Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރިސްބޭން އިންޓަނޭޝަނަލް

ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ

އޭޓިޕީ ވޯލްޑް ޓުއާ ފައިނަލްސްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 09:34
ރަފައޭލް ނަދާލް: އޭނާ އަންނަނީ އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް މަސައްކަތްކުރަމުން

ރަފައޭލް ނަދާލް: އޭނާ އަންނަނީ އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް މަސައްކަތްކުރަމުން

އަންނަ އަހަރުގެ ޓެނިސް ސީޒަން ހުޅުވުމަށް އޮސްޓްރޭލިއާގެ ބްރިސްބޭންގައި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބްރިސްބޭން އިންޓަނޭޝަނަލް އިން، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަދާލް ވަކިވެއްޖެއެވެ.

ސްޕެއިންއަށް އުފަން އުމުރުން 31 އަހަރުގެ ނަދާލް މި މުބާރާތުން ވަކިވެފައި ވަނީ މިދިޔަ ސީޒަނުގެ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅުވެފައި ނުވާތީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ މިދިޔަ ސީޒަނަކީ ވަރަށް ދިގު ސީޒަނެއް ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް ލިބިފައި ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެހެންކަމުން އަނިޔާއިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަދާލް ވަނީ އަބޫދާބީގައި މި ހަފްތާ ބޭއްވި މުބަދާލާ ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕުން ވެސް ވަކިވެފައެވެ.

އެހެން ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާނެ ކަމަށް ނަދާލް ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ މެލްބަންއަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ދާނެ ކަމަށާއި އެ އަށް ފަހު އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފައްޓާނެ ކަމަށެވެ.

މިދިޔަ ސީޒަނުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ނަދާލް ބަލިކުރުމުށް ފަހު ތަށި އުފުލާލި ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ވެސް ވަނީ މި ފެށޭ ސީޒަނުގައި ވެސް އެ މުބާރާތުގައި ވާދަކުރާނެކަން އިއުލާނުކޮށްފައެވެ. އޭނާ ބުނީ މުބާރާތުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ތަށި ހޯދުމުގެ އުއްމީދުގައި ހުރި ކަމަށެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ކުރީގެ ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ކަމަށްވާ އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވެސް އޮސްޓްރޭލިއަން އޯޕަންގައި ފެނިގެންދާނެއެވެ. ބުރަކައްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަރޭއަށް މިދިޔަ ސީޒަނުގެ ގިނަ މުބާރާތްތަކެއް ގެއްލުނެއެވެ.

މި ފެށޭ ޓެނިސް ސީޒަން ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ސީޒަނަކަށެވެ. އަދި ނަދާލްއަށް އެއްވަނަ މަގާމު ދިފާއުކުރުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއެސް އޯޕަން: ފެޑެރާ އަދި ނަދާލްވެސް ތިންވަނަ ބުރަށް

ޔޫއެސް އޯޕަން: ފެޑެރާ އަދި ނަދާލްވެސް ތިންވަނަ ބުރަށް

02 ސެޕްޓެމްބަރު 2017
ޔޫއެސް އޯޕަން: ފެޑެރާއާ ނަދާލްވެސް ދެވަނަ ބުރަށް

ޔޫއެސް އޯޕަން: ފެޑެރާއާ ނަދާލްވެސް ދެވަނަ ބުރަށް

30 އޯގަސްޓު 2017
އޭޓީޕީ ވޯލްޑް ރޭންކިންގެ އެއްވަނަ ނަދާލްއަށް!

އޭޓީޕީ ވޯލްޑް ރޭންކިންގެ އެއްވަނަ ނަދާލްއަށް!

15 އޯގަސްޓު 2017
ރެއާލް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ބާސާ އުފުލާލައިފި

ރެއާލް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ބާސާ އުފުލާލައިފި

30 ޖުލައި 2017
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު