Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ގާޒާގެ ވަގުތީ ހިޔަލަކަށް ބޭނުން ކުރާ ސްކޫލަކަށް ޔަހޫދީ ސިފައިން ބޮން އަޅާ "ގަތުލުއާއްމެއް" ހިންގައިފި

10 ޖުލައި 2024 | ބުދަ 03:00

މި ހަމަލާގައި މަދުވެގެން 29 ފަލަސްތީން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 10 ޖުލައި 2024 | ބުދަ 03:00
އަބާސަން ޓައުން ގައި ހުންނަ ސްކޫލަކަށް ޔަހޫދީ ސިފައިން ދިން މި ހަމަލާގެ ސަބަބުން ޒަޚަމްވި މީހުންނަށް ފަރުވާ ދެވިފައިވަނީ ގާޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލުގައެވެ.

އަބާސަން ޓައުން ގައި ހުންނަ ސްކޫލަކަށް ޔަހޫދީ ސިފައިން ދިން މި ހަމަލާގެ ސަބަބުން ޒަޚަމްވި މީހުންނަށް ފަރުވާ ދެވިފައިވަނީ ގާޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލުގައެވެ.

ގާޒާގެ ވަގުތީ ހިޔަލަކަށް ބޭނުންކުރާ ސްކޫލަކަށް ބުދަ ދުވަހު ޔަހޫދީ ސިފައިން ބޮން އަޅާ "ގަތުލުއާއްމެއް" ހިންގައިފިއެވެ.

ދެކުނު ގާޒާގައި ޚާން ޔޫނިސް އާ މާ ދުރު ނޫން ހިސާބެއް ކަމަށްވާ އަބާސަން ޓައުން ގައި ހުންނަ ސްކޫލަކަށް ޔަހޫދީ ސިފައިން ދިން މި ހަމަލާގެ ސަބަބުން މަދުވެގެން 29 ފަލަސްތީން މީހުން މަރުވެފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ. ހަމާލާގައި ޒަޚަމްވި މީހުންގެ އަދަދު ސާފުވެފައި ނެތަސް، ހަށިގަނޑުގެ ބައިތައް ވަކިވެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ އެތައް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން މީހުންގެ އަތްދަނޑިމަތީގައި ހޮސްޕިޓަލަށް ވައްދާ މަންޒަރުތައް ވަނީ ހާމަވެފައެވެ.

ވަގުތީ ހިޔަލުގެ ގޮތުގައި ފަލަސްތީން ރައްޔިތުން ސްކޫލްތައް ބޭނުން ކުރަނީ އެއީ ރައްކައުތެރި ތަންތަނުގެ ގޮތުގައި ބެލެވިފައި އޮންނާތީ ކަމަށާއި ނަމަވެސް މިއީ މި ދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ހަތަރު ވަނަ ސްކޫލަށް ޔަހޫދީ ސިފައިން ދިން ހަމަލާ ކަމަށް ވުމާއެކު ސްކޫލް ތަކަކީ ވެސް އެއްވެސް ރައްކައުތެރި ކަމެއް ލިބޭ ތަންތަނަށް ނުވާ ކަމަށް އެތަންތަނުގައި ތިބި ފަލަސްތީނު މީހުންނާ ހަވާލާ ދީ އަލް ޖަޒީރާ އިން ބުނެފައި ވެއެވެ.

އަނެއްކޮޅުން ޚާން ޔޫނިސް އާއި ގާޒާ ސިޓީގެ ބައެއް ސަރަހައްދު ތަކުން އެ ތަންތާނގެ ވަޒަން ވެރިން ސަރަހައްދު ދޫކޮށް ދިއުމަށް ޔަހޫދީ ސިފައިން ވަނީ އަމުރު ކޮށްފައެވެ. އެކަމުގެ ސަބަބުން އެތައް ހާސް ފަލަސްތީން ރައްޔިތުން މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަރަހައްދުތަކުން މީހުން ފައިބައިގެން ދިއުމަށް ނެރެފައިވާ އަމުރާ އެކު އެ ސަރަހައްދުތަކުގައި ހުރި ތިން ހޮސްޕިޓަލް ވެސް ވަގުތުން ބަންދުކޮށް ބަލި މީހުންނާއި އޮފިޝަލުން އެ ތަންތަނުން ނުކުންނަން ޔަހޫދީ ސިފައިން ވަނީ އަމުރު ކޮށްފައެވެ.

މިކަންކަން މިހެން ހިނގަމުން ދާއިރު، އިޒްރޭލުން ގެންދަނީ ގަސްތުގައި ގާޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުން ކަމަށާއި އޭގެ ސަބަބުން ބަނޑުހައިހޫނު ކަމުގައި އެތައް ކުޑަކުދިން މަރުވަމުން ދާ ކަމަށް އދ. ގެ ތަޖުރިބާކާރުން ވަނީ ހާމަ ކޮށްފައެވެ.

ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ މަސައްކަތް ކުރުމަށް ހަމާސް އިން ހުށަހެޅި ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ބުދަ ދުވަހު ގަތަރު ގައި އަދި ބުރާސްފަތި ދުވަހު މިސްރުގައި ވާހަކަތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީ ސިފައިން ހުއްޓުމެއްނެތި ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 38،242 މީހުން ވަނީ މަރުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު 88،243 ށް ވަނީ އަރާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް