Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީ

އަޅުގަނޑުމެން ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ: އަލީ ޒާހިރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2017 | ހުކުރު 19:57
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު

ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ރައްޔިތުންގެ ބަދަލު" ނަމުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ދިވެހި ރައްޔިތުން ޤާނޫނު އަސާސީގެ ދިފާއުގައި އަޑު އުފުލަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ރައުސުމާލުން މިލިއަނުން ބިލިއަނުން ވައްކަން ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި މިކަހަލަ ކަންތައްތަކާއި ދެކޮޅަށް ރައްޔިތުން އަޑު އުފުލުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސުލްހަވެރިކަމާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ މިއަދު ރަސްފަންނުގައި ބޭއްވުނު ހަރަކާތެއްގެ ސަލާމަތީ ކަންތައްތައް ފުލުހުން ފަޙްރުވެރިކަމާއިއެކު ބެލެހެއްޓި ވާހަކަ ޓުވީޓު ކުރައްވާފައިވާ ކަމަށާއި ހަމަ އެފަދައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނާއި ތިބޭފުޅުންގެ އެއްވެސް ދުޝްމަނު ކަމެއް ނެތް. ދެކޮޅުވެރިކަމެއް ނެތް. އަޅުގަނޑުމެންގެ ތެރެއިންވާ ބައެއް ތިބޭފުޅުންނަކީ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތަށް ތިބޭފުޅުން އެއްބާރުލުން ދެއްވަން ޖެހޭ. އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން. އަޅުގަނޑުމެންގެ ވެސް އޮތީ އެހެން މީހުންގެ އޮންނަ އައިޑީ ކާޑު. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި ތަފާތު ކުރެވިގެން ނުވާނެ. އަލީ ޒާހިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ގެނައުމަށާއި ރައްޔިތުންނާއި މެދު ނާއިންސާފު ފާސްކޮށްފައިވާ ޤާނޫނުތައް އިސްލާހު ކުރުމަށް މަޖިލިސް ހުޅުވެން ޖެހޭނެ ކަމަށް އަލީޒާހިރު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ގެއްލި އެމަނިކުފާނު ފެއިލްވެފައި ކަމަށާއި ރައްޔިތުން ބޭނުންވާ ފަދަ ރައީސް އެއް ރައްޔިތުން މަޖިލީހަށް އިންތިޙާބް ކުރައްވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ކޯޓްތަކާއި ޖުޑިޝަރީއަށް އިންޒާރުދީ ހެދިކަމުގައި ވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަލީ ޒާހިރު ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު