Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދުގެ ކޮޅުނބު ދަތުރު

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި

ދިގު މުއްދަތަކަށް ފަހު ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެން މުހިންމު ނިންމުންތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 09:44
ރައީސް ނަޝީދުގެ ލަންކާ ދަތުރުފުޅުގައި އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންހެން ބައިވެރިވެވަޑައިގެންނެވި

ރައީސް ނަޝީދުގެ ލަންކާ ދަތުރުފުޅުގައި އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންހެން ބައިވެރިވެވަޑައިގެންނެވި

ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ހޯމަ ދުވަހުގެ ހެނދުނު އިނގިރޭސީވިލާތަށް ފުރާވަޑައިގަންނަވައިފި އެވެ.

އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ޖެނުއަރީގައި ބޭސްފަރުވާ އަށް ރާއްޖެ ދޫކުރައްވައި އިނގިރޭސީވިލާތަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ވެސް އެމަނިކުފާނު ލަންކާ އަށް ވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ލަންކާ ދަތުރުފުޅުގެ އުސްއަލިތައް

  • ދެ އަހަރެއްހާ ދުވަސް ފަހުން ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުން

ލަންކާގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު

ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، 2015 ވަނަ އަހަރުގެ މާޗް މަހު އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ލަންކާ ގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އިޚްތިޔާރު ކުރާ ކެނޑިޑޭޓަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދީފި ނަމަ އެމްޑީޕީން އިންތިހާބުގައި ވާދަނުކުރުމަށް ވަނީ ނިންމާފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ބޭނުންވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިޚްތިޔާރު ކުރާ ކެނޑިޑޭޓަށް ފުރުސަތު ނުދީފި ނަމަ، ތާއީދު ކުރައްވާނީ އެހެން ކެނޑިޑޭޓަކަށް ކަމަށެވެ. އަދި އެ ކެނޑިޑޭޓަކީ އެމްޑީޕީން ނެރޭ ކެނޑިޑޭޓަކަށް ވުމަށް މެންބަރުން ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

  • ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން

ލަންކާގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ރައީސް ނަޝީދާ ބައްދަލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާ އަށް ގޮސްފައި ވެއެވެ. މިމަހުގެ 2 ވަނަ ދުވަހު ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި އިންތިހާބުގައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތްްކަން މިހާރު ރައީސް ޔާމީނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ރައީސް ޔާމީން ކަންކަން ކުރައްވަނީ ރައްޔިތުންގެ ތާއީދުނެތް ކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ފުރައިގެން ދިޔައީ މާފުށީ ޖަލުން. އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފި ނަމަ ހަމަ ދާން ވެސް އޮތީ މާފުށީ ޖަލު. ޖަލަށް ދާން ޖެހުނު ކަމުގައި ވިއަސް އަޅުގަނޑު ރާއްޖެ ދާންވީ ވަގުތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،"
  • ހުކުމް އިއްވި ފަހުން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން

ބޭރުގެ ނޫސްވެރިންތަކަކާއެކު ރައީސް ނަޝީދު

މިމަހުގެ 9 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަލު ހުކުމް އިއްވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންގެބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ. ހިލްޓަން ހޮޓަލުގެ ދަ ބްލޫ މާލަމުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ނޫސްވެރިންގެ ގިނަ އަދަދެއްގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވީ، 2018 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށެވެ. އެކަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ 2018 ގައި އިންތިހާބެއް ކަށަވަރުކުރުމަކީ މިވަގުތަށް އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ، އެ އިންތިޚާބެއްގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އެމަނިކުފާނާ ވާދަކުރައްވަން ކެރިވަޑައިނުގަތުމާއި، ރައްޔިތުންގެ ތާއީދު ނެތުމަކީ ރައީސް ޔާމީން ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ގޮންޖައްސަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައިގެންފިނަމަ ސާދާ ގޮތަކަށް ބޮޑު ތަނުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

"ބަޔަކު މީހުން އަޅުގަނޑަށް ތާއީދު ކުރުމަކީ އަޅުގަނޑުގެ ކުށެއް ނޫން، ވަރަށް ދެރަ ކަމެއް، ރައީސް ޔާމީނަށް ބޭފުޅުން ތާއީދު ނުކުރައްވާތީވެ، އެ ބޭފުޅާގެ އަމިއްލަ ޕާޓީން ވެސް އެކަން ނުވާތީވެ . ދެން އަޅުގަނޑު ވަރަށް ދެރަވާ މައްސަލައެއް މިއީ، އަޅުގަނޑުގެ ކުށެއް ނޫން،"
  • ލަންކާގައި ރައީސާއި ބޮޑުވަޒީރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން

ލަންކާގެ ރައީސާއެކު ރައީސް ނަޝީދު

ރައީސް ނަޝީދުގެ ލަންކާ ދަތުރުފުޅުގައި ވަނީ އެގައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާއާ ހޮނިހިރު ދުވަހު ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން ރައީސް ނަޝީދާއި ސްރީ ލަންކާގެ ސަރުކާރުން ވެސް އެއްވެސް މައުލޫމާތެއް މީޑިއާ ހާމަކޮށްފައެއް ނުވެ އެވެ. ރައީސް ސިރިސެނާއާ ބައްދަލުކުރެއްވުމުގެ އިތުރުން ރައީސް ނަޝީދު ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އާދިއްތަ ދުވަހު ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން ވެސް އަދި މިހާތަނަށް މީޑިއާ އަށް މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ.

ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ އިތުރުން ރައީސް ނަޝީދު ވަނީ ލަންކާގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުންތަކުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އިތުރުން އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަފީރުންނާ މައުލޫމާތު ހިއްސާ ކުރައްވާފައިވެ އެވެ.

  • ޖެނުއަރީ، 29: ރައީސް ނަޝީދު ލަންކާ އަށް ވަޑައިގަތުން
  • ޖެނުއަރީ، 30: އެމްޑިޕީގެ އިސް ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލު ކުރެއްވުން
  • ފެބްރުއަރީ، 1: އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުން
  • ފެބްރުއަރީ، 2: އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 2: ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 9: ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 10: އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވޯޓް ދެއްވުން
  • ފެބްރުއަރީ، 11: ލަންކާގެ ރައީސާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 12: ލަންކާގެ ބޮޑުވަޒީރާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 13: ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންނެވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު