Advertisement
ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 23:07
ބެނަރ ގައި "މުނާފިގު ސައުދީ އެމްބަސީ" ތާނަ އަކުރުން ލިޔެފައިވޭ
ބެނަރ ގައި "މުނާފިގު ސައުދީ އެމްބަސީ" ތާނަ އަކުރުން ލިޔެފައިވޭ
ރާއްޖެއެމްވީ
އިހުތިޖާޖު ކުރި ބަޔަކަށް ފުލުހުން ހުރަސްއެޅުން
"މުނާފިގު ސައުދީ އެމްބަސީ" ޖަހާފައިވާ ބެނަރ އަކާ އެކު ސުލްހަވެރި އިހްތިޖާޖް ކުރި ބަޔަކަށް ފުލުހުން ހުރަސް އަޅައިފި
މަރާލާފައިވާ ތުއްތު ކުއްޖެއް ރަމްޒުކޮށްދޭ ސޫރައެއް ކަފުނާ އެކު ފޮށިގަނޑެއްގައި އޮތް

ރާއްޖޭގައި ހުންނަ ސައުދީ އެމްބެސެޑަރ ދިރިއުޅުއްވާ އިމާރާތުގެ ކައިރީގައި ފަލަސްތީން ރައްޔިތުންނަށް ތާއީދު ކޮށް ބޭއްވި އިހުތިޖާޖަކަށް ފުލުހުން ހުރަސް އަޅާ އިހްތިޖާޖް ކުރި މީހުން އެ ސަރަހައްދުން ފޮނުވާލައިފިއެވެ.

ހޮނިހިރު ދުވަހު އިހްތިޖާޖު ކުރި މީހުން ޕޭވްމަންޓް މަތީގައި ބާއްވާފައި އޮތް ބެނަރ ގައި "މުނާފިގު ސައުދީ އެމްބަސީ" ތާނަ އަކުރުން ލިޔެފައިވެއެވެ.

Advertisement

އޭގެ އިތުރުން ކުޑަ ކަރުދާސް ފޮށިގަނޑެއްގައި މަރާލާފައިވާ ކުޑަ ކުއްޖެއްގެ ސޫރަ ރަމްޒްކޮށްދޭ ގޮތައް ކަފުނުގައި އޭނާގެ ހަށިގަނޑުގައި ހޭކިފައިވާ ލެޔާއެކު ބާއްވާފައި އޮތެވެ.

"އަލް ހުކޫމަތުއް ސައުދިއްޔާ މުނާފިގޫން" ކުޑަކުއްޖާ ލާފައިވާ ފޮށިގަނޑުގައި ހަރުކޮށްފައިވާ ކަރުދާސް ގަނޑެއްގައި ބޮޑު އަކުރުން އަރަބި ބަހުން ލިޔެފައި ވެއެވެ.

އިހްތިޖާޖު ކުރި މީހުން އެތަނުން ދުރަށް ފޮނުވާލަން އައި ފުލުސް މީހާ ބުނެފައިވަނީ، އެއީ ޑިޕްލޮމެޓިކް މިޝަން އެއްގެ ރެސިޑެންސް ވީމާ 50 ފޫޓް ދުރުގައި ތިބުމަށެވެ.

އެމީހުން އަތުގައި ސްޕީކަރެއް އެއްވެސް އެއްޗެއް ނެތް ކަމަށާއި އެމީހުން ސުލްހަވެރި ކަމާއެކު ތިބީ އެހެން އާންމުންވެސް އުޅޭ ސައިބޯ ތަންތަންވެސް ހުރި ހިސާބެއްގައި ކަމަށް ބުނުމުންވެސް ފުލުހުން ވަނީ އެމީހުންނަށް ހުރަސް އަޅާފައެވެ.

އިހްތިޖާޖު ކުރަން ތިބި މީހުންގެ އަތުގައި އަޑުގަދަ ކުރާ ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނުމުންވެސް އެތަނަށް އައި ފުލުސް މީހާ ދިޔައީ އެމީހުން ދުރަށް ޖެއްސުމަށް އެހެން ފުލުހުންނަށް އެންގުމަށް ފަހުގައެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް