެނޭޖްކުރުމުގެ ޤާބިލްކަން މި ސަރުކާރުގެ ކިބައިން ނު ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ސަރުކާރަށް ފާޑުކިޔަން އަވަސް ކަމަށް ސަރުކާރަށް ތާއީދުކުރާ މީހުން ފާހަގަކުރާތީ އެކަމަށް ވެސް ޑީޑީ ވަނީ ފާޑު ވިދާޅުވެފައެވެ. މާލީ ހިސާބުތައް ހާމަ ނުކޮށް ސަރުކާރުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ސަރުކާރުގެ އެއްވެސް އިޚުލާސްތެރިކަމެއް ހުރި މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޗާގޮސް އާއި މެދު ސަރުކާރުން ދެއްކި ވާހަކަތަކާއި އިންޑިއާ އައުޓް ފަދަ ވާހަކަތަކަށް ބެލިޔަސް ފެންނަނީ ރައްޔިތުންނަށް އޮޅުވާލުމާއި ހީލަތްތެރިކަމުގެ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެެވެ. ބަޖެޓް ހުސްވެގެންދާ ކަމަށް ބުނާ އިރު ސަރުކާރަށް އިތުރު އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވުނުތަނުގައި ކުރިން ހިނގަމުން އައި ޕްރޮޖެކްޓްތައް ވެސް ސަރުކާރަށް ކުރިއަށް ނުގެންދެވޭ ކަމަށް ޑީޑީ ވަނީ ވިދާޅުވެފައެވެ. އެކަމާއި ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަ މިނުން ކުރީ ސަރުކާރުން ދިން ގޯއްޗާއި ފްލެޓްވެސް ނުދީ ހިފަހައްޓާ އާއްމު ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ސަރުކާރުން ވަނީ ކުރިމަތިކުރުވާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ހާލަތުއެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާޙިމް ދީދީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ

17 ޑިސެމްބަރު 2024
މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ
17 ޑިސެމްބަރު 2024

ސިޔާސީ ޕާޓީއެއްގެ ދެތިން މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށްފައި އޮތީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އިއާދަކުރަން - ޑީޑީ

17 ޑިސެމްބަރު 2024
ސިޔާސީ ޕާޓީއެއްގެ ދެތިން މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށްފައި އޮތީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އިއާދަކުރަން - ޑީޑީ
15 ޑިސެމްބަރު 2024

ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި

15 ޑިސެމްބަރު 2024
ނޮވެމްބަރުގެ ނިޔަލަށް 31.9 ބިލިޔަން ލިބުނު އިރު 43 ބިލިއަން ޚަރަދު ކޮށްފި
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
25 އޮކްޓޯބަރު 2024

"މިއީ ގަރުދިޔަ ސަރުކާރެއް، ފެންފޮދަކާއި ނުލާ މި އަހަރުގެ ބަޖެޓް ސަރުކާރުން ވަނީ ދިރުވާލާފައި"

25 އޮކްޓޯބަރު 2024
"މިއީ ގަރުދިޔަ ސަރުކާރެއް، ފެންފޮދަކާއި ނުލާ މި އަހަރުގެ ބަޖެޓް ސަރުކާރުން ވަނީ ދިރުވާލާފައި"
25 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް
24 އޮކްޓޯބަރު 2024

މާލީ ހާލަތު ދަށް ކަމަށްބުނެ، ނިކަމެތި ކުރަނީ ރައްޔިތުން

24 އޮކްޓޯބަރު 2024
މާލީ ހާލަތު ދަށް ކަމަށްބުނެ، ނިކަމެތި ކުރަނީ ރައްޔިތުން
22 އޮކްޓޯބަރު 2024

ސިޔާސީ މަޤާމުތަކުން ވަކި ކުރާ މީހުން ލަނީ އެސްއޯއީތަކަށް، މިއީ ލިޔެކިޔުމުން ސިޔާސީ މީހުން މަދުކުރަން ކުރާ ކަމެއް - ދީދީ

22 އޮކްޓޯބަރު 2024
ސިޔާސީ މަޤާމުތަކުން ވަކި ކުރާ މީހުން ލަނީ އެސްއޯއީތަކަށް، މިއީ ލިޔެކިޔުމުން ސިޔާސީ މީހުން މަދުކުރަން ކުރާ ކަމެއް - ދީދީ
22 އޮކްޓޯބަރު 2024

"ސަރުކާރުގެ ފައިނޭންސް ސްޓްރެޓެޖީ ފެއިލްވެއްޖެ، ދުނިޔޭގަ ސިޓީ ހިފައިގެން ހިނގައިގެން ވެސް އެހީ އެއް ނުލިބުނު"

22 އޮކްޓޯބަރު 2024
"ސަރުކާރުގެ ފައިނޭންސް ސްޓްރެޓެޖީ ފެއިލްވެއްޖެ، ދުނިޔޭގަ ސިޓީ ހިފައިގެން ހިނގައިގެން ވެސް އެހީ އެއް ނުލިބުނު"
20 އޮކްޓޯބަރު 2024

ދޮގެއްވާ ނޫން، އަރަންޏާ ހަވާލުވަންޏާ، ދަރަންޏާ ވެސް ހަވާލުވާން ވާނެ!

20 އޮކްޓޯބަރު 2024
ދޮގެއްވާ ނޫން، އަރަންޏާ ހަވާލުވަންޏާ، ދަރަންޏާ ވެސް ހަވާލުވާން ވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް