Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

ބްރެޒިލް ކެޓުމުގެ ފުރިހަމަ ޒިންމާ ނަގަން: ޖޫނިއާ

8 ޖުލައި 2024 | ހޯމަ 03:41

ޖޫނިއާ ޤަބޫލު ކުރާ ގޮތުގައި ބްރެޒިލްގައި މިވަގުތު އޮތް ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ އިތުރަށް ކުރިއަރާނެ ކުޅުންތެރިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2024 | ހޯމަ 03:41
ބްރެޒިލް ޤައުމީ ޓީމުގެ ކޯޗު ޑޮރިވަލް ޖޫނިއާ

ބްރެޒިލް ޤައުމީ ޓީމުގެ ކޯޗު ޑޮރިވަލް ޖޫނިއާ

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ކުއާޓާ ފައިނަލުން ބަލިވެ، ބްރެޒިލް މުބާރާތުން ކެޓުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އެ ޓީމުގެ ކޯޗު ޑޮރިވަލް ޖޫނިއާ ބުނެފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް ނިކުތީ އުރުގުއޭއާ ދެކޮޅަށެެވެ. އެ މެޗުން ބްރެޒިލް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ބްރެޒިލް އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެ ޓީމުގެ އަނެއް ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޖޫނިއާ ބުނީ، ފުޓުބޯޅައިގައި ކުރިއަށް ދާން ކުރާ މަސައްކަތަކީ ވަރަށް ކެތްތެެރިކަމާއެކު ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތްތަކަށް ތައްޔާރުވެ، މުބާރާތްތައް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި ވަގުތު ވަރަށް ބޭނުންވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ބްރެޒިލްގެ ކޯޗުކަމުގެ މަޤާމު ހުސްކޮށް އޮންނަތާ އެތައް ދުވަހެއްވީ ފަހުން، އެ މަޤާމަށް ޖޫނިއާ ހަމަޖެއްސީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން ޖޫނިއާ ބުނީ، ލިބުނު ވަގުތާއެކު މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވާާން މަސައްކަތް ކުރި ކަމަށެވެ. މުބާރާތުގައި ބްރެޒިލް އަށް ލިބުނު ނަތީޖާ އަކީ، އުންމީދު ކުރި ނަތީޖާ ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެކަންކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި، މުބާރާތުން ޓީމު ކެޓުމުގެ ޒިންމާ ވެސް ނަގާ ކަމަށް އޭނާ ބުންޏެވެ. ޖޫނިއާ ޤަބޫލު ކުރާ ގޮތުގައި ބްރެޒިލްގައި މިވަގުތު އޮތް ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ އިތުރަށް ކުރިއަރާނެ ކުޅުންތެރިންނެވެ.

ބްރެޒިލްގެ ޓީމާ ހަވާލުވެ އޭނާ ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުންް ވާހަކަ ދައްކަމުން ޖޫނިއާ ބުނީ، އެކަންކަމަކީ ވަގުތު ނަގައިގެން ކުރިއަށް ގެންދެވޭނެ މަރުހަލާއެއް ކަމަށެވެ. ޚާއްސަކޮށް ރަނގަޅު އަދި މޮޅު ޓީމެއް ބިނާ ކުރަން ކުރަމުން އަންނަ މަސައްކަތުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ޖޫނިއާ ވަނީ ބުނެފަ އެވެ. މިއީ ބްރެޒިލާ އޭނާ ހަވާލުވީ ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މުބާރާތްކަން ފާހަގަކޮށް ޖޫނިއާ ބުނީ، ނަތީޖާ ޤަބޫލު ކުރަން ބޭނުންވާ ކަމަށެވެ. އެެއަށްފަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދޭނީ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައި ކޮށްދިނުމަށް ކަމަށް ވެސް ޖޫނިއާ ބުންޏެވެ.

މުބާރާތުގައި ބްރެޒިލް ކުޅުނު ހަތަރު މެޗުގެ ތެރެއިން، އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ބްރެޒިލް ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ކުޅުނު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލްގައި ބްރެޒިލް ބަލިވީ އާޖެންޓީނާ އަތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް