Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ފައިގައި ޓެގް އަޅުވަން ބްރެޒިލްގެ ފުލުހުންގެ މައްޗަށް އަމުރު ކޮށްފި

ކޯޓުން އަމުރު ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބޮލްސޮނާރޯގެ ފައިގައި މޮނިޓަރެއް އެޅުވުމުގެ އިތުރުން، ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓާލުމަށާއި، ބޭރުގެ އޮފިޝަލުންނާ ހުރިހާ ގުޅުމެއް ކަނޑާލުން ހިމެނެއެވެ. އަދި ބްރެޒިލްގައި ހުރި ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ކައިރިވުން ވެސް އޭނާ އަށް މަނާކޮށްފައިވޭ

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 14:20
ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ފައިގައި ޓެގް އަޅުވަން ބްރެޒިލްގެ ފުލުހުންގެ މައްޗަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

އޭގެ އިތުރުން 2019 އިން 2022 އަށް ލެޓިން އެމެރިކާގެ އެންމެ ބޮޑު ގައުމު ވެރިކަން ކުރެއްވި ރައީސް ޖައިރް ބޮލްސޮނާރޯގެ ގެ އާއި މައި އޮފީސް ފެޑެރަލް ފުލުހުން ވަނީ ރެއިޑްކޮށްފައެވެ. އަދި އޭނާ ގައުމުން ފިލައިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނެ އޭނާގެ ފައިގައި މޮނިޓަރެއް އެޅުވުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ، ބަރެޒިލްގެ ސުޕްރީމް ކޯޓުން އަމުރު ކޮށްގެން ސާރޗް ވޮރަންޓްތަކެއް ނެރެފައިވާ ކަމަށެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ފަހުން މި ރެއިޑް ކަށަވަރުކޮށްދިނެވެ. އަދި ގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އާ ޙަވާލާދީ ބުނެފައި ވަނީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ އިންތިޚާބީ ކާމިޔާބީގެ ނަތީޖާ ބަދަލު ކުރައްވަން އޭނާ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ހިނގަމުންދާ ޝަރީޢަތުގެ ތެރޭގައި ބޮލްސޮނާރޯ ގައުމުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ.

ކޯޓުން އަމުރު ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބޮލްސޮނާރޯގެ ފައިގައި މޮނިޓަރެއް އެޅުވުމުގެ އިތުރުން، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމަށާއި، ބޭރުގެ އޮފިޝަލުންނާ ހުރިހާ ގުޅުމެއް ކަނޑާލުން ހިމެނެއެވެ. އަދި ބްރެޒިލްގައި ހުރި ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ކައިރިވުން ވެސް އޭނާ އަށް މަނާކޮށްފައި ވެއެވެ.

އެންމެ މަތީ ކޯޓުން ބުނެފައި ވަނީ ބްރެޒިލްގެ ފުލުހުން ބޮލްސޮނާރޯ އަށް ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ އޭނާގެ ދަރިކަލުން، ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އެޑުއާޑޯ އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ނުފޫޒު ފޯރުވައި، ބްރެޒިލްގެ މައްޗަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން މަސަައްކަތް ކުރައްވާފައި ކަމަށެވެ.

މި ތުހުމަތު ގުޅިފައި ވަނީ މި މަހުގެ ކުރީކޮޅު ޓްރަމްޕް ބްރެޒިލް އަށް ދެއްވި އިންޒާރަކާ އެވެ. ޓްރަމްޕް ވިދާޅުވީ، ބޮލްސޮނާރޯ އަށް ޤާނޫނީ ލުޔެއް ނުދޭނަމަ، ބްރެޒިލް އިން އެމެރިކާ އަށް އެތެރެ ކުރާ މުދަލަށް 50 އިންސައްތައިގެ ޓެރިފް އެއް ދައްކަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުގެ މި ފިޔަވަޅުތަކާ ގުޅިގެން ބޮލްސޮނާރޯގެ ވަކީލުން ވަނީ "އޭނާގެ މައްޗަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާމެދު" "ހައިރާން ކަމާއި ކަންބޮޑުވުން" ފާޅުކޮށްފައެވެ. އަދި އެމީހުން އިތުރަށް ބުނެފައި ވަނީ ބޮލްސޮނާރޯ މިހާތަނަށް ކޯޓުގެ އަމުރުތަކަށް ތަބާވެފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެޑުއާޑޯ ބޮލްސޮނާރޯ ހާމަ ކޮށްފައި ވަނީ މި ފިޔަވަޅު ތަކަކީ އޭނާގެ ބައްޕަ ބުރާސްފަތި ދުވަހު ޕޯސްޓް ކުރެއްވި ވީޑިއޯ އަކަށް ބަދަލު ހިފަން ކުރި ކަމެއް ކަމުގައެވެ. އެ ވީޑިއޯ ގައި އޭނާ ވަނީ ޓްރަމްޕްގެ އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ބޮލްސޮނާރޯ ވަނީ އޭނާ ގައުމުން ފިއްލަވަން އުޅުއްވާ ކަމުގެތުހުމަތު ދޮގު ކުރައްވާފައެވެ.

"މަޤްޞަދަކީ އެންމެ މަތީ ދަރަޖައިގެ ފުރައްސާރަ ކުރުން،" އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ބްރެޒިލްގެ އިދާރާތަކުން ކުރާހާ ވެސް ކަމަކީ ދުވާލާއި ރޭގަނޑު، މަހުން މަހަށް، އަހަރުން އަހަރަށް، ބޮލްސޮނާރޯ ގެ ފަހަތުން ދުވުން ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ ކުށްވެރި ވެފައި ވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި، ހަމަ އެކަނި ކުރެއްވި ކަމަކީ ރައްޔިތުންނަށް ޓަކައި ގުރުބާން ވުން ކަމުގައެވެ.

ހޯމަ ދުވަހުގެ އާންމު ކުރި 517 ޞަފްޙާގެ ލިޔުމެއްގައި ބްރެޒިލްގެ ޕްރޮސެކިއުޓަރ ޖެނެރަލް ޕައުލޯ ގޮނެޓް ގޮވާލާފައި ވަނީ ބޮލްސޮނާރޯ އަށް ތުހުމަތު ކުރެވޭ ކުށްތަކަށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ. މިކަމުގެ ސަބަބުން ކުރީގެ ވެރިޔާ އެތައް އަހަރެއް ވަންދެން ޖަލުގައި ހޭދަކުރަން ޖެހިދާނެއެވެ.

ފްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ ކުރީގެ ރައީސް ގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަށް ލިބިފައިވާ "ހެކިތައް ސާފު" ކަމަށެވެ. އޭނާ ވިދާޅުވީ ދަޢުވާ ލިބިފައިވާ ފަރާތުން ވަނީ ސިސްޓަމެޓިކް ކޮށް، އޭނާގެ މުޅި ދައުރުގައި އަދި ވޯޓުން ބަލިވުމަށްފަހުގައި ވެސް، ޑިމޮކްރެޓިކް ޤާނޫނުގެ ވެރިކަން ހަލާކު ކުރުމަށް ހިތްވަރުދީފައި،" ކަމަށެވެ.

ޓްރަމްޕް އަކީ ވެސް އޭނާގެ ފުރަތަމަ ދައުރަށް ފަހު ހަތަރު ޖިނާއީ ދަޢުވާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޭފުޅެކެވެ. އޭގެ ތެރޭގައި 2020 ގެ އިިންތިޚާބުގައި އޭނާ ބަލިވި ނަތީޖާ ބަދަލު ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ދަޢުވާއެއް ވެސް ހިމެނެއެވެ. އޭނާ ވެސް، ބޮލްސޮނާރޯ ފަދައިން، ތަކުރާރުކޮށް ވިދާޅުވަމުން ގެންގޮސްފައި ވަނީ އޭނާ އަކީ ސިޔާސީ "ވިޗް ހަންޓެއް" ގެ ޝިކާރަ އަކަށް ވެފައިވާ މީހެއް ކަމަށެވެ.

"ޓްރޮޕިކްސްގެ ޓްރަމްޕް" ގެ ނަމުން މަޝްހޫރުވެފައިވާ ބޮލްސޮނާރޯ އާ ޓްރަމްޕް އާ ދެބޭފުޅުންނަކީ ވަރަށް ގާތް ރަހްމަތްތެރިންނެވެ. މި ގުޅުން ފެށުނީ 2017 އިން 2021 އަށް ދިޔަ ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު