Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގްލެންޑުގެ ޤައުމީ ޓީމު

ހިތްދަތިކަން ފިލުވާލައި، އިންގްލެންޑަށް އުފާވެރިކަން ގެނެސް ދިނީ ސައުތުގޭޓް: ބޮޑު ވަޒީރު ސްޓާމާ

އެތައް އަހަރުތަކެއް ވަންދެން އިންގްލެންޑުން ކުރަމުން އައި ހިތާމަތައް އެއްފަރާތްކޮށް، އުންމީދެއް ގެނެސްދިން ދުވަސްތަކެއްގެ ގޮތުގައި އެ ދުވަސްތައް ވާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 04:45
އިންގްލެންޑުގެ ކޯޗަކަށް ހުރި ސައުތުގޭޓް އަދި ބޮޑު ވަޒީރު ސްޓާމާ

އިންގްލެންޑުގެ ކޯޗަކަށް ހުރި ސައުތުގޭޓް އަދި ބޮޑު ވަޒީރު ސްޓާމާ

ފުޓުބޯޅައިގައި އިންގްލެންޑަށް ކުރިމަތިވެފައި އޮތް ހިތްދަތިކަން ފިލުވާލައި، އުންމީދާއި އުފާވެރިކަން ގެނެސް ދިނީ ގަރެތު ސައުތުގޭޓް ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކެއި ސްޓާމާ ވިދާޅުވެެއްޖެ އެވެ.

ބޮޑު ވަޒީރު ސްޓާމާ މިފަދައިން ވިދާޅުވީ، އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން ސައުތުގޭޓް ނިންމުމާއެކު، އާންމު ކުރެއްވި ބަޔާނެއްގަ އެވެ. ކޯޗުކަމުން ވަކިވާން ސައުތުގޭޓް ނިންމީ، ޖަރުމަނުގައި ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އިންގްލެންޑު ބަލިވެފައި ވަނިކޮށެވެ.

ސްޓާމާގެ ރަަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިންގްލެންޑުގެ ކޯޗުކަމުގައި ސައުތުގޭޓް ހޭދަކޮށްފައިވާ ދުވަސްތަކަކީ އަބަދަށް ހަނދާނުގައި ހުންނާނެ ދުވަސްތަކެއް ކަމަށެވެ. އެތައް އަހަރުތަކެއް ވަންދެން އިންގްލެންޑުން ކުރަމުން އައި ހިތާމަތައް އެއްފަރާތްކޮށް، އުންމީދެއް ގެނެސްދިން ދުވަސްތަކެއްގެ ގޮތުގައި އެ ދުވަސްތައް ވާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ.

ސްޓާމާ ވަނީ އެ މުއްދަތުގައި އިންގްލެންޑުން ހޯދާފައިވާ ކާމިޔާބީތައް ޙިއްސާ ކުރައްވައިފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑުން ކުޅުނުކަން ފާހަގަ ކުރެއްވި އެވެ. އަދި، ފުރަތަމަ ފަހަރަށް ޔޫރޯ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލްގައި 2021 ވަނަ އަހަރު ކުޅުނު ކަމަށާއި، ދެ ވަނަ ފަހަރަށް ފައިނަލްގައި މިއަހަރު ކުޅެފައިވާކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ. އޭގެ އިތުރުން 2021 ވަނަ އަހަރު އިންގްލެންޑުގެ ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ޖަރުމަނު އަދި ޑެންމާކުގެ މައްޗަށް ހޯދި މޮޅަކީ އުންމީދުން ފުރިގެންވާ މެޗުތަކެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިންގްލެންޑުގެ ކޯޗުކަމުގެ ވަޒީފާގައި ސައުތުގޭޓް މަސައްކަތް ކޮށްފައި ވަނީ ވަރަށް ފުރިހަމަ އަށް ކަމަށް ސްޓާމާ ވިދާޅުވި އެވެ. ސައުތުގޭޓަކީ އިންގްލެންޑުގެ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއްގެ ގޮތުގައި ސްޓާމާ ސިފަ ކުރެއްވި އެވެ. އެގޮތުން މުޅި އިންގްލެންޑުގެ އުންމީދުތަކާއި، ހުވަފެންތައް އަމިއްލަ ކޮނޑު މަތީގައި އުފުލާފައިވާކަން ވެސް ބޮޑު ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. މުސްތަޤުބަލަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ސައުތުގޭޓްގެ ޚިދުމަތަކަށް އެންމެ ފުރިހަމަ އަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ.

އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންގްލެންޑު ވަނީ މުބާރާތެއްގެ ތަށު ހޯދުމާ ގާތަށް ވެސް ޖެހިލައިފަ އެވެ. މިއަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑަށް ކާމިޔާބުކޮށް ނުދެވިއްޖެ ނަަމަ، ކޯޗުކަމުން އިސްތިއުފާ ދޭނެ ކަހަލަ އިޝާރާތެއް ސައުތުގޭޓް އޮތީ ކުރިން ވެސް ދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި

ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި

15 ޖުލައި 2017
މެދުތެރެ ވަރުގަދަކުރަން ޓީސީ އަށް މިސްރުގެ މިޑްފިލްޑަރެއް ގެނެސްފި

މެދުތެރެ ވަރުގަދަކުރަން ޓީސީ އަށް މިސްރުގެ މިޑްފިލްޑަރެއް ގެނެސްފި

11 ޖުލައި 2017
އޮގާވާ ފޮނުވާލުމަށްފަހު، ނިއު އަށް ލުބްނާންގެ ޑިފެންޑަރެއް ގެނެސްފި

އޮގާވާ ފޮނުވާލުމަށްފަހު، ނިއު އަށް ލުބްނާންގެ ޑިފެންޑަރެއް ގެނެސްފި

05 ޖުލައި 2017
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު