Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުމާމްގެ މަރުގެ ޙުކުމް

ދައުލަތުގެ ކުރީގެ އިސްވެރިޔަކު ހުމާމު ޖަލު ގޮޅިން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރި:ޜައީސް ޔާމީން

މަރަށް މަރު ހިފުން ތަންޒީފުކުރުން ސެޕްޓެމްބަރު މަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 އޯގަސްޓު 2017 | އާދީއްތަ 11:44
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަަލައިގައި މަރަށް ހުކުމް ކޮށްފައިވާ ހުސައިން ހުމާމްއާ، އޭރުގެ ދައުލަތުގެ އިސްވެރިޔަކު ބައްދަލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް މެންބަރުންތަކެއް ސޮއިކުރުމަށް، ސްޓެލްކޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި މަރުގެ ހުކުމް ތަންޒީފުކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ގާއިމު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހިސާބަށް ދާންވާ އިރަށް މަރުގެ ހުކުމް ތަންޒީފުކުރެވޭ ގޮތަށް ނިންމާ އިސްލާމިކް ކައުންސިލިން އެއް ގާއިމްކޮށް، ވާރިސުންގެ ބަހާއެކު އެކަން ކުރަންޖެހޭ ހާލަތަށް ގޮސްފި ނަމަ، މަރަށް މަރު ހިފޭނޭ ވަރަށް ހުރިހާ އިންތިޒާމުތަކެއް ތައްޔާރުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި ހުމާމު ހައްޔަރުކޮށްފައިވާ އިރު އޭނާ އާއި ސިއްރުން ދައުލަތުގެ އޭރުގެ އިސް ފަރާތަކުން ބައްދަލުކޮށްފައިވާ ކަމަށެެވެ. ހުމާމާއެކު ދައުލަތުގެ އިސްފަރާތުން ބައްދަލުކޮށްފައިވަނީ ރިސޯޓެއްގައި ކަމަށްވާއިރު، އެކަމަށް ޖަލުގެ ސެކިއުރިޓީ ގާޑަކު ބަޔާންދީފައިވާ ކަމަށެވެ.

މި މައްސަލައިގައި އިތުރު ސެކިއުރިޓީ ގާޑެއްގެ ހެކިބަސް ނަގާ، ހުމާމާ ބައްދަލުކުރި ދައުލަތުގެ އިސްފަރާތާ ސުވާލު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަފްރާޝީމްގެ މަރުގެ މައްސަލައިގައިވެސް އަޅުގަނޑަށް މިހާރު ލިބިިގެން އުޅޭ މައުލޫމާތަކީ މި މައުލޫމާތަކަށް ހެކިދޭ، ނުވަތަ ދަލީލު ދޭ ކަންތައްތައްވެސް އެބަހުރި. ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު ވަރަށް އިސް ބޭފުޅަކު، ހުމާމު ޖަލުގައި ހުއްޓައި ޖަލުން ބޭރަށް ނެރެގެން، ރިސޯޓެއްގައި އޭނާއާ ބައްދަލުކުރި. އޭނާއާ ބައްދަލުކުރި ހުރިހާ މައުލޫމާތެއް އެ ރިސޯޓުގައި އެވަގުތު ތިބި މާފުށީ ޖަލުގެ ދެގާޑުން ހެކިބަސްދީފައި އެބަ ހުރި. ސްޓޭޓްމެންޓެއްވެސް ފުލުހުން ވަނީ ނަގާފަ. އެކަކު އެބަ އޮތް ބަޔާނެއް ދީފަ. އަޅުގަނޑު ބަލަން އެބަޖެހޭ، ކީއްވެގެންތޯ ޖަލުގައި ގާއިދީއަކު ހުއްޓާ ގަވައިދާ ހިލާފަށް އޭނާއާ ބައްދަލުކުރެއްވީ. އެ ބެލީމަ އެނގޭނީ ހަގީގަތުގައި އަފްރާޝިމް މަރާލަން ޝައުގުވެރިކަން ހުރީ ކޮން ބައެއްތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ހުސައިން ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2012 ވަނަ އެެވެ. ދަށުކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

ރައީސް ވިދާޅުވީ، މިއީ ކުރިން ރައްޔިތުންނަށް އެނގޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ ހަމަތަކުގެ ތެރެއިން، ކަންކަން ތަންޒީފުކުރުމަށް ކަމަށާއި، މިކުރަމުންދަނީ އެ މަސައްކަތް ކަމަށެެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު