Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޚްލޫފްގެ އިސްތިޢުނާފު

މަޚްލޫފްގެ އިސްތިޢުނާފުގެ މައްސަލަ ހައިކޯޓުގައި އަނެއްކާވެސް ތާވަލް ކޮށްފި

ތާވަލް ކޮށްފައިވަނީ ތަންފީޒުކޮށް ނިމިފައިވާ ޙުކުމުގެ މައްސަލަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 މެއި 2017 | ބުރާސްފަތި 01:40
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފުގެ މައްޗަށް ކޮށްފައިވާ ޖަލުޙުކުމުގެ ތެރެއިން، ތަންފީޒުކޮށް ނިމިފައިވާ ހަ މަސްދުވަހުގެ ޖަލު ޙުކުމުގެ އިސްތިޢުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާއިރު، މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ. ހައިކޯޓުގައި މަޚްލޫފު އިސްތިއުނާފް ކޮށްފައިވާ މި މައްސަލައަކީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވަނީ ހަ މަސްދުވަހުގެ އެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމިތާ 2 މަސްފަހުންނެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަޚްލޫފްގެ މައްޗަށް ސާބިތުކޮށްފައިވަނީ، ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަކަށް ވަތް ކަމަށްބުނެ، އެންމެ މީހަކު ދީފައިވާ ހެކިބަހަށް ބަލައިގެން ކަން ފާހަގަކޮށް، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މަޚްލޫފުގެ ވަކީލް ވަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ ކިތައް މީހުންގެ ހެކި ބަހުންކަން ގާނޫނުގައި ކަނޑައަޅާފައި ނެތް ނަމަވެސް މީހެއްގެ މައްޗަށް ކަމެއް ސާބިތުކުރުމަށް ދެ ހެކިން ބޭނުންވާކަން ރަސޫލާގެ ސުންނަތުން ސާބިތުވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ މިއާއިއެކު، މިފަދަ ގޮތަކަށް، އެންމެ މީހެއްގެ ހެކިބަހަށް ބުރަވެ، މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް މީގެ ކުރިން ދަށު ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއްގެ ލިޔެކިޔުންވެސް މަޚްލޫފުގެ ވަކީލް ވަނީ ހައިކޯޓަށް ހުށަހަޅުއްވާފައެވެ.

ދަށު ކޯޓުގައި މަހްލޫފުގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާއިރު، އިސްތިއުނާފު މަރުހަލާގައި އެ ހެކިންގެ ހެކިބަސް ނެގުމަށްވެސް މަޚްލޫފްގެ ފަރާތުން ވަނީ އިސްތިއުނާފުގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި މަސައްލައިގައި މަހްލޫފުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިޢުނާފު މަޖިލީހުންވެސް ދަމަހައްޓައިދޭން ދައުލަތުގެ ވަކީލް ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް މަޚްލޫފް ކޯޓުގައި އެދިވަޑައިގެންފައިވާއިރު، މަޚްލޫފް މިހާރު ގެންދަވަނީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަސްދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މިހާރު ތަންފީޒުކުރަމުންދާ ޙުކުމް ނިމި، އަންނަ ޖޫން މަހު މަހްލޫފް މިނިވަން ވާނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު