Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2024

އިނގިރޭސި ކުޅުންތެރިންގެ ލޯބިވެރިން ކޯޗާ މެދު ނުރުހުންވަނީ ކީއްވެ؟

12 ޖުލައި 2024 | ހުކުރު 05:04

ބޮޑެތި މުބާރާތްތަކުގައި ސެކިއުރިޓީގެ ކަންކަން އިނގިރޭސި އެފްއޭއިން އިންތިޒާމްކުރާ ގޮތާއި ޔޫރޯގައި ކުޅުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ދޭ ގޮތާމެދު ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 05:04
އިނގިރޭސި ކުޅުންތެރިންގެ ލޯބިވެރިން

އިނގިރޭސި ކުޅުންތެރިންގެ ލޯބިވެރިން

ބޮޑެތި މުބާރާތްތަކުގައި ސެކިއުރިޓީގެ ކަންކަން އިނގިރޭސި އެފްއޭއިން އިންތިޒާމްކުރާ ގޮތާއި ޔޫރޯގައި ކުޅުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ދޭ ގޮތާމެދު ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

އެންމެ ފަހުގެ ވޯލްޑްކަޕުގައި 2022ގައި ގަތަރުގައި ސެކިއުރިޓީގެ ކަންކަމަށް ކޮންމެ ކުޅުންތެރިއަކު 126000 ޑޮލަރު ހަރަދު ކުރަންޖެހުނެވެ. އިނގިރޭސި އެފްއޭއިން ސެކިއުރިޓީގެ ކަންކަން އިންތިޒާމްކުރި ގޮތުން ޔޫރޯގައި މި އަގު ބޮޑުވުމަކީ ވެސް ކުޅުންތެރިންގެ އާއިލާތަކުން ހިތްހަމަނުޖެހުނު ކަމެކެވެ. އަދި ސެކިއުރިޓީ މާބޮޑަށް ހަރުކަށި ކޮށްފައި އޮތުމަކީ ވެސް އެވެރިން ނުރުހުންވެފައި ތިބި ކަމެކެވެ. 

މިހެންވެ ކުޅުންތެރިންގެ އާއިލާތަކުން ޔޫރޯގައި ސަލާމަތީ ކަންކަން އިންތިޒާމްކުރުމުން ދަނީ އެފްއޭއާ ނުބައްސައި އަމިއްލައަށެވެ.

ޑިފެންޑަރު ހެރީ މެގުއާގެ ލޯބިވެރިޔާ ފާން މެގުއާ އާއި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްގެ ލޯބިވެރިޔާ މޭގަން ޕިކްފޯޑަކީ ޕެއާއެކެވެ. މި ދެ މީހުން ބޭނުންވަނީ ޔޫރޯގައި ސެކިއުރިޓީ ބިލްތައް ދެމީހުންނަށް އެއްވަރަކަށް ބަހާލުމަށެވެ. ބުކަޔޯ ސަކާގެ ލޯބިވެރިޔާ ތޮލަމީ ބެންސަން ވެސް ބޭނުންވެސް ބޭނުންވަނީ އަމިއްލަ އަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސާށެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނަނީ ކުޅުންތެރިންގެ އާއިލާތަކުން ސަލާމަތީ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވަނީ ކުރިން މިލިޓަރީގައި މަސައްކަތްކޮށްފައިވާ ރިޓަޔާޑް މީހުންނާ ކަމަށެވެ.

ކުޅުންތެރިންގެ އާއިލާތަކުން މި ގޮތަށް ނިންމި އެހެން ސަބަބެއްވެސްވެ އެވެ. އެއީ މާޗު މަހު ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކޮންސެޓެއް ބާއްވާތަނަށް ހޯލަކަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު މިފަދަ ބިރުވެރިކަމެއް ޖަރުމަނުގައި އޮވެދާނެ ކަމަށް އިނގިރޭސި ސަރުކާރުން ކުޅުންތެރިން ގާތުގައި ބުނުމުންނެވެ.

ދަ ސަންއިން ބުނަނީ އަމިއްލަ ސެކިއުރިޓީ ގެންގުޅުމުން ފުރަތަމަ ހަފުތާތަކުގައި ދައްކަންޖެހޭނީ 82000 ޑޮލަރު ކަމަށާއި އިނގިރޭސިން ފައިނަލްކުޅެ މުބާރާތް ނިންމާލިޔަސް އެކަމަށް ޖުމުލަ ހިނގާނީ 126000 ޑޮލަރުވަރު ކަމަށެވެ. މިއަދަދަކީ ވޯލްޑްކަޕުގައި ކޮންމެ ކުޅުންތެރިއަކު ހޭދަކުރަންޖެހުނު އަދަދެކެވެ.

އިނގިރޭސި ކޯޗު ސައުތްގޭޓަކީ ދަނޑު ބޭރުގައި ވެސް ކުޅުންތެރިންގެ ވަރަށް ގިނަ ކަންކަން ބަލައި އެކަންކަމާ ވާހަކަ ދައްކާ ކޯޗެކެވެ. ކުޅުންތެރިން މި ގޮތަށް އަމިއްލަ ސެކިއުރިޓީ ގެންގުޅުމާމެދު އޭނާ މުޅިން ހިތްހަމަނުޖެހެ އެވެ.

ސަބަބަކީ 2006ގެ ވޯލްޑްކަޕުގައި އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމްގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ވިކްޓޯރިއާ ބެކަމް އަށް ނޫސްވެރިންގެ ސަމާލުކަން ލިބިގެންދިޔަ މިންވަރު އިތުރުވުމެވެ. މުޅި މީޑިއާ ވިކްޓޯރިއާގެ ވާހަކަތަކުން ފުރާލުމުން އިނގިރޭސިންގެ ކުޅުމަށް އަސަރުކުރިކަމަށް ސައުތުގޭޓް ގަބޫލުކުރެ އެވެ. މިހެންވެ އޭނާ ބޭނުންވީ 1966ގެ ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސިން ތައްޓެއް ހޯދުމަށް ކުރާ އުއްމީދަށް މިފަދަ އެއްވެސް ކަމަކުން ހުރަސް އެޅުނަނުދިނުމަށެވެ. މިހެންވެ ކުޅުންތެރިންގެ ލޯބިވެރިންނަށް ޓީމާ ބައްދަލުކުރަން އާދެވޭނީ ކަނޑައަޅާ ވަކި ދުވަހެއްގައި ވަކި ގަޑިތަކެއްގައި ކަަމަށް އޭނާ ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

29 ޖެނުއަރީ 2018
ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!
19 ނޮވެމްބަރު 2017

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!
03 ނޮވެމްބަރު 2017

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!
15 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!
04 ސެޕްޓެމްބަރު 2017

ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

04 ސެޕްޓެމްބަރު 2017
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!
15 އޯގަސްޓު 2017

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
28 މެއި 2017

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

28 މެއި 2017
އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް