Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުން ސީރިއާއަށް ހަމަލާ ދިނުން

އިޒްރޭލުން ސީރިއާ އަށް ހަމަލާ ދީފި، އެކަކު މަރުވެ، ތިން މީހުން ޒަޚަމްވެއްޖެ

ސީރިއާގެ ޚާރިޖިއްޔާ ބުނީ މިގޮތައް ހަމަލާ ދޭނަމަ ކަންކަން ނުރައްކާ މިންވަރަކަށް ގޯސްވެދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 15 ޖުލައި 2024 | ހޯމަ 14:08
ދިމިޝްގުގެ ކަފްރު ސޫސޭގެ އަވަށްޓެރި ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާގައި ޕާކިން އޭރިއާއެއްގައި ހުރި އުޅަނދުތަކެއްގައި ރޯވެފައި

ދިމިޝްގުގެ ކަފްރު ސޫސޭގެ އަވަށްޓެރި ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާގައި ޕާކިން އޭރިއާއެއްގައި ހުރި އުޅަނދުތަކެއްގައި ރޯވެފައި

ސީރިއާގެ ވެރިރަށް ދިމިޝްގް އާ މާ ދުރުނޫން ހިސާބަކަށް އިސްރޭލުން ވައިގެ މަގުން ހަމަލާ ތަކެއް ދީފިއެވެ.

މި ހަމަލާގައި ސީރިއާގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށާއި ތިން މީހަކު ޒަޚަމްވި ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

މި ހަމާލާ އާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ހަމަލާ ދިން ކަމަށް ބުނުމުގެ އިތުރުން އެ ހަމަލާ ދިނީ ސީރިއާގެ އަސްކަރީ މަރުކަޒް ތަކާއި ކޮމާންޑް ސެންޓަރަކަށް ކަމަށް ބުނެފައިވެއެވެ. އެއީ ސީރިއާ އިން އިޒްރޭލަށް ހޮނިހިރު ދުވަހު ފޮނުވި ދެ ޑްރޯން ހަމަލާ އަށް ބަދަލު ހިފަން ދިން ހަމަލާ އެއް ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ. ސީރިއާ އިން ފޮނުވި ދެ ޑްރޯނަށް އިޒްރޭލުން ހުރަސް އެޅި ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

އާދިއްތަ ދުވަހުގެ މި ހަމަލާ ދިން ކަމަށް އިޒްރޭލުން އެއްބަސްވުމަކީ އާންމު ގޮތެއްގައި ކަން ހިނގާފައިވާ ގޮތެއް ނޫން ކަން ޚަބަރުތައް ބުނެއެވެ. 2011 ވަނަ އަހަރު ސީރިއާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ސީރިއާ އަށް އެތައް ސަތޭކަ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އިޒްރޭލުން އެފަދަ ހަމަލާ ތަކަށް މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

ސީރިއާގެ ރަސްމީ ނޫސް އޭޖެންސީ ސަނާ އިން ބުނެފައިވަނީ އިޒްރޭލުން ހަމަލާދިނީ 1967 ގައި އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓުން ކަމުގައެވެ. އަސްކަރީ މަރުކަޒްތަކުގެ އިތުރުން އާންމު އިމާރާތްތަކަށްވެސް ހަމަލާ އަމާޒު ވި ކަމަށް ސީރިއާ އިން ބުނެފައިވެއެވެ.

ސީރިއާގެ ޚާރިޖީ ވުޒާރާއިން ވަނީ އިޒްރޭލުގެ މި ހަމަލާ ކުށްވެރި ކޮށްފައެވެ. އެހެން ގަމުތަކަށް އިޒްރޭލުން މި ގޮތަށް ހަމާލާ ދޭ ނަމަ މަސްރަހް ހޫނުވެ ނުރައްކާ މިންވަރަކަށް ކަންކަން ހިނގައިދާނެ ކަމަށްވެސް ސީރިއާ އިން ވަނީ ބުނެފައެވެ.

އިޒްރޭލުން މި ހަމަލާ ދިން އިރު، ސީރިއާ އިން ގެންދިއައީ ހޯމަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ތައްޔާރުތައް ވަމުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު