Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޯބީ ބްރަޔަންޓް

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!

13 ސެޕްޓެމްބަރު 2017 | ބުދަ 06:01

އަންނަ ޑިސެމްބަރު މަހު ބްރަޔަންޓުގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާ ކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ސެޕްޓެމްބަރު 2017 | ބުދަ 06:01
ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ

ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ

އެމެރިކާގެ އެންމެ ކާމިޔާބު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށްވާ ކޯބީ ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަން ނިންމައިފިއެވެ.

ބްރަޔަންޓްގެ މުޅި ކެރިއަރު ވޭތުކުރި ލޮސް އެންޖެލްސް ލޭކާސްއިން ހާމަކުރި ގޮތުގައި އަންނަ ޑިސެމްބަރު މަހު ގޯލްޑެން ސްޓޭޓް ވޮރިއާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވޭ ހަފްލާއެއްގައި ބްރަޔަންޓްގެ ޖާޒީތަށް ރިޓަޔާ ކުރެވޭނެއެވެ. އޭނާގެ މި ޖާޒީ ނަމްބަރުތަށް ރިޓަޔާ ކުރުމާއެކު ލޭކާސްގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި ދެ ނަމްބަރު ބޭނުން ނުކުރެވޭނެއެވެ.

ބްރަޔަންޓް 20 އަހަރުގެ ކެރިއަރުގައި އޭނާވަނީ ދެ ޖާޒީ ނަމްބަރެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރީ ލޭކާސްގެ 8 ނަމްބަރު ޖާޒީއެވެ. އަދި އެ އަހަރުން ފެށިގެން މިދިޔަ އަހަރު އޭނާ ރިޓަޔާ ކުރުމާ ހަމަޔަށް އޭނާ ބޭނުންކުރީ ލޭކާސްގެ 24 ނަމްބަރު ޖާޒީއެވެ.

އޭނާގެ މި ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާ ކުރުމާއެކު ބްރަޔަންޓް ވެގެންދާނީ މި ޝަރަފް އެރުވިގެންދާ ލޭކާސްގެ 10 ވަނަ ކުޅުންތެރިޔާއަށެވެ. އެގޮތުން މިހާރުވެސް ސްޓޭޕަލްސް ސެންޓަރުގެ ސީލިންގައި ލޭކާސްއަށް ކުޅުނު ބާސްކެޓު ލެޖެންޑުން ކަމަށްވާ ވިލްޓް ޗެމްބަލިންއާ، މެޖިކް ޖޯންސަންއާ، ކަރީމް އަބްދުލް ޖަބްބާރުގެ އިތުރުން ޝެގީލް އޮނީލްގެ ޖާޒީތަށް ވަނީ ރިޓަޔާ ކުރުމަށްފަހު ޑިސްޕްލޭ ކުރެވިފައެވެ.

ބްރަޔަންޓް ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވަނީ ކުޑައިރުވެސް އޭނާގެ އެންމެ ބޮޑު އެއް އުއްމީދަކީ އޭނާގެ ޖާޒީއެއް ސްޓޭޕަލްސް ސެންޓަރުގެ ފާރުގައި އެޅުވިގެން ދިޔުން ކަމަށާ އެހެން ނަމަވެސް ދުވަހަކުވެސް ދެ ޖާޒީ ރިޓަޔާ ކުރާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި ލޭކާސްގެ މެނޭޖްމަންޓުން އޭނާއަށް މިދިން ޝަރަފަކީ ދުވަހަކުވެސް ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން ކަމަށްބުނެ އޭނާވަނީ ލޭކާސްއަށާ އެ ޓީމުގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ލޭކާސްގެ ބާސްކެޓްބޯލް އޮޕަރޭޝަންސްގެ ރައީސް މެޖިކް ޖޯންސަން ބުނެފައިވަނީ ބްރަޔަންޓަށް އަރުވަން ނިންމި ޝަރަފަކީ އޭނާއަށް ހައްގު އެއްޗެއް ކަމަށާ އޭނާއަކީ މިހާތަނަށް އެންބީއޭ އަށާ ލޭކާސްއަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ބާސްކެޓްބޯލް ހޯލް އޮފް ފޭމްއަށް ބްރަޔަންޓް ހޮވޭނީ 2021 ވަނަ އަހަރު ކަމުގައި ވިޔަސް ލޭކާސްއިން ނިންމީ އޭގެ ކުރިން އޭނާގެ ޖާޒީތަށް ރިޓަޔާ ކުރަން ކަމަށް ލޭކާސްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ ބްރަޔަންޓް ރިޓަޔާކުރި ދުވަހުން ފެށިގެން ކުރަން ނިންމާފައިވާ ކަމެއް ކަމަށާ އަދި މިކަމަށް އަމަލީ ސިފަ ގެނެވުމަކީ ލޭކާސްގެ ހުރިހާ ސަޕޯޓަރުން އެ މީހުން ހިރޯގެ ކާމިޔާބާ ލޭކާސްއަށް އޭނާ ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ލޭކާސްގެ ރައީސް ޖީނީ ބުސް ވިދާޅުވިއެވެ.

39 އަހަރުގެ ބްރަޔަންޓް 2016 ވަނަ އަހަރު ރިޓަޔާކޮށްފައިވާ އިރު އޭނާވަނީ ލޭކާސްއާއެކު ފަސް ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ހޯދާފައެވެ. ހަމައެހެންމެ 2008 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާ ވަނީ ދެ ފަހަރު އެންބީއޭ ފައިނަލްސްގެ އެމްވީޕީކަންވެސް ހޯދާފައެވެ. އޭނާގެ ކާމިޔާބު ކެރިއަރުގައި ޖުމްލަ 18 ފަހަރެއްގެ މަތިން އޭނާ އެންބީއޭގެ އޯލް ސްޓާ ޓީމުގައި ހިމެނިފައިވާއިރު އޭނާއަކީ މިހާތަނަށް އެންބީއޭގައި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާވަނީ އެމެރިކާގެ ގައުމީ ޓީމާއެކު ދެ ފަހަރެއްގެ މަތިން އޮލިމްޕިކް ރަން މެޑަލްވެސް ހޯދާފައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި އޭނާއަކީ މައިކަލް ޖޯޑަންގެ ފަހުން އެންބީއޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

ޔުނައިޓެޑްގެ ތާރީހީ 7 ނަމްބަރު ޖާޒީގެ ވެރިޔަކަށް ސަންޗޭޒް

22 ޖެނުއަރީ 2018
ޔުނައިޓެޑްގެ ތާރީހީ 7 ނަމްބަރު ޖާޒީގެ ވެރިޔަކަށް ސަންޗޭޒް
19 ޑިސެމްބަރު 2017

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރު ދެން ބޭނުން ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރު ދެން ބޭނުން ނުކުރަން ނިންމައިފި
28 އޮކްޓޯބަރު 2017

އާސެނަލްގެ ޖާޒީގައި އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކަން: އޮޒިލް

28 އޮކްޓޯބަރު 2017
އާސެނަލްގެ ޖާޒީގައި އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކަން: އޮޒިލް
11 އޯގަސްޓު 2017

ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް

11 އޯގަސްޓު 2017
ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް
30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
30 އެޕްރީލު 2017

ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

30 އެޕްރީލު 2017
ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް
14 އެޕްރީލު 2017

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

14 އެޕްރީލު 2017
ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި
30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
11 ފެބުރުއަރީ 2017

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި

11 ފެބުރުއަރީ 2017
ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް