Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

މެސީ ފިޓު، ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭނެ

9 ޖުލައި 2024 | އަންގާރަ 06:42

މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން މެސީ ކުޅޭނެ ކަމަށާއި، މެސީ ހުރީ މެޗަށް ތައްޔާރަށް ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2024 | އަންގާރަ 06:42
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަ ކުރުމުގައި މެސީ ބައިވެރިވަނީ

އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަ ކުރުމުގައި މެސީ ބައިވެރިވަނީ

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗަށް، ކެޕްޓަން ލިއޮނަލް މެސީ ފިޓުކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ފަތިހު އެވެ. އެ މެޗަށް ކުރިމަތިލާއިރު، މި ދެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލު ކޮށްފަ އެވެ. އާޖެންޓީނާ އިން ވަނީ އެ މެޗުގައި ކެނެޑާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އިން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން އާޖެންޓީނާ އިން ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ނުކުޅެ އެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ކުޅެފަ އެވެ. ސްކަލޯނީ ބުނީ މެސީގެ ކަނާއަތު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

ކެނެޑާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެސީ މިހާރު ފިޓު ކަމަށާއި، އޭނާ އަށް ސެމީ ފަައިނަލްގައި ކުޅެވޭނެ ކަމަށެވެ. މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން މެސީ ކުޅޭނެ ކަމަށާއި، މެސީ ހުރީ މެޗަށް ތައްޔާރަށް ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ، ކެނެޑާއާ ދެކޮޅަށް ނެރޭނީ އެންމެ ފުރިހަމަ ޓީމު ކަމަށާއި، ކެނެޑާ އަށް ނުރައްކާ ކުރެވޭނެ ފެންވަރުގެ ޓީމެއް ނެރެން އޭނާ ވެސް ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި ކުޅޭއިރު، ބޭނުން ވާނީ ދެވެން އޮތް އެންމެ ދުރަށް ދާން ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. މުބާރާތުގެ ފުރަތަމަ މަރުޙަލާ އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވާ ކަމަށާއި، މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އާޖެންޓީނާ އިން 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ބްރެޒިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަހަރުގެ މުބާރާތަށް ކުރިމަތިލީއިރު އާޖެންޓީނާ އޮތީ ވެސް ރަނގަޅު ފޯމެއްގަ އެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ލިސްޓުގައި ވެސް އާޖެންޓީނާ އަކީ ހިމެނޭ ޓީމެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް