Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު އިތުރުފުޅު ހެއްދެވުން

2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ބޮޑު އިތުރުފުޅެއް ހައްދަވައިފި

މުއިއްޒު ވިދާޅުވީ ބަޖެޓް ފާސްކޮށްފައި އޮތީ ޓްރާންސިޝަނަލް ޕީރިއަޑްގައި ހުށަހެޅިކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް ކަމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 11:19
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަައްމަދު މުއިއްޒު (ފައިލް ފޮޓޯ)

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަައްމަދު މުއިއްޒު (ފައިލް ފޮޓޯ)

2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބޮޑު އިތުރުފުޅެއް ހައްދަވައިފިއެވެ.

ރައީސް މުއިއްޒު އއ. އަތޮޅަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އާދިއްތަ ދުވަހު އއ. ތޮއްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ހަގީގަތް އޮޅޭގޮތަށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

އެގޮތުން އެމަނިކުފާނު ވިދާޅުވީ، 2024 ވަނަ އަހަރު ކަންކަން ނުކުރެވި ދިއައީ، ތަންފީޒުކުރަން ޖެހުނީ މި ސަރުކާރުން ފާސްކޮށް ނިންމި ބަޖެޓަކަށް ނުވާތީ ކަމަށެވެ.

"ސަރުކާރުން ފާސްކޮށް ނިންމި ބަޖެޓެއް ނޫން ތަންފީޒުކޮށް ނިންމަން މިޖެހުނީ. މިއަހަރު މިމަހާ އެކީގައި ވެސް މިދިއަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ، މިދިއަ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ހުށަހަޅައިގެން އޭރު އަޅުގަނޑުމެން ޓްރާންސިޝަނަލް ޕީރިއަޑްގައި ހުށަހެޅިކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް ފާސްކޮށްފައި އޮތް ބަޖެޓެއް. އެއްވެސް ވަރަކަށް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް. އެ ހަގީގަތް ބަދަލެއް ނުވޭ، ޕީއެންސީއަށް މެޖޯރިޓީ އޮތް މަޖިލީހެއް ހޮވި ނަމަވެސް ބަޖެޓުގެ މަރުހަލާ މިނިމެނީ މިއަހަރުގެ ނިޔަލަށް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މިވާހަކަފުޅުތައް ދޮގު ކުރައްވާ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، "ތިއީ ކަނޑައެޅިގެން ދޮގެއް" ކަަމަށެވެ. އަމީރު ވިދާޅުވީ، ޓްރާންސިޝަން މުއްދަތުގައި ހުށަހެޅުނު ސަޕްލެމެންޓަރީ ބަޖެޓް ވެސް އަދި 2024 ވަނަ އަހަރުގެ ބަޖެޓް ވެސް ހުށަހެޅީ ޓްރާންސިޝަން ކޮމިޓީގެ މަޝްވަރާއެކު ކަމަށެވެ.

"2024 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓްގައި ތި ބޭފުޅުން ފޮނުވި ލިސްޓް އޮތް ގޮތަށް ބަޖެޓްގައި ހިމެނިފައިވާނެ. އެހެން ނޫނަސް ބަޖެޓު އޮތް ގޮތުން ކަންތައް ނުވިޔޭ، ވިދާޅުވާއިރު މި ހާލަތަށް އައީވެސް ސީދާ ބަޖެޓްގައި ނުވެސް ހިމެނޭ އާ ކަންތައްތަކެއް ކުރުމުގެ ސަބަބުން. ބަޖެޓް ޕްލޭނާއި އެއްގޮތަށް ގެންދިޔަ ނަމަ އިޤްތިސާދީ ހަރަކާތްތައް ނުހުއްޓި ކުރިޔަށް ދާނެ. އަމިއްލަ ފަރުދުންނާއި ކުންފުނިތައް ބަނގުރޫޓް ނުވީސް" ރައީސް މުއިއްޒުގެ ވާހަކަފުޅުތަކަށް ރައްދުދެއްވާ އަމީރު އެކްސްގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ބަޖެޓްގައި ނުހިމަނާ ރައީސް މުއިއްޒު ސަރުކާރުން ކުރި ބައެއް ކަންކަން ފާހަގަ ކުރައްވާ އަމީރު ވަނީ މި ކަންތައްތަކަކީ ބަޖެޓްގެ ކޮންތާކު ހިމަނައިގެން ކުރެއްވި ކަންތައްތަކެއްތޯ ސުވާލުކުރައްވާފައެވެ. އެގޮތުން ފުށިދިއްގަރު ފަޅު ހިއްކަން އެތައް ސަތޭކަ މިލިއަން ޚަރަދުކުރި ކަމަށާއި، 37 މިލިއަން ޑޮލަރު ހޭދަކޮށްގެން ތުރުކީން ގެނައި ޑްރޯންގެ ވާހަކަ ފާހަގަކުރައްވާ ފައިވެއެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ހަމައެކަނި މުސާރަޔަށް 1.425 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"މީގެ އިތުރުންވެސް އެބަހުރި ބަޖެޓްގައި ނުހިމެނޭ އެތައްކަމެއް ކޮށްފައި. ދެން ރަށްރަށުގައި ޕްރޮޖެކްޓް ނުހިނގާތީ ސުވާލުކުރީމަ ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔުން ހުއްޓަން ވެއްޖެއެއްނު! ރައްޔިތަކަށް ކަމެއްކޮށްދޭންވީމަ ކުރީ ސަރުކާރު ބަޖެޓާއި ހެދި ކަމެއް ނުވޭ. އެކަމަކު ކޮށްފަ ހުރީ ބަޖެޓްގައި ނުވެސް ނެތް ކަންތައްތައް. އޭގެއިން އަރައިނުގަނެވިގެން މިހާރު މި އުޅެންޖެހެނީ! ތިބޭފުޅުންނަށް މިއަހަރު ނުވި ކަމެއް ކުރިޔަށް އޮތް 4 އަހަރުވެސް ނުވާނެ. ސަރުކާރު ބަދަލުވެ އާ ބޭފުޅަކު ބަޖެޓް ހުށަހެޅީމަ ޕްރޮޖެކްޓްތައް ކުއްލިޔަކަށް ހިނގަން ނުފަށާނެ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކަންތައްތައް ކުރާނެ ވިސްނުމެއްވެސް، ޤާބިލްކަމެއްވެސް އަދި އެ އިޚްލާސްތެރިކަމެއްވެސް މި ސަރުކާރުގައި ނެތް ކަމަށެވެ.

ތޮއްޑޫގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ވިސްނުމުގަައި އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ބަޖެޓަކީ ރައްޔިތުންނަށް ކަންތައް ކޮށްދެވޭގޮތަށް އަންނަ އަހަރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށެވެ.

2025 ވާނީ ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު2024 ވަނަ އަހަރުގެ ބަޖެޓްސަޕްލިމެންޓްރީ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު