Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް

އަންނަ ސީޒަނުގައި ޑިބާލާ ފެނިގެންދާނީ 10 ނަމްބަރ ޖާޒީގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 12:06
ޑިބާލާ: އަންނަ ސީޒަނުގައި ބޭނުންކުރާނީ 10 ނަމްބަރ ޖާޒީ

ޑިބާލާ: އަންނަ ސީޒަނުގައި ބޭނުންކުރާނީ 10 ނަމްބަރ ޖާޒީ

އިޓަލީގެ މަޝްހޫރު ގިނަ ކުޅުންތެރިން ކުޅެފައިވާ 10 ނަމްބަރ ޖާޒީ، ޔުވެންޓަސްއަށް ކުޅެމުންއަންނަ އާޖެންޓީނާގެ ހުނަރުވެރި ޒުވާން ފޯވާޑް ޕައޮލޯ ޑިބާލާއަށް ދީފިއެވެ.

އިޓަލީގެ ކުރީގެ މަޝްހޫރު ތަރި ރޮބާޓޯ ބާޖިއޯ އަދި އަލެސަންދްރޯ ޑެލް ޕިއޭރޯ ބޭނުން ކޮށްފައިވާ ޔުވެންޓަސްގެ 10 ނަމްބަރ ޖާޒީ ޑިބާލާއަށް ދީފައި މިވަނީ ޔުވެންޓަސްގައި ޑިބާލާ ދައްކާ މޮޅު ކުޅުމުގެ ސަބަބުން ކަމަށް ޔުވެންޓަސްއިން ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން ބުނީ 10 ނަމްބަރ ޖާޒީ އަކީ ޔުވެންޓަސްގެ ވަރަށް ފަޚުރުވެރި ނަމްބަރެއް ކަމަށާއި އެ ނަމްބަރ މިވަގުތު އެންމެ ހައްޤުވާ ފަރާތަކީ ޒުވާން ފޯވަޑް ޑިބާލާ ކަމަށެވެ. ޑިބާލާވެސް ވަނީ 10 ނަމްބަރ ޖާޒީ ލިބުމަކީ ފަޚުރެއް ކަމަށް ބުނެފައެވެ.

ޔުވެންޓަސް އިން ވަނީ ކުރިން ޑިބާލާ ބޭނުން ކުރަމުންއައި 21 ނަމްބަރު ޖާޒީގެ ބަދަލުގައި ޑީބަލާ އަންނަ ސީޒަން ފެށިގެން ބޭނުންކުރާނީ 10 ނަމްބަރު ޖާޒީ ކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

ޔުވެންޓަސްއިން މިހެން ބުނެފައި ވީނަމަވެސް ދުނިޔޭގެ ބައެއް މަޝްހޫރު މީޑިއާތަކުން ރިޕޯޓްކޮށްފައިޥާ ގޮތުގައި ޑީބަލާއަށް ޔުވެންޓަސް އިން 10 ނަމްބަރު ޖާޒީ ދީފައި މިވަނީ އެހެން ކުލަބުތަކުން އޭނާ ގެންދަން މަސައްކަތް ކުރާދަނޑިވަޅެއްގައި ކުލަބުގައި މަޑުކުރުވުމުގެ ބޭނުމުގައެވެ. ޑިބާލާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއިންނެވެ.

ބާސެލޯނާއިން ޑިބާލާ ހޯދަން މަސައްކަތް ކުރިނަމަވެސް ޔުވެންޓަސްއިން ވަނީ ޑިބާލާ ނުވިއްކާނެކަމަށް ބުނެފައެވެ. އެޓީމުން ބުނެފައިވަނީ ޑިބާލާގެ އިތުރުން މިވަގުތު ޓީމުގައި ތިބި އެއްވެސް ކުޅުންތެރިޔަކު ދޫނުކުރާނެއެވެ.

"ޑިބާލާއަކީ ޔުވެންޓަސްއަށް މުހިންމު ކުޅުންތެރިއެއް. 10 ނަމްބަރ ޖާޒީވެސް ދިނީ އެގޮތުން. އޭނާ އެހެން ކުލަބަކަށް ނުވިއްކާނަން. ޑިބާލާ ހުންނާނީ ޔުވެންޓަސްގައި" ޔުވެންޓަސްއިން ބުންޏެވެ.

ޔުވެންޓަސްއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޑެލް ޕިއޭރޯ ވަނީ 10 ނަމްބަރ ޖާޒީ ޑިބާލާއަށް ދިނުމާއި އެކު އެކަމާ މަރުޙަބާކިޔާ ޓްވީޓެއްވެސް ކޮށްފައެވެ. މި ޓްވީޓުގައި އޭނާވަނީ ޑިބާލާއަށް 10 ނަމްބަރ ޖާޒީ ލިބުމަކީ އުފާކުރާކަމެއްކަމަށް ބުނެފައެވެ.

ޑެލްޕިއޭރޯ ވަނީ ޔުވެންޓަސްއާ އެއްކޮށް އިޓާލިއަން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ބާޖިއޯ އަދި ޑެލް ޕިއޭރޯގެ އިތުރުން ޔުވެންޓަސްގެ 10 ނަމްބަރު ޖާޒީ ބޭނުންކޮށްފައިވާ ކުޅުންތެރިންނަކީ ފްރާންސުގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީ އާއި އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒެވެ.

ޔުވެންޓަސްގެ 10 ނަމްބަރ ޖާޒީ އެންމެ ފަހުން ބޭނުންކޮށްފައިވަނީ މިހާރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއަންނަ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!

13 ސެޕްޓެމްބަރު 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

30 އެޕްރީލު 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު