Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ

ގާޑިއޯލާ ބޭނުންނަމަ އިނގިރޭސި ކޯޗުކަން ދޭނީ އޭނާ އަށް

17 ޖުލައި 2024 | ބުދަ 14:36

ގާޑިއޯލާ ކޯޗުކަން ބޭނުންވާނަމަ މިވަގުތަށް ހޯދާނީ ވަގުތީ ކޯޗެއް

ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 14:36
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދޭ ޕެޕް ގާޑިއޯލާ އަށް އިނގިރޭސި ކޯޗުކަން ދިިނުމުގެ މަސައްކަތް އެފްއޭއިން ފަށައިފި އެވެ.

އިނގިރޭސި އެފްއޭއިން މިވަގުތު މަސައްކަތް ކުރަމުންދަނީ މި މަގާމަށް ގާޑިއޯލާ ޝައުގުވެރިވޭތޯ ޔަގީން ކުރަމުންނެވެ. އިނގިރޭސި ކޯޗުކަން އޭނާ ބޭނުންވާނަމަ އިނގިރޭސިން މިވަގުތަށް އައްޔަންކުރާނީ ވަގުތީ ކޯޗެކެވެ. ސަބަބަކީ ގާޑިއޯލާ މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025ގެ މެދުތެރޭގައި ކަމަށްވުމެވެ.

ގާޑިއޯލާ މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނަށް ފަހު މެންޗެސްޓާ ސިޓީގެ އެގްރީމަންޓް އާކުރުމަށް އޭނާ އަދި ނުވިސްނަ އެވެ. މީގެ ކުރިން އޭނާ ބުނަމުން އައީ ކެރިއަރުގައި ދެން އޮތީ ގައުމީ ޓީމަކާ ހަވާލުވުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އަބޫދާބީގެ މުއްސަނދިން ހިންގާ ސިޓީން ގާޑިއޯލާ ވަކިކުރުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށްނުވާނެ އެވެ.

ސްޕޭނުގެ ބާސެލޯނާ އަށް ކުޅެ އެކުލަބުގެ ކެޕްޓަންކަންކުރި ގާޑިއޯލާ ކޯޗުކަން ފެށީ ވެސް ބާސެލޯނާއިންނެވެ. ކާމިޔާބު ހަތަރު އަހަރަށް ފަހު ދެން އޭނާ ފެނިގެންދިޔައީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެއަށްފަހު މެންޗެސްޓާ ސިޓީއަށް 2015 ވަނަ އަހަރުން ފެށިގެން ކޯޗުކޮށްދީ މިހާތަނަށް އޭނާ ވަނީ 25 ތަށި ހާސިލްކޮށްފަ އެވެ.

ނަމަވެސް އިނގިރޭސިންނަށް އޮތް ބިރަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ކޯޗު އޭނާގެ ގައުމު ސްޕޭނުގެ ގައުމީ ޓީމާ ހަވާލުވެދާނެ ކަމުގެ ބިރެވެ. ސްޕޭނުގެ ކޯޗުކަމުގައި މިހާރު ހުރި ލުއިސް ޑެލަ ފުއެންޓޭ އަށް ފަހު ސްޕޭނުގެ ކޯޗުކަން ކުރަން ގާޑިއޯލާ ވެސް ޝައުގުވެރިވުމަކީ ވުން ވަރަށް ގާތްކަމެކެވެ.

އިނގިރޭސިން ކޯޗަކު ހޯދަން ފެށީ ޖެހިޖެހިގެން ދެ ޔޫރޯ ފައިނަލް ކުޅެ ބަލިވުމުން މީގެ ތިން ދުވަސް ކުރިން ގެރެތް ސައުތު ގޭޓް މަގާމުން ވަކިވުމުންނެވެ. އިނގިރޭސި ކޯޗުކަމަށް ގާޑިއޯލާ ނުގެނެވޭނަމަ އެ މަގާމު ދިނުން އެކަށީގެންވާ އެހެން ކޯޗުންތަކެއް ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް އާއި ޗެލްސީ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އާއި ޗެލްސީގައި ހުސްވި ސީޒަނުގައި ހުރި ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އާއި އިނގިރޭސި ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑާއި ޗެލްސީގެ ކުރީގެ ކޯޗު ގްރެހަމް ޕޮޓާ އާއި ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ އަދި އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކްލާސީ ހިމެނެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
23 އެޕްރީލު 2017

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް