Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޓޯ ސަމިޓް ފެށުން

ބައިޑްން ރަޝިއާ އަށް ދެއްވި ވަރުގަދަ ބަހުގެ ހަމަލާ ތަކަކުން ނޭޓޯ ސަމިޓް އެމެރިކާގައި ފެށިއްޖެ

ހަނގުރާމަ ނިމިގެން ދާނީ ޔޫކްރެއިން މިނިވަން މުސްތަގިއްލު ގަމެއްގެ ގޮތުގައި ދެމި އޮވެގެން ކަމުގައި ޖޯޝާ ފޯރީގައި ބައިޑްން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 10 ޖުލައި 2024 | ބުދަ 13:45
ނޭޓޯގެ ލީޑަރުންނާ އެކު ބައިޑްން ފޮޓޯ އަކަށް ހުއްޓިލައިގެން

ނޭޓޯގެ ލީޑަރުންނާ އެކު ބައިޑްން ފޮޓޯ އަކަށް ހުއްޓިލައިގެން

ރަޝިއާ އިން ޔޫކްރެއިން އަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުން ދިފާއު ވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ޔޫކްރެއިނަށް މުޅިން އައު 5 އެއަރ ޑިފެންސް ސިސްޓަމް ދެއްވާނެ ކަމަށް ވެ ވަޑައިގެންނެވި ވައުދާއެކު ނޭޓޯ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ރަޝިއާ އަށް އެމެރިކާގެ ރައީސް ދެއްވައިފިއެވެ.

ވަރަށް ޖޯޝާއެކު ބައިޑްން ވާހަކަފުޅު ދައްކަވަމުން، ނޭޓޯ އަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، ރަޝިއާ އާ ދެކޮޅަށް މަސައްކަތް ކުރާ އަސްކަރީ އިއްތިހާދު އޮތީ މީގެ ކުރިން ދުވަހަކުވެސް ނެތް ވަރަށް ވަރުގަދަ ކޮށް ކަމުގައެވެ.

ބައިޑްން ވިދާޅުވީ، އެމެރިކާއިން ޖަރުމަން ވިލާތާއި، އިޓަލީ އާއި ނެދަރލޭންޑްސް އާއި ރޫމެނިއާ އާ ގުޅިގެން ޔޫކްރެއިންނަށް އެހީވުމުގެ ގޮތުން ޕެޓްރިއޮޓް މިސައިލްގެ ބެޓްރީއާ އެހެނިހެން ގުޅުން ހުރި އަސްކަރީ އިކުއިޕްމެންޓް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ބައިޑްން މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ އެ ގައުމަށް އެއަރ ޑިފެންސް ނިޒާމްތައް ފޯރު ކޮށްދިނުމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ތަކުރާރު ކޮށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ރިޔާސީ ބަހުސް ގައި ބައިޑްންގެ އަޑުފުޅު ގައި ހުރި ނުސާފު ކަމާއި ކުރަކި ކަމުގެ ސަބަބުން ބައިޑްންގެ ކެންޑިޑެސީ އާ މެދު ސުވާލު އުފެދި ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުގެ މޫޑް ގޯސްވެފައި ވަނިކޮށް، އަންގާރަ ދުވަހު ދެއްވި 13 މިނެޓްގެ ތަގުރީރުގައި އޭނާގެ އަޑުފުޅު ހުރީ ކުރިއާ ޚިލާފަށް ޖޯޝާ ފޯރި އެކުލެވޭ ގޮތުން ވަރަށް ސާފުކޮށް ކަން ނޫސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.

ނޭޓޯގެ އަހަރީ ސަމިޓް ގައި ބައިވެރިވުމަށް މެމްބަރު 32 ގައުމުގެ ލީޑަރުން ވަނީ ވޮޝިންގޓަނަށް ވަޑައިގެންފައެވެ.

މިފަހަރުގެ ނޭޓޯ ސަމިޓްގެ ފޯކަސް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޔޫކްރެއިންގެ މައްސަލަ އަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ މި ސަމިޓުން ޔޫކްރެއިނަށް ބޭނުންވާ އިންސާނީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޓޯގެ މެމްބަރުން ވެފައިވާ ވައުދު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަންގާރަ ދުވަހު އެމެރިކާ އަށް ވަޑައިގެންނެވި ޔޫކްރެއިންގެ ރައީސް، ސަމިޓްގެ ހަވާސާގައި ނޭޓޯގެ މެމްބަރު ގައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރައްވާ، ޔޫކްރެއިނަށް ބޭނުންވާ އެހީ އާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު