Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާތިމަތު ޒާޔާ

ފޭސްބުކްގައި ޒާޔާ ކުރި ޕޯސްޓްގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން!

21 އޮކްޓޯބަރު 2025 | އަންގާރަ 14:10

ފުލުހުން ވަނީ ތަފާތު ތިން މައްސަލަ އެއްގައި ފުލުހުންގެ އިދާރާ ހާޒިރުވުމަށް ޒާޔާ އަށް އަންގާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޮކްޓޯބަރު 2025 | އަންގާރަ 14:10
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ 21.10.2025

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ 21.10.2025

ފޭސްބުކްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ކުރި ޕޯސްޓުގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާމުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން ކަމަށް ޒާޔާ ހާމަ ކޮށްފިއެވެ.

ރާއްޖެޓީވީ އަށް ދިން ބަސްތީގަތުމެއްގައި ޒާޔާ ހާމަ ކުރި ގޮތުގައި ފުލުހުން ވަނީ ތަފާތު ތިން މައްސަލަ އެއްގައި ފުލުހުންގެ އިދާރާ ހާޒިރުވުމަށް ޒާޔާ އަށް އަންގާފައެވެ. އޭގެ ތެރެއިން އަންގާރަ ދުވަހު ޒާޔާ އަށް ފުލުހުން ފޮނުވި ޗިޓުގައި އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށެވެ. ބުރާސްފަތި ދުވަހު އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި އަމުރަކަށް ނުކިޔަމަންތެރިވެ ޤަވާއިދާއި ޚިލާފު އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިތުރު ދެ މައްސަލަ އެއްގައި އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރާނެކަން އޭނާ އަށް ފުލުހުން ވަނީ އަންގާފައެވެ. ޒާޔާ އަށް ފުލުހުން ފޮނުވާފައިވާ ޗިޓުތަކުގެ ތެރޭގައި 7 އޮކްޓޯބަރގައި، ޒާޔާގެ ފޯނު އަތުލުމަށް ފަހު ބެލި ބެލުންތަކަށް ފަހުގައި ޒާޔާ ހާޒިރުކުރުމަށް ބޭނުންވާ ކަމަށް ބުނެ ފުލުހުން ފޮނުވާފައިވާ ޗިޓެއް ހިމެނެއެވެ.

"އެންމެ ހެއްވާ ކަމަކީ ޗިޓުގައި މި އޮންނަނީ ފޭސްބުކްގައި ކުރި ޕޯސްޓުގެ މައްސަލަ ބަލާ ޑިޕާޓްމެންޓަކީ ވައްކަމާއި ޚިޔާނާތުގެ ޑިޕާޓްމެންޓް ކަމަށް. މީގެ އިތުރުން ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓުގައި އެބަ އޮވޭ އިތުރު ތަހުގީގުކުރަން ސީސީ ޓީވީ އާއި ކޮމްޕެއަރކުރަން ފޮޓޯ އާއި ވީޑިއޯ ނަގާނެ ކަަމަށް. ކޯޓު އަމުރެއް ނުލިބޭ. އެހެންވީމަ އަޅުގަނޑު އެއްބާރުލުން ދޭނީ ކޯޓު އަމުރެއް އެކަމަށް އޮވެގެން." ޒާޔާ ވިދާޅުވިއެވެ.

"ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) - 03 އޮކްޓޯބަރ 2025

"ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) - 03 އޮކްޓޯބަރ 2025

ހަމަ އެހެންމެ ރަނގަޅު ޒޯންގައި ޕާކް ކޮށްފައި ހުއްޓާ އޮޅިގެން ކަަމަށް ބުނެ ޒާޔާގެ ސައިކަލު ފުލުހުން ގެންދިޔަ މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފައެވެ. ޒާޔާ ބުނީ ސައިކަލު ގެންދިޔައީ ސިސްޓަމްގެ މައްސަލަ އަކުން ކަމަށް ފުލުހުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.

އުސޫލާއި ޚިލާފަށް އޭނާގެ ސައިކަލު ޓޯޔަރޑަށް ގެންދިއުމަކީ އޭނާ އަށް ކުރި ފުރައްސާރަ އެއް ކަމަށް ޒާޔާ ވަނީ ސިފަކޮށްފައެވެ. ސައިކަލު ގެންދެވުނީ އޮޅުމަކުން ކަމަށް ބުނި ނަމަވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވެގެން ގަޑި އެއްހާ އިރު ވީ އިރުވެސް ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ނުލިބުނު ކަން ޒާޔާ ފާހަގަ ކުރިއެވެ. ސައިކަލް އޮޅިގެން ގެންދެވުނު ކަމަށް ބުނުމުން އެއީ ޖޯކެއް ކަމަށް ޒާޔާ ސިފަކުރިއެވެ.

"ދެ ތިން ރެ އެއް ކުރިން ގޭ ދޮރު މަތިން ސައިކަލު ނަގައިފި. އެ ބޭފުޅުން ވިދާޅުވި ދާނެ ގޮތެއް ނެތިއްޔާ ފުލުހުންގެ ވެހިކަލްގައި ސައިކަލު ބަލާ ގެންދާނަމޭ. އައިއޯ އަށް ގުޅާފަ ދާނެ ގަޑި ހިއްސާކޮށްފަ އަޅުގަނޑު ގޮސްފިން. ދެން އެތަނަށް ދިޔައީމަ މި ބުނަނީ އެއީ ސިސްޓަމްގެ މައްސަލައެކޭ. އަޅުގަނޑު ބުނިން ތިއީ އަޅުގަނޑުގެ މައްސަލަ އެއް ނޫނޭ. ސައިކަލު ގެންދިޔަ ގޮތަށް އަނބުރާ ގެނެސްދެއްވާށޭ. އެހާވެސް ޖެއްސުން ބޮޑުކޮށް މި ބޭފުޅުން ކަންކަން މި ކުރައްވަނީ."

އޮޅިގެން އެފަދަ ކަމެއް ކުރެވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ޒާޔާ ބުނެފައިވެއެވެ. ފުލުހުންނަށް އޮޅިގެން ކަމެއް ވުމަކީ ވަރިހަމަ ކަމެއް ކަމަށް ނުބެލެވޭނެ ކަން ވެސް ޒާޔާ ފާހަގަ ކުރިއެވެ.

"މިދިޔަ ދެ ދުވަސް މިދިޔައީ ފުލުސް ސްޓޭޝަންގައި، އެންމެ ބުއްދިވެރިގޮތަކަށް މިހާރު މިހާރު އަޅުގަނޑު އެބަ ހިތަށް އެބަ އަރާ ފޮށި ތަންމަތި ބަނދެގެން ގޮސް ފުލުސް ސްޓޭޝަންގައި މަޑުކޮށްލާނަމޭ. އެއީ މި ބޭފުޅުން އިރުއިރުކޮޅާ އެތަނަށް ދިއުމަށް ވުރެ ފަސޭހަ."

ބިރު ދައްކާނަމޭ ހިތާ ކުރާ މިފަދަ ކަންކަމަުން ޒާޔާ ވެސް އަދި އެމްޑީޕީ ވެސް ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ނޮވެމްބަރ 17އިގައި މުޒާހަރާ ކުރުމަށް އެމްޑީޕީން ތައްޔާރުވާތީ ސަރުކާރު ބިރުން އުޅޭކަމުގެ ހެއްކެއް ކަމަށް ޒާޔާ ވަނީ ސިފަކޮށްފައެވެ.

ފާތިމަތު ޒާޔާއެމްޑީޕީމޯލްޑިވްސް ޕޮލިސް ސަރވިސްގަލޮޅު ޕޮލިސް ސްޓޭޝަންލޫޓުވައިފި މުޒާހަރާނޮވެމްބަރު 17 އެއްވުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް