Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ: ނާގަލްސްމަން

އޭނާ ބުނީ، ކުރިއަށް ދާން ޖެހޭނީ ކެތްތެރިކަމާއެކު ކަމަށާއި، މެޗައް ތައްޔާރު ވާނީ ވެސް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކަަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖުލައި 2024 | ހުކުރު 05:28
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަނު ބަލި ކުރަން ސްޕެއިން އަށް އުނދަގޫ ވާނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ އަމިއްލަ ޤައުމުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ޖަރުމަނު ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މިއަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ އިތުރުން، ގަދަ 16 ވަނަ ބުރުގެ މެޗުގައި ވެސް ޖަރުމަނުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އަދި އަމިއްލަ ޤައުމުގައި އޮންނަ ޔޫރޯ ކާމިޔާބު ކުރަން ޖަރުމަނުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފަ އެވެ.

ސްޕެއިން މެޗުގެ ކުރިން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ނޮކް އައުޓް ބުރުގެ މެޗުތަކަކީ އެންމެ އުނދަގޫ މެޗުތައް ކަމަށެވެ. ޚާއްސަކޮށް މުބާރާތުގެ ގަދަ އަށް ޓީމަށް ބަލާއިރު، އެއްވެސް ޓީމަކީ ދަށް ޓީމެއް ކަމަށް ނުބުނެވޭނެ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖަރުމަނުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން ނާގަލްސްމަން ބުނީ، އެ މެޗުގައި، ޚާއްސަކޮށް މެޗުގެ ފުރަތަމަ 20 މިނެޓުގައި ޖަރުމަނުން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް މެޗަށް ނިކުންނައިރު ވިސްނަންވީ އެ ކުޅުން ތަކުރާރުކޮށް، މުޅި މެޗުގައި އެ ކުޅުން ދެއްކުމަށް ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ކުރިއަށް ދާން ޖެހޭނީ ކެތްތެރިކަމާއެކު ކަމަށާއި، މެޗައް ތައްޔާރު ވާނީ ވެސް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކަަމަށެވެ. ކުޅުމަށް ޚާއްސަ އިސްކަމެއް ދީގެން ކުޅެފި ނަމަ، އެ މެޗުގައި ޖަރުމަނު ބަލި ކުރަން ސްޕެއިން އަށް އުނދަގޫ ވާނެ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ކުއާޓާ ފައިނަލްގައި ޖަރުމަނުން ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު