Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގްލެންޑުގެ ޤައުމީ ޓީމު

އިންގްލެންޑުގެ ކޯޗުކަމުން ސައުތުގޭޓް ވަކިވެއްޖެ

އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 10:22
އިންގްލެންޑުގެ ކޯޗަކަށް ހުރި ސައުތުގޭޓް

އިންގްލެންޑުގެ ކޯޗަކަށް ހުރި ސައުތުގޭޓް

އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމުން ވަކިވާން ގަރެތު ސައުތުގޭޓް ނިންމައިފި އެވެ.

އޭނާ މިހެން ނިންމާފައި ވަނީ ދާދި ފަހުން ޖަރުމަނުގައި ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން އިންގްލެންޑު ބަލިވުމުންނެވެ. އެ މެޗަށްފަހު ވެސް ސައުތުގޭޓާ އެ ސުވާލު އަމާޒު ކުރި އެވެ. އޭރު އޭނާ ބުނެފައި ވަނީ، މުސްތަޤުބަލާ މެދު ވާހަކަ ދައްކަން މާ އަވަސް ކަމަށެވެ.

އެހެން ނަމަވެސް، ޔޫރޯ މުބާރާތަށްފަހު އެނބުރި ޤައުމަށް އައިސް، އަންގާރަ ދުވަހު ސައުތުގޭޓް ނިންމާފައި ވަނީ ކޯޗުކަމުގެ މަގާމުން ވަކިވުމަށެވެ. އެ ނިންމުން އޭނާ ވަނީ އިއުލާން ވެސް ކޮށްފަ އެވެ. އެކަން އިއުލާން ކުރަމުން ސައުތުގޭޓް ބުނީ، އިންގްލެންޑުގެ ޤައުމީ ޓީމަށް ކުޅުމާއި، ޤައުމީ ޓީމަށް އިރުޝާދު ދިނުމަކީ އޭނާގެ ޙަޔާތުގައި ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އިންގްލެންޑަށް އިރުޝާދު ދިނުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގައި އޭނާ އަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އެހެން ނަމަވެސް، މިއީ އިންގްލެންޑަށް ބަދަލުތަކެއް އައިސް، އައު ޗަޕްޓަރެއް ފަށަން ޖެހޭ ވަގުތު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ އިންގްލެންޑުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ކަމަށް ސައުތުގޭޓް ވަނީ އިއުލާން ކޮށްފަ އެވެ.

އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯގެ ފައިނަލްގައި ކުޅުނެވެ. އެއީ އިންގްލެންޑުން ޔޫރޯ މުބާރާތެެއްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ. މިއަހަރުގެ ޔޫރޯގެ ފައިނަލްގައި އިންގްލެންޑު ކުޅެފައިވާއިރު، އެއީ އަމިއްލަ ޤައުމުން ބޭރުގައި އިންގްލެންޑު ކުޅުނު ފުރަތަމަ ފައިނަލް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ

ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ

29 ޑިސެމްބަރު 2017
ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި

ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި

23 ޑިސެމްބަރު 2017
ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ

ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ

03 ނޮވެމްބަރު 2017
އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

20 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު