Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިޕީ ލައުންޖުން ޚިދުމަތްދިނުން

މަޖިލިސް މެންބަރުންނާއެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވީއައިޕީ ލައުންޖުން ޚިދުމަތް ދޭން ކޮމެޓީން ފާސްކުރުމަށްފަހު އަނެއްކާ ވެސް އެ އުސޫލު ބޭރުކޮށްލައިފި

17 ޖުލައި 2024 | ބުދަ 17:25

އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ފާސްކުރީ ސަރުކާރުގެ މެންބަރުންގެ އަގުލަބިއްޔަތުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2024 | ބުދަ 17:25
20 ވަނަ މަޖިލީހުގެ މެމްބަރުން

20 ވަނަ މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ޚިދުމަތްދޭން ކޮމެޓީން ފާސްކުރުމަށްފަހު އަނެއްކާ ވެސް އެ އުސޫލު ބޭރުކޮށްލައިފިއެވެ.

މަޖިލިސް މެންބަރުންނަށް ވީއައިޕީ ލައުންޖުން ޚިދުމަތްދޭ އުސޫލަށް ބަދަލު ގެންނަން ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. ބުދަ ދުވަހު މެންދުރު ބޭއްވި މަޖިލީހުގެ 7 ވަނަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ ސަރުކާރު މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަކަށް ވީއައިޕީ ލައުންޖުން ޚިދުމަތްދޭ ގޮތަށެވެ.

Advertisement - newsAdvertisement

މި ނިންމުމާ ގުޅޭގޮތުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ވީއައިޕީ ލައުންޖު ބޭނުންކުރުމާ ގުޅޭގޮތުން 19 ވަނަ މަޖިލީހުން ފާސް ކޮށްފައި އޮތް އުސޫލު އޮތީ ޕާކުކޮށްފައި ކަމަށާއި، އެއުސޫލު ބޭރުކޮށްލުމަށްފަހު 18 ވަނަ މަޖިލީހުގައި އަމަލުކުރަމުން އައި އުސޫލަށް އަމަލުކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ބުދަ ދުވަހުގެ ރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި އުސޫލު ވަނީ ބޭރުކޮށްލާފައެވެ. މި ބައްދަލުވުމުގައި މި ނިންމި ނިންމުން މުރާޖައާކޮށް މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި އެ ޚިދުމަތް ލިބޭގޮތަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަކަށް ވީއައިޕީ ލައުންޖުން ޚިދުމަތްދޭ ގޮތަށް ފުރަތަމަ ފާސްކުރުމާއި ގުޅިގެން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ މިނިންމުން ނިންމުމުގައި އެމްޑީޕީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، މިނިންމުން ނިންމާފައިވަނީ އެމްޑީޕީގެ ތާއީދާއި ވޯޓާ ނުލައި ކަމަށެވެ. މިއީ ކުރަންހެޔޮވާވަރުގެ ކަމެއްނޫންކަން ފާހަގަކޮށްފައިވާ ކަމަށް މެންބަރު ފައިސަލް ވިދާޅުވިއެވެ.

މިއުސޫލަކީ މީގެ ކުރިން ވެސް އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އުސޫލެކެވެ.

އެގޮތުން 19 ވަނަ މަޖިލީހުން 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މަޖިލިސް މެންބަރުންގެ އިތުރުން އެ މެންބަރެއްގެ އާއިލާއަށް ލިބޭ ލައުންޖު ޚިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ޚިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުމާ ގުޅިގެން އެ އުސޫލަށް އަމަލުކުރުން ފަސްކޮށް، އުސޫލު އަލުން މުރާޖައާކުރަން ނިންމިއެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި 18 ވަނަ މަޖިލީހުން ވެސް ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރައްވައި، ބިލަށް ބޮޑު ހޭދައެއް ކޮށްފައިވެއެވެ.

މީގެކުރިން ވެސް މެންބަރުންގެ އިތުރުން އެބޭފުޅެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް ލިބެއެވެ. އަދި މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ޚިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
13 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި

13 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް